Advertisement

ވެމްކޯގެ މުވައްޒަފުން ކުނި ނެގުމުގެ މަސައްކަތުގައި --- ފޮޓޯ: ވެމްކޯ

24 Apr 2023
ޚަބަރު
ޢަލީ ސުލައިމާން

ކުނިއެޅުމަށް ޚާއްސަ ކޮތަޅު ވެމްކޯއިން ބުރަސްފަތި ދުވަހުންފެށިގެން ވިއްކަން ފަށަނީ

ކުނިއެޅުމަށް ބޭނުން ކުރުމަށް ވެމްކޯއިން ތަޢާރަފްކުރަ ކޮތަޅު ބުރާސްފަތި ދުވަހުން ފެށިގެން ވިއްކަން ފަށާނެ ކަމުގައި، ވެމްކޯއިން ހާމަކޮށްފިއެވެ.

އެކުންފުނިން ބުނީ،  ކުނި މެނޭޖްކުރުމުގެ ގާނޫނުގައިވާ ވާ ގޮތަށް، ކުނި އެޅުމަށް ހާއްސަ "ބިންލައިނާ" ވިއްކުމަށް މިހާރު އެކުންފުނިން ތައްޔާރުވަމުންދާ ކަމަށެވެ. މިގޮތުން، އެކުންފުނިން ވިއްކާނީ ކަޅު އަދި ފެހި ކުލައިގެ ތިން ސައިޒެއްގެ ކޮތަޅު ކަމަށް ވެމްކޯއިން ހާމަކޮށްފައިވެއެވެ.

ވެމްކޯއިން ހާމަކޮށްފައިވާ ގޮތުގައި އެކުންފުނިން ވިއްކާނީ، 17*11, 27*18, 48*36 އިންޗީގެ ކޮތަޅެވެ. ކުނިވާ ޒާތުގެ ކުނި ނުވަތަ އަމިއްލައަށް ފަނާވެދާ ޒާތުގެ ކުނި ފެހި ކޮތަޅުގައި ބަންދުކޮށް، އެހެނިހެން ބާވަތްތަކުގެ ކުނި ކަޅު ކޮތަޅުގައި ބަންދުކުރުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.

ޑަސްބިންތަކުގައި ބޭނުން ކުރާނެ ކޮތަޅު ވިއްކުމުގެ މަސައްކަތް ވެމްކޯއިން ފަށާފައި މިވަނީ، ތިމާވެށި ރައްކާތެރި ކުރުމާއި ބެހޭ ޤާނޫނަށް އިސްލާހް ގެނެސް އާއްމު ވިޔަފާރީގައި ބޭނުންކުރާ ޕްލާސްޓިކް ކޮތަޅުން 2 ރުފިޔާގެ ފީއެއް ނަގަން ފެށުމުންނެވެ. އަދި އެކަމާއި ގުޅިގެން އާއްމު ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށް ސަރުކާރަށް ފާޑުވެސް ކިޔާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
19 Apr 2025
ޚަބަރު
ލޯފަން ނުވަ ދަރިވަރުން މާސްޓާސް ޑިގްރީ ހާސިލުކޮށްފި
ކުރިމަތިވި ގިނަ ގޮންޖެހުންތަކާ ކުރިމަތިލައި، ލޯފަން ނުވަ ދަރިވަރަކު ރޭ އިސްލާމިކް ޔުނިވާސިޓީން މާސްޓާސް ފުރިހަމަކޮށް، ސަނަދު ހާސިލުކޮށްފިއެވެ.
19 Apr 2025
ފަލަސްތީން
"އުންމަތް ފަލަސްތީނާއި އެކު" ހިނގާލުން ބާއްވައިފި
މި ހިނގާލުން ބާއްވާފައި ވަނީ ފަލަސްތީނުގެ މުސްލިމުންނާއި ދެކޮޅަށް އިސްރާއީލުން ހިންގާ ލާއިންސާނީ ޖަރީމާތަކާއި ދެކޮޅަށް އަޑު އުފުލާ ދިވެހިން ފަލަސްތީނާއި އެކު ތިބިކަން ހާމަކޮށްދިނުމަށެވެ.
16 Apr 2025
މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް
މަދީނާގެ ހަރަމްފުޅުގެ އިމާމް ރާއްޖެ ވަޑައިގަންނަވަނީ
ޑރ. ޞަލާޙުލްބުދައިރު ރާއްޖެއަށް ކުރާއްވާ ދަތުރުފުޅުގައި އިސްލާމީ މަރުކަޒުގައި ހުކުރު ޚުޠުބާ ދެއްވުމުގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރެއްވުމުގެ އިތުރަށް، ޢާއްމު ރައްޔިތުންނަށް ދީނީ ދަރުހެއް ދެއްވުމާއި އިލްމުވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ.
16 Apr 2025
މެޑަން ސާޖިދާ މުޙައްމަދު
ދިރިއުޅުމުގެ ހުރިހާ ކަމެއްގައި ކީރިތި ޤުރުއާނުން އިރުޝާދު ލިބިގަންނަން ޖެހޭ: މެޑަމް ސާޖިދާ
ރައީސުލްޖުމްހޫރިއްޔާ އަނބިކަނބަލުންގެ ވާހަކަފުޅުގައި މިފަހަކަށް އައިސް ޤުރުއާން ކިޔެވުމުގެ މުބާރާތްތައް ބާއްވާ މިންވަރު އިތުރުވަމުން އަންނަކަމަށް ވިދާޅުވިއެވެ. އަދި ދިވެހި ދަރީންނާއި މުޅި މުޖުތަމަޢަކީ ކީރިތި ޤުރްއާނުގެ ހިޔާވަހިކަމަށް އެދޭ ބަޔަކަށްވުމަކީ ވަރަށް އުންމީދީ މަންޒަރެއްކަމަށާއި، އަދި އެއީ ހެޔޮ ބަދަލެއްކަމަށް އެކަމަނާ ވިދާޅުވިއެވެ.