Advertisement

އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ --

20 May 2024
ދުނިޔެ
ޢަލީ ސުލައިމާން

އިޒްރޭލުގެ ބޮޑު ވަޒީރާއި އަސްކަރިއްޔާގެ އިސްވެރިން ހައްޔަރު ކުރުމުގެ އަމުރަކަށް އެދިއްޖެ

އިޒްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އަސްކަރިއްޔާގެ އިސްވެރިން އަދި ހަމާސް ޖަމާޢަތުގެ އިސްބައެއް ވެރިން ހައްޔަރުކުރުމަށް އަމުރަކަށް އެދި، އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓު، (އައި.ސީ.ސީ)އަށް ހުށައަޅައިފިއެވެ.

އެފަރާތްތައް ހައްޔަރު ކުރުމުގެ އަމުރަކަށް އެދި ހުށައަޅާފައި ވަނީ، އައިސީސީގެ ޕްރޮސެކިއުޓަރު ކަރީމް އޭ.އޭ ޚާން ކޭސީއެވެ.

މިހުށައެޅުމުގައި އެދިފައި ވަނީ، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި، އިޒްރޭލުގެ ޑިފެންސް މިނިސްޓަރ ޔޯއާވް ގަލަންޓް ހައްޔަރުކުރުމުގެ އަމުރެއް ނެރެދިނުމަށެވެ. ހަމައެގޮތަށް، ހަމާސްގެ ލީޑަރު ޔަހްހާ ސިންވާރް އާއި ހަމާސްއިން ކުރާ ހަނގުރާމައިގެ އިސްވެރިއަކަށް ހުރި، މުހައްމަދު ދިއާބު އިބްރާހީމް އަލްމަސްރީ އާއި ހަމާސްގެ އަސްކަރީ ގޮފީގެ ވެރިޔާ އިސްމާޢީލް ހަނިއްޔާ ހިމެނެއެވެ.

އިޒްރާއީލުގެ ބޮޑުވަޒީރާއި ޑިފެންސް މިނިސްޓަރު ހައްޔަރު ކުރުމުގެ އަމުރަށް އެދިހުށައެޅި ހުށައެޅުމުގައި، އެދެ ފަރާތަށް ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނިއްޔަތާއި ޚިލާފު އަމަލުތައް، ހިންގުމާއި، ހަނގުރާމައިގެ ހަތިޔާރެއްގެ ގޮތުގައި ގާޒާގެ ރައްޔިތުން ބަނޑަށް ޖެއްސުން ފާހަގަކޮށްފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.