Advertisement

ރައީސުލްޖުމްހޫރިއްޔާގެ އޮފިސް --

18 May 2024
ޚަބަރު
ޢަލީ ސުލައިމާން

އެމްޑީޕީގެ ސަރުކާރުގައި ރާއްޖޭގެ ސަރަހައްދުން އަތުލައިގަނެ ޖޫރިމަނާކުރި އިންޑިއާގެ މަސްބޯޓުގެ ޖޫރިމަނާ މިސަރުކާރުން މަޢާފްކޮށް ފުރުވާލައިފި

ރާއްޖޭގެ ސަރަހައްދަށް ވަދެ ޤަވާއިދާއި ޚިލާފަށް މަސްވެރިކަން ކުރަނިކޮށް، އެމްޑީޕީގެ ސަރުކާރުގައި ރާއްޖޭގެ ކޯސްޓްގާޑުން އަތުލައިގަނެ 4.2 މިލިއަން ރުފިޔާއިން ޖޫރިމަނާކުރި އިންޑިއާގެ މަސްބޯޓުގެ ޖޫރިމަނާ މަޢާފްކޮށް މިސަރުކާރުން ފުރުވާލައިފިއެވެ.

މިކަން ހާމަވީ، އެބޯޓު ހިފަހައްޓައި އެބޯޓު ނިސްބަތްވާ ކުންފުނީގެ އަތުން ޖޫރިމަނާ ފައިސާ ހޯދުމަށް، ފިޝަރީޒް މިނިސްޓްރީން ސިވިލްކޯޓަށް ހުށައަޅާފައި އޮތް މައްސަލަ އެމިނިސްޓްރީން އަނބުރާ ގެންދިޔުމަށް ހުށައެޅުމުން އެމައްސަލަ ސިވިލްކޯޓުން ނިންމި ގޮތް އެކޯޓުން ހާމަކުރުމާއި ގުޅިގެންނެވެ.

"ހޮލީ ސްޕިރިޓް" ނަމަކަށް ކިޔާ އިންޑިއާގެ މަސްބޯޓު، ރާއްޖޭގެ ޚާއްޞަ އިޤުތިޞާދީ ސަރަހައްދުގައި ވަނިކޮށް، ދިވެހިރާއްޖޭގެ ކޯސްޓްގާޑުން އެބޯޓު ހިފެހެއްޓީ 22 އޮކްޓޫބަރ 2023 ގައެވެ. އަދި ޖޫރިމަނާ ފައިސާ ހޯދުމަށް ފިޝަރީޒް މިނިސްޓްރީން ސިވިލްކޯޓަށް މައްސަލަ ހުށައަޅައި ރަޖިސްޓްރީކޮށްފައި ވަނީ، 04 ޖެނުއަރީ 2024 ގައެވެ.

ސިވިލްކޯޓުން އާއްމުކުރި ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ރާއްޖޭގެ ސަރަހައްދުން ޤަވާއިދާއި ޚިލާފަށް މަސްވެރިކަން ކުރަނިކޮށް ހިފެހެއްޓި އިންޑިއާގެ މަސްބޯޓުކޮށްފައިވާ ޖޫރިމަނާ 10 މާރިޗު 2024 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ މަޢާފްކޮށްފައެވެ. އަދި 17 މާރިޗު 2024ގައި އެބޯޓު ވަނީ ރާއްޖެއިން ފުރުވާލާފައެެވެ. އެހެންވެ ފިޝަރީޒް މިނިސްޓްރީން ހުށައަޅާފައިވާ ދައުވާ ފޯމު ބާޠިލްކުރުމަށް އެމިނިސްޓްރީން އެދި ހުށައެޅުމާއި ގުޅިގެން މައްސަލަ ބާޠިލްކޮށް ސިވިލްކޯރުން މައްސަލަ ނިންމީ 16 މެއި 2024 ގައެވެ.

އިންޑިއާގެ މަސްބޯޓުގެ ޖޫރިމަނާ މަޢާފްކޮށް އެބޯޓު ފުރުވާލި ސަބަބެއް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.

ރާއްޖޭގެ ސަރަހައްދަށް ޤަވާއިދާއި ޚިލާފަށް ވަދެ މަސްވެރިކަން ކުރަމުންދިޔަ އިންޑިއާގެ މަސްބޯޓު 4.2 މިލިއަން ރުފިޔާއިން މަޢާފްކޮށް އެބޯޓު ފުރުވާލާފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ގާތް ވެފައި ވަނިކޮށް އަދި އިންޑިއާ ސިފައިން ރާއްޖެއިން ގެންގޮސް އޭގެ ބަދަލުގައި އިންޑިއާ އަސްކަރިއްޔާ އާއި ގުޅުން އޮތް ކުންފުންޏެއްގެ މުވައްޒަފުން މަދަނީންގެ ގޮތުގައި ރާއްޖޭގައި ބޭތިއްބުމުގެ މަޝްވަރާތައް އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރާއި ދެމެދު ދެކެވެމުން ދަނިކޮށްކަން ފާހަގަކޮށްލެއެވެ.

މީގެ އިތުރުން ރާއްޖޭގެ ޚާއްޞަ އިޤުތިޞާދީ ސަރަހައްދުގެ ތެރެއަށް އިންޑިއާގެ ކޯސްޓުގާޑުގެ އުޅަނދުތައް ވަދެ ރާއްޖޭގެ މަސްބޯޓުތަކަށް އަރައި ބިރުދެއްކި ހާދިސާތަކަށް ފަހު މި ސަރުކާރުން ވަނީ، އެއީ އޮޅުމަކުން ހިނގި ކަމެއް ކަމުގައި ޤަބޫލުކޮށްފައިވާކަން ހާމަކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.