Advertisement

މާލެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހުނު ވަގުތު ---

24 Apr 2023
ޚަބަރު
ޢަލީ ސުލައިމާން

ގަދަ ހޫނަށް ފަހު ބޯ ވިއްސާރަ އާއި ވިދައިގުގުރުން

ރާއްޖޭގެ ސަރަހައްދުތަކަށް މިދުވަސްވަރު ވަރަށް ހޫނު ގަދަވެފައިވަނިކޮށް މާލެ ސަރަހައްދަށް މިރޭ އާދަޔާޚިލާފަށް ބޯކޮށް ވާރޭވެހިއްޖެއެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން މިހާރު ވަނީ، މާލެ އަތޮޅުންފެށިގެން މ އަތޮޅާއި ދެމެދުގެ އަތޮޅުތަކަށް ރީނދޫ ސަމާލުވެސް ނެރެފައެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވާ ގޮތުގައި، މާލެއިން ފެށިގެން މ އަތޮޅާއި ދެމެދުގެ ރަށްތަކަށް، މިރޭގެ މެންދަމު 1:00 އާއި ދެމެދު ބޯކޮށް ވާރޭވެހި ވިދައި ގުގުރުން އެކަށީގެން ވެއެވެ.

ރާއްޖޭގެ ސަރަހަށްދަށް މިދުވަސް ވަރު އާދަޔާއި ޚިލާފަށް ހޫނުގަދައެވެ. އިއްޔެއާ މިއަދުވެސް މުޅި ރާއްޖޭގައިވެސް އިހްސާސްކުރެވޭ ފިނި ހޫނުމިން ހުރީ 40 ޑިގްރީ ސެލްސިއަސްއަށް ވުރެ މަތީގައެވެ.

މިރޭ މާލެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މާލޭ ގެ ބައެއް މަގުތަކުގައި ވަނީ ފެންބޮޑުވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.