Advertisement

05 May 2024
ބެޔާން ލެވަކޫސެން
މިފްތާޙް މުޙައްމަދު

ބޮޑު ތަފާތަކުން ފްރެންކްފާޓް ބަލިކޮށް، ލެވަކޫސެން ބަލިނުވެ 48 މެޗު ހަމަކޮށްފި

ޖަރުމަން ބުންޑެސް ލީގާގެ ޗެމްޕިއަން، ބެޔާ ލެވަކޫސެން އިން އެއިންޓްރެޗް ފްރެންކްފާޓު 5-1 އިން ބަލިކޮށް، އެ ޓީމުން އެއްވެސް މެޗަކުން ބަލިނުވެ ދަމަހައްޓަމުން އަންނަ ރެކޯޑު އައުކޮށްފިއެވެ. ފްރެންކްފާޓުގައި ކުޅުނު މި މެޗުގެ ނަތީޖާއާއެކު، ލެވަކޫސެން މިހާރު މިވަނީ ބަލިނުވެ 48 މެޗު ހަމަކޮށްފައެވެ.

މި މެޗުގައި ފުރަތަމަ ލީޑު ނެގީ ލެވަކޫސެންއެވެ. މެޗުގެ 12 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ އާސެނަލް އިން ބަދަލުވި ގްރެނިޓް ޖަކާ، ޕެނަލްޓީ އޭރިޔާގެ ބޭރުގައި ހުރެފައި ފޮނުވާލި ބޯޅައަކުންނެވެ. އޭގެ 19 މިނެޓު ފަހުން ފްރެންކްފާޓުން މެޗުގެ ނަތީޖާ ހަމަހަމަކުރި ނަމަވެސް، ފުރަތަމަ ހާފު ނިމުމުގެ ކުރިން ޕެޓްރިކް ޝިކްގެ ގޯލަކުން ލެވަކޫސެން އަނެއްކާ ވެސް ލީޑު ނެގިއެވެ.

ލެވަކޫސެންގެ ބާކީ ގޯލުތައް ކާމިޔާބުކޮށްފައިވަނީ ދެވަނަ ހާފުގައެވެ. މީގެ ތެރޭގައި ދެ ޕެނަލްޓީ ގޯލު ވެސް ހިމެނެއެވެ. މި ތަނުން އެއް ޕެނަލްޓީ ޕަލަސިއޯސް ކާމިޔާބުކުރިއިރު ދެވަނަ ޕެނަލްޓީ ކާމިޔާބުކުރީ ބޮނިފޭސްއެވެ. މީގެ އިތުރުން،. މި ހާފުގައި ދެން ގޯލެއް ކާމިޔާބުކުރީ ފްރިމްޕޮންއެވެ.

މި މެޗާ އެކު، ލެވަކޫސެން އިން މި ސީޒަނުގައި މިހާތަނަށް 134 ގޯލު ކާމިޔާބުކޮށްފައިވެއެވެ.  

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.