Advertisement

އީރާންގެ ރައީސްގެ ޖަނާޒާގެ ތެރެއިން --

23 May 2024
ދުނިޔެ
ޢަލީ ސުލައިމާން

ހެލިކޮޕްޓަރ ވެއްޓުމުގެ ހާދިސާގައި އަވަހާރަވީ އީރާންގެ ރައީސާއި އެހެން ބޭފުޅުންގެ ޖަނާޒާ ބާއްވައިފި

މިހަފްތާގެ އާދިއްތަ ދުވަހު، އަވަހާރަވި އީރާންގެ ރައީސް އިބްރާހީމް ރައީސީ އާއި އެމަނިކުފާނުގެ އަރިހުގައި ދަތުރު ކުރެއްވި ބޭފުޅުންގެ ހަށިކޮޅުތައް ރަސްމީ ޢިއްޒަތުގައި ފަސްދާނުލައިފިއެވެ.

މިމަހުގެ 19 ވަނަ ދުވަހު ހިނގި ހެލިކޮޕްޓަރު ވެއްޓުމުގެ ހާދިސާގައި އީރާނުގެ ރައީސް ރައީސީ އާއެކު ސަރުކާރުގެ އިސް ބޭފުޅުންތަކެއް އަވަހާރަވިއެވެ. އޭގެ ތެރޭގައި، އީރާންގެ ފޮރިން މިނިސްޓަރ ހުސައިން އާމިރް ޢަބުދުލްލަހްޔާން އާއި، އީރާނުގެ އީސްޓް އަޒަރް ބައިޖާން ޕްރޮވިންސްްގެ ގަވަރުނަރު މާލިކް ރަޙްމަތީ އާއި ތަބްރީޒް ޕްރޮވިންސްގެ އިމާމް މުޙައްމަދު ޢަލީ އަލްޙާޝިމް ހިމެނިވަޑައިގަންނަވައެވެ.

އިއްޔެ ބޭއްވި ޖަނާޒާގައި، އީރާންގެ އެތައް ލައްކަ ބަޔަކު ބައިވެރިވިއެވެ. އަދި މިޖަނާޒާގައި ބައިވެރިވުމަށްޓަކައި، ދުނިޔޭގެ ޤައުމުތަކުން އިސްވެރިން އީރާނަށް ވަޑައިގެންނެވިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްޞަ މަންދޫބެއްގެ ގޮތުން ރާއްޖެއިން ވަޑައިގެންނެވީ، ލޯކަލް ގަވަމެމްޓް މިނިސްޓަރ، އާދަމް ޝަރީފް ޢުމަރެވެ. މިޖަނަާޒާއަށް ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި، ޙަމާސްގެ އަސްކަރީ ގޮފީގެ އިސްލީޑަރު އިސްމާޢީލް ހަނިއްޔާ އާއި، ތޫނިސްގެ ރައީސާއި، އިންޑިއާގެ ބޮޑުވަޒީރުގެ ނައިބާއި، ތުރުކީގެ ނައިބު ރައީސާއި، ޢިރާޤުގެ ބޮޑުވަޒީރާއި، ޤަޠަރުގެ އަމީރާއި އޮމާނާއި ބަޙްރައިން އަދި ސަޢޫދީގެ ޚާރިޖީ ވަޒީރު ހިމެނިވަޑައިގަންނަވައެވެ.

އާދީއްތަ ދުވަހު ހެލިކޮޕްޓަރު ވެއްޓުމުގެ ހާދިސާ ހިނގާފައި ވަނީ މޫސުމް ގޯސްވެގެން ކަމުގައި ބެލެވިފައި ވިޔަސް، ބައެއް އެހެން ފަރާތްތަކުން އެކަމާއި މެދު ސުވާލު އުފައްދައެވެ. އީރާންގެ އުތުރުގެ ސަރަހައްދުގެ ފަރުބަދަމަތީ ސަރަހައްދަކަށް ހެލިކޮޕްޓަރު ވެއްޓުނީ، މޫސުމް ގޯސްވެފައި ވަނިކޮށް ހެލިކޮޕްޓަރަށް މައްސަލައެއް ދިމާވެ ބިމަށް ތިރިކުރަން އުޅުމުގެ ތެރޭގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.