Advertisement

ގެއްލިގެން ހޯދަމުންދާ ދޯނި--

18 May 2024
ޚަބަރު
ޢަލީ ސުލައިމާން

ދޯންޏާއިއެކު 4 މީހުން ގެއްލުނުތާ ދެ ދުވަސް، އަދި ނުފެނޭ!

ކ.ތިލަފުށިން ފުރައިގެން މ.މެދުފުށި އައިލެންޑް ރިޒޯޓަށް ދަތުރުކުރަމުންދިޔަ “ތްރީއޭ-37” ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏާއި އެދޯނިން ދަތުރުކުރި މީހުން ހޯދުމުގެ މަސައްކަތަށް ކުރިއެރުމެއް ލިބިފައި ނުވާ ކަމުގައި އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

އެމްއެންޑިއެފުން ވިދާޅުވީ، މޯލްޑިވިއަންގެ މަތިންދާބޯޓެއް ބޭނުންކޮށްގެން އެމީހުން ހޯދުމަށް ވައިގެ މަގުން މިއަދު މަސައްކަތްކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް މިހާތަނަށް ކުރި މަސައްކަތުން ދޯންޏާއި މީހުން އަދި ފެނިފައި ނުވާކަމަށެވެ. އެދޯންޏާއި މީހުން ހޯދުމުގެ މަސައްކަތުގައި، ކޯސްޓްގާޑް ޝިޕް ޝަހީދު ޢަލީ ހަރަކާތްތެރިވަމުންދާ ކަމުގައިވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

ތްރީއޭ ކުންފުނީގެ އެދޯނި ގެއްލުނު އިރު، ދޯނިން 4 މީހުންތިބި ކަމުގައި އެދޯނީގެ ވެރިފަރާތާއި ހަވާލާދީ އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

ކޮމެންޓް
އިބިރާ
ކޮބައިތަ ގެނައި ޑުރޯންތައް
19 May 2024
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.