Advertisement

ސްޓެލްކޯގެ ގްރޭޓާ މާލެ ޕަވަރ ހައުސް --

24 Apr 2023
ޚަބަރު
ޢަލީ ސުލައިމާން

މާލެ ސަރައްދުގައި އެއްދުވަހަަކަށް އެންމެ ގިނައިން ކަރަންޓް ބޭނުން ކުރީ މިއަދު: ސްޓެލްކޯ

މާލެ ސަރަހައްދުގައި އެއްދުވަހަކަށް އެންމެ ގިނައިން ކަރަންޓް ބޭނުންކޮށްފައި ވަނީ މިއަދު ކަމަށާއި، މިއަދު މެންދުރު 2:10ގައި ޕީކް ލޯޑް 102 މެގަވޮޓްއަށް މައްޗަށް ދިޔަ ކަމުގައި ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ.

ސްޓެލްކޯއިން ވިދާޅުވީ، މިއީ މިހާތަނަށް އެންމެ ގިނައިން ކަރަންޓް ބޭނުން ކުރެވުނު ކަމަށް ރިކޯޑް ކުރެވުނު ދުވަސް ކަމަށެވެ. އޭގެ ކުރިން އެންމެ ގިނައިން ކަރަންޓް ބޭނުން ކުރި ކަމަށް ރެކޯޑް ކުރެވުނީ، މިމަހުގެ 11 ވަނަ ދުވަހުއެވެ. އެދުވަހު ޕީކްލޯޑް 92.5

ސްޓެލްކޯއިން ވިދާޅުވީ، މާލެ ސަރަހައްދުގައި ކަރަންޓް ބޭނުންކުރެވޭ އާއްމު ނިސްބަތް މަތިވަމުންދާ ކަމަށެވެ. އެހެންވެ ކަރަންޓް އިޤުތިޞާދު ކުރުމަށާއި، އޭސީ ފަދަ ފިނިކުރާ އާލާތްތައް 25 ޑިގްރީއަށް ވުރެ ދަށް ނުކުރުމަށް ސްޓެލްކޯއިން އިލްތިމާސްކުރެއެވެ.

މިއަދު ކަރަންޓް ބޭނުން ކުރެވުނު ނިސްބަތް 102 މެގަވޮޓްއަށް މަތިވި އިރު، ސްޓެލްކޯގެ ކެޕޭސިޓީއަކީ 124 މެގަވޮޓްއެވެ.

ރާއްޖެއަށް އެންމެ ހޫނު މަހަކަށް އޭޕްރީލް މަސް ވާއިރު، ރާއްޖޭގައި އިހްސާސްކުރެވޭ ފިނިހޫނުމިން އިއްޔެއާ މިއަދު ވަނީ، 44 ޑިގްރީއަށް ވުރެ މައްޗަށް ގޮސްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.