Advertisement

08 May 2024
އޫއެފާ ޗެމްޕިއަންސް ލީގް
މިފްތާޙް މުޙައްމަދު

ޗެމްޕިއަންސް ލީގުގެ ފައިނަލުގެ ފުރަތަމަ ޖާގަ ޑޯޓުމަންޑުން ހޯދައިފި

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގެ ފުރަތަމަ ޖާގަ ޖަރުމަނުގެ ބޮރޫޝިއާ ޑޯޓުމަންޑުން ހޯދައިފިއެވެ. ފައިނަލުގެ މި ޖާގަ އެ ޓީމުން ކަށަވަރުކުރީ، ސެމީ ފައިނަލުގެ ދެވަނަ ލެގުގައި 1-0 އިން ފްރާންސްގެ ޗެމްޕިއަން، ޕެރިސް-ސެއިންޓް ޖާމެއިން (ޕީއެސްޖީ) ބަލިކުރުމަށްފަހުއެވެ.

މި ނަތީޖާއާއެކު، ފްރާންސްގެ ޒުވާން ތަރި، ކީލިއަން އެމްބައްޕޭ އަދި ޕީއެސްޖީއިން ފުރަތަމަ ފަހަރަށް އެ ކުލަބުގެ ތާރީހުގައި މި މުބާރާތް ކާމިޔާބުކުރުމަށް ދެކެމުން އަންނަ ހުވަފެން އަނެއްކާ ވެސް ބޭކާރުވެފައިވާއިރު، މި ސީޒަންގެ ސެމީ ފައިނަލާ ހިސާބުން އެ ޓީމު ކަޓުވާލުމަށް، ޑޯޓުމަންޑުގެ ކެޕްޓަން މެޓްސް ހުމެލްސް ވަނީ ބޮޑު ދައުރެއް އަދާކޮށްފައެވެ.

ޖަރުމަނުގައި ކުޅުނު ފުރަތަމަ ލެގު ޑޯޓުމަންޑުން 1-0 އިން ކާމިޔާބުކުރި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާ، އަންގާރަ ދުވަހުގެރޭ ފްރާންސްގައި ކުޅުނު ދެވަނަ ލެގުން ޕީއެސްޖީ ބަލިކުރި ގޯލު ކާމިޔާބުކޮށްފައިވަނީ ވެސް ހުމެލްސްއެވެ. ހުމެލްސްއަކީ މި މުބާރާތުގައި ޑޯޓުމަންޑަށް ދެވަނައަށް އެންމެ ގިނައިން މެޗު ކުޅެދީފައިވާ ކުޅުންތެރިޔާ ވެސް މެއެވެ.

ޑޯޓުމަންޑުގެ ގޯލަކީ އެ ޓީމަށް ލިބުނު ކޯނަރަކުން، މެޗުގެ 50 ވަނަ މިނެޓުގައި ހުމެލްސް ބޮލުން ކާމިޔާބުކުރި ގޯލެކެވެ.

މެޗުގެ ދެވަނަ ހާފުގައި ޕީއެސްޖީއިން ވަނީ ގޯލެއް ކާމިޔާބުކުރުމަށް ނުރައްކާތެރި ހަމަލާތަކެއް އުފައްދާފައެވެ. ނަމަވެސް  އެ ޓީމުން ކުރަމުން ދިޔަ މަސައްކަތަށް ހުރަސްއެޅީ ގޯލުގެ ހުރަސް ދަނޑިއެވެ.

1996/67 ސީޒަނުގައި މި މުބާރާތް ކާމިޔާބުކުރި ފަހުން، ޑޯޓުމަންޑު މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައިވަނީ 2012/13 ސީޒަނުގައެވެ. ބެޔާން މިއުނިމާ ދެކޮޅަށް ކުޅުނު އެ ފައިނަލު އެ ޓީމަށް ގެއްލުނީ، މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށް އާޔެން ރޮބެން ކާމިޔާބުކުރި ގޯލަކުން، 2-1 ގެ ނަތީޖާއަކުން ބަލިވެގެނެވެ. އަދި މި ފަހަރުގެ ފައިނަލުގައި ވެސް ބެޔާން މިއުނިކާ ޑޯޓުމަންޑު ފެނުމަކީ އެކަށީގެންވާ ކަމެކެވެ. 

ޕީއެސްޖީއިން ވަނީ މިދިޔަ ހަފްތާގައި ކުލަބުގެ ތާރީހުގައި 12 ވަނަ ފަހަރަށް ލީގު-1 ކާމިޔާބުކޮށްފައެވެ. ނަމަވެސް ޑޯޓުމަންޑު އޮތީ ޖަރުމަން ބުންޑަސްލީގާގެ ފަސްވަނައިގައެވެ.

ދެވަނަ ސެމީފައިނަލުގެ ދެވަނަ ލެގުގައި ބުދަ ދުވަހުގެރޭ ރިއާލް މެޑްރިޑާއި ބެޔާން މިއުނިކް ނިކުންނައިރު، މިއުނިކްގައި މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގުގެ ނަތީޖާ ވަނީ 2-2 އިން ހަމަހަމަވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.