Advertisement

19 May 2024
ޖަރުމަން ބުންޑަސްލީގާ
މިފްތާޙް މުޙައްމަދު

ޖަރުމަނު ލީގުގައި އެއްވެސް މެޗަކުން ބަލިނުވެ ސީޒަން ނިންމާލި ހަމައެކަނި ޓީމުގެ ޝަރަފު ލެވަކޫސެންއަށް

ޖަރުމަން ބުންޑަސްލީގާގެ މި ސީޒަނުގެ އެންމެ ފަހު މެޗުތައް ހޮނިހިރު ދުވަހުގެރޭ ކުޅުނުއިރު، މީގެ މަހެއްހާ ދުވަސްކުރިން ލީގު ކަށަވަރުކުރި ބެޔާ ލެވަކޫސެންއިން ފަހު މެޗު ވެސް ކާމިޔާބުކޮށް، މިހާތަނަށް އެއްވެސް މެޗަކުން ބަލިނުވެ ޖަރުމަނު ލީގު ކާމިޔާބުކުރި ހަމައެކަނި ޓީމުގެ ޝަރަފު އެ ޓީމުން ހޯދައިފިއެވެ.

ލެވަކޫސެންގެ ބޭއެރީނާގައި ހޮނިހިރު ދުވަހުގެރޭ އޮގްސްބާގް އާއި ބައްދަލުކުރި މެޗު އެ ޓީމުން ކާމިޔާބުކުރީ 2-1 އިންނެވެ. މި މެޗުގައި ލެވަކޫސެންއަށް ލީޑު ނަގައިދިނީ މެޗުގެ 12 ވަނަ މިނެޓުގައި އެ ޓީމުގެ މޮރޮކޯގެ ފޯވާޑް، އެމީން އަދްލީ ފަހިކޮށްދިން ފުރުސަތަކުން ވިކްޓަރ ބޮނިފޭސްއެވެ.

އަދި އެ ޓީމުން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން އެންޑްރިޗްގެ ގޯލަކުން ލީޑު ފުޅާކޮށްފައެވެ. މި ގޯލު ފެނިގެން ގޮސްފައިވަނީ މެޗުގެ 27 ވަނަ މިނެޓުގައެވެ.

އޮގްސްބާގަށް އެ މީހުންގެ ހަމައެކަނި ގޯލު ކާމިޔާބުކުރެވުނީ މެޗުގެ 62 ވަނަ މިނެޓުގައެވެ. މި ގޯލު ކާމިޔާބުކޮށްދިނީ އުމުރުން އެންމެ 18 އަހަރުގެ މާރޓް ކޮމޫރްއެވެ. މި ގޯލާއެކު ކޮމޫރް ވެގެންގޮސްފައި މިވަނީ އޮގްސްބާގުގެ ޖާޒީގައި ގޯލެއް ކާމިޔާބުކޮށްދިން އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ.

ލެވަކޫސެންގެ މި ތާރީހީ ސީޒަނުގައި އެ ޓީމުން ވަނީ ޖުމްލަ 90 ޕޮއިންޓު ހޯދާފައެވެ. ނަމަވެސް އެންމެ ގިނަ ޕޮއިންޓާއެކު ލީގު ނިންމާލުމުގެ ޝަރަފެއް އެ ޓީމަކަށް ނުލިބުނެވެ. އެ ޓީމަށް މަދުވީ އެންމެ ޕޮއިންޓެކެވެ. ޖަރުމަން ލީގުގެ މި ރެކޯޑު އޮތީ ބެޔާން މިއުނިކްގެ އަތުގައެވެ. އެ ޓީމުންވަނީ 2012/13 ސީޒަނުގައި 91 ޕޮއިންޓު ހޯދާފައެވެ.

މީގެ އިތުރުން ލެވަކޫސެންއަށް ލީގުގައި ގޯލެއް ކާމިޔާބު ކުރެވިފައި ނުވަނީ އެންމެ މެޗެއްގައެވެ. އެއީ މެޗްވީކް 19 ގައި ބޮރޫޝިއާ މޮންޗެންލަބަޗްއާ ކުޅުނު މެޗު 0-0 އިން އެއްވަރުވެފައިވުމާ ގުޅިގެންނެވެ. އެހެންކަމުން، ލީގުގައި 34 މެޗު ކުޅުނުއިރު، އެ ޓީމުން ވަނީ 33 މެޗުގައި އިދިކޮޅުގެ ޑިފެންސްލައިން ފޫއަޅުވާލާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.