Advertisement

02 May 2024
އޫއެފާ ޗެމްޕިއަންސް ލީގް
މިފްތާޙް މުޙައްމަދު

ފުލްކުރޫގްގެ ގޯލާއެކު ޑޯޓުމަންޑުން ފުރަތަމަ ލެގު ކާމިޔާބުކޮށްފި

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ބުދަ ދުވަހުގެރޭ ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑުން ފްރާންސްގެ ޗެމްޕިއަން، ޕެރިސް ސެއިންޓް-ޖާމެއިން (ޕީއެސްޖީ) 1-0 އިން ބަލިކޮށް، ސެމީ ފައިނަލުގެ ފުރަތަމަ ލެގު ކާމިޔާބުކޮށްފިއެވެ.

ރީނދޫ ކުލައިން ޖަރީވެފައި އޮތް ޑޯޓުމަންޑުގެ ސިގްނަލް އިޑޫނާ ޕާކުގައި ކުޅުނު މި މެޗުގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދީފައިވަނީ އެ ޓީމުގެ ފޯވާޑް، ނިކްލަސް ފުލްކުރޫގްއެވެ.

މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް ޕީއެސްޖީއިން ކުރަމުން ދިޔަ މަސައްކަތުގައި، މަދު ސިކުންތު ކޮޅެއްގެ ތެރޭގައި އެމްބައްޕޭ އަދި އަޝްރަފް ހަކީމީ ގޯލަށް ފޮނުވާލި ހަމަލާތައް ފާހަގަ ކުރެވެއެވެ. ފުރަތަމަ އެމްބައްޕޭ ގޯލުގެ ކަނާތް ފަޅިން ދުރުކަނަށް ފޮނުވާލި ބޯޅަ ދަނޑީގައި ޖެހިފައި ނިކުމެފައި ވަނިކޮށް ޑޯޓުމަންޑަށް އެ ހަމަލާ ސާފުކޮށް ނުލެވެނީސް ހަކީމީ އަނެއްކާވެސް އެ ބޯޅަ ގޯލަށް ފޮނުވާލަން މަސައްކަތް ކުރިއެވެ. ނަމަވެސް މިފަހަރު ވެސް ހުރަހަކަށްވީ ގޯލުގެ ދަނޑިއެވެ.

މީގެ އިތުރުން ޕީއެސްޖީގެ ހަމަލާތައް ދިފާއު ކުރުމުގައި ޑޯޓުމަންޑުގެ ކީޕަރު ގްރެގޯ ކޮބެލް ކުރި މަސައްކަތް ފާހަގަކޮށްލެވެއެވެ. އެގޮތުން އެމްބައްޕޭގެ ބޯޅައަކުން އުސްމާން ޑެމްބެލޭ ގޯލުގެ ވަރަށް ކައިރީގައި ހުރެފައި ފޮނުވާލި ބޯޅަ ސަލާމަތްކުރުވުނީ ކޮބެލްގެ ހުޝިޔާރު ކަމުންނެވެ.

ގްރޫޕް ސްޓޭޖުގައި މި ދެ ޓީމު ވެސް ހިމެނިފައިވަނީ އެއް ގްރޫޕެއްގައެވެ. ގްރޫޕް  އެއްވަނަ ޑޯޓްމަންޑުން ހޯދާފައިވާއިރު ޕީއެސްޖީއަށް ލިބުނީ ދެވަނައެވެ. އަދި މި ދެ ޓީމުގެ ކުރިމަތިލުންތަކުގައި، ފްރާންސްގައި ކުޅުނު މެޗު ޕީއެސްޖީ 2-0 އިން ކާމިޔާބުކޮށްފައިވާއިރު، ޑޯޓްމަންޑުގައި ކުޅުނު މެޗު ވަނީ 1-1 އިން އެއްވަރުވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.