Advertisement

ދުބާއީ އަލް މަޚްތޫމް އިންޓަރނޭޝަނަލް އެއާޕޯޓު --

01 May 2024
ދުނިޔެ
ޢަލީ ސުލައިމާން

ދުނިޔޭގެ އެންމެ ބޮޑު ޕެސެންޖަރ ޓަރމިނަލް ދުބާއީގެ އައު އެއާޕޯޓުގައި ހަދަނީ

ދުނިޔޭގެ އެންމެ ބޮޑު ޕެސެންޖަރ ޓަމިނަލް ދުބާއީގެ އައު އެއާޕޯޓުގައި ހެދުމަށް އެޤައުމުން ނިންމައިފިއެވެ.

އެކަން އިޢުލާނު ކުރައްވާފައި ވަނީ ދުބާއީގެ ވެރިޔާ، ޝައިހް މުހައްމަދު ބިން ރާޝިދު އަލް މަހްތޫމްއެެވެ.

ދުބާއީ އަލް މަޚްތޫމް އިންޓަރނޭޝަނަލް އެއާޕޯޓުގަިއ ހަދާ މި ޕެސެންޖަރ ޓަރމިނަލަކީ އަހަރަކު 260 މިލިއަން މީހުންނަށް ޚިދުމަތް ދެވޭ ފެންވަރަށް ތަރައްޤީ ކުރާ ޓަރމިނަލެކެވެ. އަދި އެޓަރމިނަލުގައި 400 ބޯޑިގޭޓު ހުންނައިރު، އެއާޕޯޓުގައި 5 ރަންވޭ އޮންނާނެއެވެ.

ވޯޓަރ ތީމް ޕާކަކާއި އެކު ތަރައްޤީކުރާ އެއާޕޯޓު މިހާރު ބޭނުންކުރާ ދުބާއީ އެއާޕޯޓަށްވުރެ ފަސްގުނަ ބޮޑުވާނެ ކަމަށާއި، އެއާޕޯޓު ތަރައްޤީކުރުމުގެ މަޝްރޫއަށް 35 ބިލިއަން ޑޮލަރު ޚަރަދު ކުރައްވާނެ ކަމުގައި، ދުބާއީގެ ވެރިޔާ، ޝައިހް މުހައްމަދު ބިން ރާޝިދު އަލް މަހްތޫމް ވިދާޅުވެފައިވެއެވެ.

އަރަބި ދުނިޔޭގައި، ތެލުގެ މުއްސަނދިކަން އެންމެ ބޮޑު ޔުނައިޓެޑް އެރެބް އެމިރޭޓްސްއިން ދަނީ ތެލުގެ ފަތުރުވެރިކަމުގެ ސިނާޢަތް ފުޅާކޮށް ވަރުގަދަ ކުރުމަށް އިންފްރާސްޓްރަކްޗަރ ބޮޑެތި މަޝްރޫޢުަތައް ހިންގަމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
02 Apr 2025
ޚަބަރު
ހޮޅުދޫ ބޯޓުގައި ރޯވެ އެބޯޓުގައި ހުރި ޒުވާނަކު ގެއްލިއްޖެ
އެމްއެންޑީއެފުން ވިދާޅުވީ، ގެއްލިގެން ހޯދަމުން ދަނީ، ލ.މާވަށަށް ނިސްބަތްވާ 25 އަހަރުގެ އަލީ މުޝްފިގް މުހައްމަދު ކަމަށެވެ. އޭނާގެ އިތުރުން އެބޯޓުން ދަތުރު ކުރި އެހެން މީހުން ވަނީ، ސަލާމަތް ވެފައެވެ. އޭގެ ތެރެއިން ދެމީހަކަށް، ތ. ކަނޑޫދޫ ޞިއްޙީ މަރުކަޒުގައި ފަރުވާދެމުން އަންނަ ކަމުގައިވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.
02 Apr 2025
ޒަކާތު ހައުސް
ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް 5 ލައްކަ ރުފިޔާ ހަވާލުކޮށްފި
ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފިޠުރު ޒަކާތުގެ ގޮތުގައި ލިބިފައިވާ ފައިސާއިން ފަސް ލައްކަ ރުފިޔާ އިސްރާ އެސޯސިއޭޝަންއާ ހަވާލުކޮށްފި
02 Apr 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ދުންފަތް މަނާކުރަން ވިސްނާފައިވަނީ 25 އަހަރުން ދަށުގެ މީހުންނަށް: ރައީސް
ދުންފަތް މަނާކުރަން ވިސްނާފައިވަނީ 25 އަހަރުން ދަށުގެ މީހުންނަށްކަމަށް ރައީސް ވިދާޅުވެއްޖެއެވެ.
02 Apr 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ދުންފަތުގެ ވިޔަފާރި ދޫކޮށްލުމަށް ރައީސް އިލްތިމާސްކުރައްވައިފި
ރާއްޖޭގައި ދުންފަތުގެ ވިޔަފާރިކުރާ ފަރާތްތަކުން އެ ވިޔަފާރި ދޫކޮށްލައި، އެހެން ވިޔަފާރިއަކަށް ބަދަލުވުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރައްވައިފިއެވެ.