Advertisement

ސިންގަޕޯރ އެއާލައިންސްގެ ފްލައިޓް އެސްކިޔޫ 321ގެ އެތެރެ ---

21 May 2024
ދުނިޔެ
ޢަލީ ސުލައިމާން

ސިންގަޕޯރ އެއާލައިންސްގެ ފްލައިޓެއް ގަދަވައިގައި ޖެހި ފަސިންޖަރަކު މަރުވެއްޖެ

ލަންޑަންގެ ހީތްރޯ އެއާޕޯޓުން ފުރައިގެން ސިންގަޕޫރަށް ދަތުރުކުރި، ސިންގަޕޯރ އެއާލައިންސްގެ ފްަލައިޓެއް، ބޭ އޮފް ބެންގޯލްގެ މަތިން ގަދަ ވައިގައިޖެހި ފްލައިޓް ތަޅުވައިގަތުމާއި ގުޅިގެން ފަސިންޖަރަކު މަރުވެ އިތުރު ބައެއް ފަސިންޖަރުން ޒަޚަމްވެއްޖެއެވެ.

މިހާދިސާ ހިނގާފައި ވަނީ މިއަދު ހަވީރުގައެވެ.

ބީބީސީން ރިޕޯޓްކޮށްފައިވާ ގޮތުގައި ސިންގަޕޯރ އެއާލައިންސްގެ ފްލައިޓް އެސްކިޔޫ 321 ބޭންއޮފް ބެންގޯލްގެ މަތިން ކޮޅިގަނޑުގައި ޖެހި، ގަދަވައިގައި ބޯޓު ތަޅުވައިގަތުމުގެ ސަބަބުން މިނިޓެއްގެ ތެރޭގައި ހަހާސްފޫޓު ތިރިއަށް ވެއްޓުނެވެ. ހާދިސާ ހިނގި އިރު ބޯޓުގައި 211 ފަސިންޖަރުންނާއި 18 ކުރޫއިން ތިއްބެވެ.

ހާދިސާ އާއި ގުޅިގެން އެފްލައިޓް ވަނީ، ބެންކޮކްފެ ސްވަރްނަ ބޫމީ އެއާޕޯޓުގައި މިއަދުގެ މެންދުރު ރާއްޖޭ ގަޑިން 1:15ގައި ޖައްސާފައެވެ. އަދި ހާދިސާގައި އަނިޔާވެފައިވާ ފަސިންޖަރުންނަށް ފަރުވާދޭން ފަށާފައިވާ ކަމުގައި ސިންގަޕޯރ އެއާަލައިންސްއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އިންޑިއާ ކަނޑާއި އިންޑިއާ ކަނޑުގެ އައްސޭރިފަށުގެ ސަރަހައްދަށް މިދުވަސްވަރު ވަރަށް ބޮޑަށް މޫސުމް ގޯހެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.