Advertisement

04 May 2024
ބުންޑަސްލީގާ
މިފްތާޙް މުޙައްމަދު

މި ސީޒަނަށްފަހު ޑޯޓުމަންޑު ދޫކޮށްލަން ނިންމާފައިވާކަމަށް ރެއުޒް އިއުލާންކޮށްފި

ބޮރޫޝިއާ ޑޯޓުމަންޑުގެ އެކަޑަމީއިން ޕްރޮފެޝަނަލް ފުޓުބޯޅައަށް ނިކުމެ، އެ ކުލަބުގެ ސީނިއާ ޓީމާއެކު 12 ސީޒަން ހޭދަކުރުމަށްފަހު، އިތުރަށް އެގްރިމެންޓު އައު ނުކުރަން ނިންމާފައިވާކަމަށް އެ ކުލަބުގެ މިޑްފީލްޑަރ، މާކޯ ރެއުޒް އިއުލާންކޮށްފިއެވެ.

ޑޯޓުމަންޑުގެ ސަޕޯޓަރުންނަށް ފޮނުވި މެސެޖެއްގައި ރެއުޒް ބުނީ، އޭނާގެ މި ނިންމުމަކީ ކްލަބާއެކު މަޝްވަރާކުރުމަށްފަހު ނިންމި ނިންމުމެއް ކަމަށެވެ.

އެކަޑަމީގައި ހޭދަކުރި 10 އަހަރާއި އެކު، ރިއުޒްގެ ކޮންޓްރެކްޓު ހަމަވުމާ ހިސާބަށް ޖުމްލަ 22 އަހަރު އޭނާ މިވަނީ އެ ކްލަބާއިއެކު ހޭދަކޮށްފައެވެ.

މި ނިންމުމާ ގުޅިގެން ޑޯޓުމަންޑުގެ ސީއީއޯ ހޭންސް-ޖޯކިމް ވަޓްޒްކޭ ބުނީ، ޑޯޓުމަންޑަށް އުފަން ރެއުޒް، އެ ކުލަބުގެ އެކަޑަމީއާއި ސީނިއާ ޓީމުގައި ހޭދަކުރި ދުވަސްތަކުގައި ކްލަބާއެކު ތަފާތު ގުޅުމެއް އުފެދިފައިވާކަމަށެވެ. އަދި ފުޓުބޯޅައިން ރިޓަޔާ ކުރުމަށްފަހު، ކްލަބަށް އެނބުރި އަންނާނެކަމަށް އުންމީދުކުރާކަމަށް ވެސް އޭނާ ބުންޏެވެ.

އުމުރުން މިހާރު 34 އަހަރުގެ ރެއުޒް ވަނީ ޑޯޓުމަންޑާއިއެކު ޑީއެފްބީ ކަޕް ދެ ފަހަރަށް ކާމިޔާބު ކޮށްފައެވެ. އަދި 2018 ވަނަ އަހަރުން ފެށިގެން 2023/24 ސީޒަން ފެށުމާ ހަމައަށް އޭނާއަކީ ކްލަބުގެ ކެޕްޓަން ވެސް މެއެވެ. މީގެ އިތުރުން 2019 ވަނަ އަހަރުގެ ޖަރުމަނުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް އޭނާ ވަނީ ހޯދާފައެވެ.

ސަޕޯޓަރުންނަށް ރެއުޒް ފޮނުވި މެސެޖުގައި އޭނާ އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، އޭނާގެ ފެއާވެލް ވެގެންދާނީ ވަރަށް އުނދަގޫ ވަގުތުކޮޅަކަށެވެ. ނަމަވެސް މި ސީޒަނުގައި ކުރިޔަށް މުހިންމު މެސެޖުތަކެއް ހުރުމުން، މިކަން ސަޕޯޓަރުންނަށް ކުރިން ހިއްސާކުރުމަށްފަހު މެޗުތަކަށް އަވަހަށް ފޯކަސް ކުރަން ބޭނުންވީކަމަށް އޭނާ ބުންޏެވެ. އެގޮތުން ވެމްބްލީގައި ކުޅޭ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރުކޮށް، އެ ތަށި އަނބުރާ ޑޯޓުމަންޑަށް ގެންނަށް ބޭނުންވާކަމަށް އޭނާ ފާހަގަކޮށްފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.