Advertisement

ފޮޓޯ އަދި ގްރެފިކްސް: ސްވިމިންގް އެސޯސިއޭޝަން އޮފް މޯލްޑިވްސް

25 May 2024
ފެތުން
މިފްތާޙް މުޙައްމަދު

ސަތޭކަ މީޓަރ ބަޓަރފްލައި އިވެންޓުގެ ޤައުމީ ރެކޯރޑް ރިހާން އާކޮށްފި

މެލޭޝިއާގައި މިހާރު ކުރިއަށްދާ 66 ވަނަ މެލޭޝިއާ އޯޕަން ސްވިމިންގ ޗެމްޕިއަންޝިޕްސް 2024 ގައި، ސަތޭކަ މީޓަރ ބަޓަރފްލައި އިވެންޓުގެ ޤައުމީ ރެކޯޑު އައުކޮށްފިއެވެ.

މި ރެކޯޑު އައުކޮށްފައިވަނީ މުޙައްމަދު ރިހާން ޝިޙާމްއެވެ. އަދި މިއީ މި ރެކޯޑު މިއަދު އައުކުރި ދެވަނަ ފަހަރެވެ. އޭނާ މި ރެކޯޑު މިއަދު ހެނދުނު އައުކުރީ ހީޓްގައި 01.00.73 އިން ރޭސް ނިންމައިގެންނެވެ. އަދި ދެވަނަ ފަހަރަށް އެ ރެކޯޑު އޭނާ އާކޮށްފައި މިވަނީ، މިއިވެންޓުގެ ފައިނަލް ސީ ގައި ވާދަކޮށް، 01.00.14 އިން ރޭސް ފުރިހަމަކޮށްގެންނެވެ.

މި މުބާރާތުގައި ރީހާންވަނީ ފިރިހެނުންގެ ލޯންގްކޯސް 1500 މީޓަރ ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯރޑު ވެސް އައުކޮށްފައެވެ. ރިހާން މި ޤައުމީ ރެކޯޑު އާކޮށްފައި ވަނީ 18.03.57 އިން ރޭސް ފުރިހަމަކޮށްގެންނެވެ.

ފިރިހެނުންގެ ލޯންގްކޯސް 1500 މީޓަރ ފްރީސްޓައިލް ފެތުމުގެ ރެކޯޑު އެންމެ ފަހުން އައުކޮށްފައިވަނީ މީގެ 6 އަހަރު ކުރިން، 2018 ވަނަ އަހަރު ބޭއްވުނު 18 ވަނަ އޭޝިއަން ގޭމްސްގައެވެ. މުބާލް ޢައްޒާމް އިބްރާޙީމް އެ ރެކޯޑު އައުކުރީ 19.26.54 ގެ ވަގުތަކުން  ރޭސް ނިންމައިގެނެވެ. އޭގެ ފަހުން މިއަދާ ހަމައަށް އެ ރެކޯޑު އޮތީ އޭނާގެ އަތުގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.