Advertisement

މޯލްޑިވުސް ޕޯޓްސް ލިމިޓެޑްއިން ރޭ ބޭއްވި ޙަފްލާގެ ތެރެއިން -- ފޮޓޯ: އެމްޕީއެލް

14 Jul 2023
ވިޔަފާރި
ޢަލީ ސުލައިމާން

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ރީބްރޭންޑްކޮށްފި

މޯލްޑިވުސް ޕޯޓްސް ލިމިޓެޑް ރީބްރޭންޑްކޮށް އެކުންފުނީގެ ކުލަޔާއި ލޯގޯ ބަދަލުކޮށްފިއެވެ.

މިއީ މޯލްޑިވްސް ޕޯޓްސްގެ 36 އަހަރުގެ ދިގުތާރީޚުގައި ކުންފުނި ރީބްރޭންޑްކޮށް މިފަދަ ބޮޑު ބަދަލެއް ގެނައި ފުރަތަމަ ފަހަރެވެ. އެމްޕީއެލް ރީ ބްރޭންޑްކޮށް ކުލަޔާ ލޯގޯ އިފްތިތާޙްކޮށްފައި ވަނީ ރޭ ހެންވޭރު ދަނޑުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައެވެ.

މިރަސްމިއްޔާތުގައި އެމްޕީއެލްގެ ސީއީއޯ ޝާހިދު ޢަލީ ވިދާޅުވީ، ކުންފުނި ރީބްރޭންޑްކޮށް ލޯގޯއާ ކުލަޔަށް ގެނެވުނު ބަދަލަކީ، ކުންފުނީގެ ޚިދުމަތްތައް ޒަމާނީކުރުމަށް ކުރެވެމުން އަންނަ މަސައްކަތްތަކުގެ ތެރޭގައި ހިމެނިގެން ގެނެވުނު ބަދަލެއްކަން އޭނާ ފާހަގަކުރައްވިއެވެ. 

އަދި ޒަމާނީ ކޯޕަރޭޓް މާޙައުލެއްގައި، ޕޯޓްގެ ޚިދުމަތް ފުޅާކުރުމުގެ ޕްލޭންތަކާއިއެކު މަސައްކަތް ކުރާއިރު ކުންފުނީގެ ބްރޭންޑް އިމޭޖްވެސް ޒަމާނީ ވާންޖެހޭކަމުގައި ޝާހިދު ވިދާޅުވިއެވެ. މީގެ އިތުރުން ކުންފުނީގެ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއް ކުރެވި ކުރިއެރުންތައް ހޯދިފައިވާކަންވެސް ޝާހިދު ވަނީ ފާހަގަކުރައްވާފައެވެ.

މޯލްޑިވްސް ޕޯޓްސް އޮތޯރިޓީގެ ގޮތުގައި، 1987 ވަނަ އަހަރު އުފެދުނު އިދާރާ، ކުންފުންޏަކަށް ބަދަލުކުރައްވާފައި ވަނީ 2008 ވަނަ އަހަރުގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.