Advertisement

ލެވަކޫސެންއިން ޖަރުމަނު ކަޕް އުފުލާލަނީ، ފޮޓޯ: ބެޔާ ލެވަކޫސެން

26 May 2024
ބެޔާން ލެވަކޫސެން
މިފްތާޙް މުޙައްމަދު

ލެވަކޫސެން އިން އެ ކުލަބުގެ ތާރީހުގައި މުޅިން އަލަށް ޖަރުމަން ކަޕް ކާމިޔާބުކޮށްފި

ބެޔާ ލެވަކޫސެންގެ މި ތާރީހީ ސީޒަނުގައި ޖަރުމަނު ލީގުގެ އިތުރުން، އެ ކުލަބުން ޖަރުމަނު ކަޕް ވެސް ކާމިޔާބުކޮށްފިއެވެ. އޮލިމްޕިއާސްޓޭޑިއަން ބާލިން ސްޓޭޑިއަމްގައި އެފްސީ ކެއިސާލޫޓާން އާ ބައްދަލުކުރި މެޗު ލެވަކޫސެން އިން ކާމިޔާބުކުރީ 1-0 އިންނެވެ.

ލެވަކޫސެންގެ ގޯލު މެޗުގެ 17 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މި ސީޒަނުގައި މޮޅު ކުޅުމެއްދައްކާފައިވާ، އާސެނަލްއިން އެ ޓީމަށް ބަދަލުވި ގްރޭނިޓް ޖަކާއެވެ. މިއީ ޖަރުމަނު ކަޕްގައި އޭނާ ކާމިޔާބުކުރި ފުރަތަމަ ގޯލެވެ. ޕެނަލްޓީ އޭރިޔާގެ ބޭރުން ވާތުފައިން ޖަކާ ފޮނުވާލި ބޯޅަ ގޯލުގެ ތެރެއަށް ވަނީ، އެ ބޯޅަ ހުއްޓުވުމަށް އިދިކޮޅުގެ ކީޕަރަށް އެއްވެސް ފުރުސަތެއް ނުދީއެވެ.

ފައިނަލް މެޗުގައި ގޯލު ޖެހުމަށްފަހު ޖަކާ އުފާފާޅުކުރަނީ

މި މެޗުގެ ލެވަކޫސެންއަށް އެންމެ ބޮޑު ގޮންޖެހުމަކަށްވީ، ފުރަތަމަ ހާފު ނިމެން ކުޑަތަންވެފައި ވަނިކޮށް އެ ޓީމުގެ ޑިފެންޑަރ އޮޑިލޯން ކޮސޯނޯއަށް ދެ ރީދޫ ކާޑާއެކު ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލުމުންނެވެ. އަދި އޭގެ ފަހުގައި 10 މީހުނާއެކު ކުޅެމުންދިޔަ ލެވަކޫސެންއަށް، ދެވަނަ ޑިވިޝަނުގައި ކުޅެމުންދާ ކެއިސާލޫޓާން އިން ވަނީ އުނދަގޫ ވަގުތުތަކެއް ގެނުވާފައެވެ. ނަމަވެސް ފައިނަލާ ހިސާބަށް ދަތުރުކުރިއިރު މުބާރާތުގައި އެންމެ 5 ގޯލު ވަދެފައިވާ ލެވަކޫސެންގެ ގޯލު އެ ޓީމަށް ފޫއަޅުވާލެވިފައެއް ނުވެއެވެ.

ކެއިސާލޫޓާން ވަނީ މީގެކުރިން 4 ފަހަރު މި މުބާރާތް ކާމިޔާބުކޮށްފައެވެ. އެ ޓީމު ފުރަތަމަ ޑިވިޝަނުން ރެލިގޭޓުވެފައި ވަނީ 2012 ވަނަ އަހަރުއެވެ. އޭގެ ފަހުން އެ ޓީމަށް ފުރަތަމަ ޑިވިޝަނަށް އާދެވިފައެއް ނުވެއެވެ. އަދި މިފަހަރުގެ ފައިނަލު އެ ޓީމަށް ކާމިޔާބު ކުރެވުނުނަމަ އެ ޓީމުވެގެން ދިޔައީހީ 1992 ވަނަ އަހަރަށްފަހު، ފުރަތަމަ ޑިވިޝަނުން އައި ޓީމަކުން ފިޔަވާ އެހެން ޓީމަކަށް މި މުބާރާތް ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރަށެވެ.

މި ސީޒަނުގައި ލެވަކޫސެން ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ. އެއީ ބަލިނުވެ 51 މެޗު ހަމަކުރިފަހުން، ޔޫރޮޕާ ލީގުގެ ފައިނަލުގައި އެޓްލާންޓާގެ އަތުން 3-0 އިންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.