Advertisement

01 Jun 2024
ސައުދީ އަރަބިއްޔާ
މިފްތާޙް މުޙައްމަދު

ރޮނާލްޑޯގެ އަލް-ނަސްރު ހިތިގޮތަކަށް ސައުދީ ކިންގްސް ކަޕުގެ ފައިނަލުން ބަލިވެއްޖެ

ސައުދީ ކިންގްސް ކަޕްގެ ފައިނަލުގައި ކްރިސްޓިއާނޯ ރޮނާލްޑޯގެ އަލް-ނަސްރު ހިތިގޮތަކަށް ބަލިވެއްޖެއެވެ. އަލް-ހިލާލްއާ ދެކޮޅަށް ކުޅުނު މި ފައިނަލުން އަލް-ނަސްރު ބަލިވެފައިވަނީ ޕެނަލްޓީ ޖަހައިގެން 5-4 އިންނެވެ.

މި ނަތީޖާއާއެކު، އަލް-ހިލާލް މިވަނީ ޖެހިޖެހިގެން ދެ ސީޒަނުގައި ކިންގްސް ކަޕް ކާމިޔާބުކޮށްފައެވެ. އަދި މި މުބާރާތާއިއެކު އެ ޓީމަށް މިވަނީ ސީޒަގުގައި 3 ތަށި ކާމިޔާބު ކުރެވިފައެވެ. އެގޮތުން ކިންގްސް ކަޕާއި، ސައުދީ ޕްރޯ ލީގުގެ އިތުރުން، ސައުދީ ސުޕަރ ކަޕް ވެސް ކާމިޔާބުކުރީ އަލް-ހިލާލްއެވެ.

ޖިއްދާގައި ހުންނަ ކިންގް އަބްދުﷲ ސްޕޯޓްސް ސިޓީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި އެންމެ ފުރަތަމަ ރަގަޅު ފުރުސަތެއް ލިބުނީ އަލް-ނަސްރުގެ ސަޑިއޯ މާނޭއަށެވެ. ނަމަވެސް ގޯލުގެ ކައިރިން މާނޭ ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިން ބޭރަށެވެ.

އޭގެ މިނެޓެއް ހާއިރު ފަހުން އަލް-ހިލާލްގެ އެލެކްސެންޑްރޯ މިޓްރޮވިޗްވަނީ އެ ޓީމަށް ލީޑު ނަގައިދީފައެވެ. މިޓްރޮވިޗް މި ގޯލު ކާމިޔާބުކުރީ ބޮލުންނެވެ.

މެޗުގެ ނަތީޖާ ބަދަލުކުރުމަށް އަލް-ނަސްރުން ވަރަށް މަސައްކަތް ކުރިތަން ފެނުނެވެ. އެގޮތުން މުޅި މެޗު ޑޮމިނޭޓުކުރީ ވެސް އެ ޓީމުންނެވެ. މި މޮޅު ކުޅުމާއެކު އަލް-ނަސްރަށް ގޯލެއް ކާމިޔާބު ކުރުމަށް ހުރަސް އެޅުމުގައި އެންމެ ބޮޑަށް މަސައްކަތްކޮށްފައިވަނީ އަލް-ހިލާލްގެ މޮރޮކޯ ކީޕަރު، ޔާސީން ބޮނޫއެވެ.

ދެވަނަ ހާފު ފަށައިގެން މާގިނަ ވަގުތެއް ނުހިނގަނީސް، އަލް-ނަސްރުގެ ކީޕަރު، ކޮލަމްބިއާގެ އޮސްޕީނާ ޕެނަލްޓީ އޭރިއާ ބޭރުން ބޯޅައިގައި އަތްލުމުން އޭނާއަށް ވަނީ ރަތްކާޑެއް ދައްކާފައެވެ.

އަލް-ނަސްރަށް މެޗުގެ ނަތީޖާ ހަމަހަމަ ކުރެވުނީ މެޗުގެ 88 ވަނަ މިނެޓުގައި ޔަހްޔާ ބޮލުން ފޮނުވާލި ބޯޅައަކުންނެވެ. އެއީ އަލް-ހިލާލްގެ އަލް-ބުލާހީއަށް އޭގެ މިނެޓެއް ކުރިން ރަތްކާޑެއް ދެކުމާ ގުޅިގެން، އެ ކުލަބުގެ ކުޅުންތެރިންގެ ކޮންސެންޓްރޭޝަން ގެއްލުނު ވަގުތެވެ.

މެޗުގެ އިތުރު ވަގުތުގައި ވެސް އަލް-ހިލާލްގެ ޑިފެންޑަރެއް ކަމުގައިވާ ކުލިބާލީ އަށް ވަނީ ރަތް ކާޑު ދައްކާފައެވެ. އެއީ އޭނާ އަލް-ންސްރުގެ ކީޕަރަށް ދިން އަނިޔާއަކާ ގުޅިގެންނެވެ.

ނަތީޖާ މިހެން ނިކުތް ނަމަވެސް، މި ސީޒަނަށްފަހު ރޮނާލްޑޯ އެ ޓީމު ދޫކޮށް ނުދާނެކަމަށް އަލް-ނަސްރުން ވަނީ ހާމަކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.