Advertisement

29 May 2024
ޖަރުމަން ބުންޑަސްލީގާ
މިފްތާޙް މުޙައްމަދު

ޖަރުމަނުގެ އެންމެ ކާމިޔާބު ޓީމާ ކޮމްޕެނީ ހަވާލުވެއްޖެ

ޖަރުމަނުގެ އެންމެ ކާމިޔާބު ޓީމު ކަމުގައިވާ ބެޔާން މިއުނިކުގެ އައު ކޯޗަކަށް، ބެލްޖިއަމްގެ ވިންސެންޓް ކޮމްޕެނީ ހަމަޖައްސައިފިއެވެ. ބެޔާންއާ ކޮމްޕެނީ މި ހަވާލުވީ 3 އަހަރުގެ ކޮންޓްރެކްޓެއްގައެވެ.

ފާއިތުވި ދެ ސީޒަންގައި ކޮމްޕެނީ ހަވާލުވެހުރީ އިނގިރޭސި ކްލަބެއް ކަމުގައިވާ އެފް.ސީ. ބާންލީއާއެވެ. ބާންލީއަކީ ކޮމްޕެނީގެ މެނޭޖީރިއަލް ކެރިއަރުގެ ފެށުމެވެ.

ބާންލީގެ މެނޭޖަރެއްގެ ހައިސިއްޔަތުން ކޮމްޕެނީ އެ ޓީމާ ގުޅުނީ 2022 ވަނަ އަހަރުއެވެ. އޭރު އެ ކުލަބު އޮތީ ޗެމްޕިއަންޝިޕްގައެވެ. އެއީ އިނގިރޭސި ދެވަނަ ޑިވިޝަނެވެ. އަދި އޭނާގެ ފުރަތަމަ ސީޒަނުގައި އޭނާ ވަނީ އެ ޓީމު ޕްރިމިއަ ލީގަށް ގެނަސްދީފައެވެ. ނަމަވެސް ނިމިދިޔަ ސީޒަނުގައި އަނެއްކާ ވެސް އެ ޓީމު މިވަނީ ޗެމްޕިއަންޝިޕަށް ރެލިގޭޓްވެފައެވެ.

ބެޔާންގެ ކޯޗުގެ މަގާމަށް ކޮމްޕެނީ އައްޔަނު ކުރުމަށްފަހު އެ ކްލަބުގެ ސީ.އީ.އޯ. ޖޭން ކްރިސްޓިއަން ޑްރީސެން ބުނީ، ކޮމްޕެނީއަކީ ބެޔާންގެ އެ މަގާމަށް އެންމެ އެކަށީގެންވާ ކެނޑިޑޭޓު ކަމަށާއި، އޭނާއާއިއެކު މަސައްކަތް ކުރުމަށް ކެތްމަދުވެފައި ހުރި ވާހަކައެވެ.

ކުޅުންތެރިއެއްގެ ގޮތުގައި ކޮމްޕެނީ އޭނާގެ އެންމެ ކާމިޔާބު ދުވަސްތައް ހޭދަކުރީ މެންޗެސްޓާ ސިޓީގައެވެ. އެ ކުލަބުގައި އޭނާ ވަނީ 11 އަހަރު ހޭދަކޮށްފައެވެ. އަދި ސިޓީއިން ޕްރިމިއަ ލީގު އަލަށް ކާމިޔާބުކުރި އިރު ކޮމްޕެނީ ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. މީގެ އިތުރުން، ސިޓީއާއެކު އޭނާ ވަނީ ލީގު ކަޕް 4 ފަހަރަށް ކާމިޔާބުކޮށް، އިނގިރޭސި އެފްއޭ ކަޕާއި އެފްއޭ ކޮމިއުނިޓީ ޝީލްޑް ދެފަހަރަށް ކާމިޔާބުކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.