Advertisement

ބޯކޮށްވާރޭ ވެހުމުގެ ސަބަބުން އުހުދު ފަރުބަދަ މަތީގައި އުފެދުނު ވޯޓަފޯލް --

01 May 2024
ދުނިޔެ
ޢަލީ ސުލައިމާން

ބޯކޮށް ވާރޭވެހި އުހުދު ފަރުބަދަ މަތީގައި ފެންކޯރެއް ދެމިއްޖެ

މެދު އިރުމައްޗަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މަދީނާގެ ރަށްބޭރުގައިވާ އުހުދު ފަރުބަދަ މަތިން ފެންކޯރެއް ދެމިއްޖެއެވެ.

މާތްވެގެންވާ ދެޙަރަމްފުޅުގެ މައުލޫމާތު ގެނެސްދޭ ޙަރަމައިންގެ ސޯޝަލް މީޑިއާ އެކައުންޓްތަކުން އިއްޔެ ވަނީ އުހުދު ފަރުބަދަމަތީގައި ފެން އާރެއް ދެމެމުން ދިޔަ މަންޒަރުގެ ވީޑިއޯ އާއްމުކޮށްފައެވެ. އުހުދު ފަރުބަދައަކީ އިސްލާމީ ތާރީހާއި ގުޅޭ ވަރަށް މުހިއްމު ފަރުބަދައެކެވެ.

އުހުދު ފަރުބަދަ

އަރަބި ޖަޒީރާތަކަކީ ވާރޭ ވެހުން މަދު ސަރަހައްދެއް ނަމަވެސް މިފަހަކަށް އައިސް ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ހާދިސާތައް ދަނީ ހިނގަމުންނެވެ. ބޯކޮށް ވާރޭވެހުމުގެ ސަބަބުން ސަޢޫދީ އަރަބިއްޔާގެ އުތުރުގެ ސިޓީތަކުގައި ފެންބޮޑުވިއިރު މާތްވެގެންވާ ސިޓީ މަދީނާގެ ތެރޭގައިވެސް ވަރަށް ބޮޑަށް ފެން ބޮޑުވިއެވެ. އަދި ނަބިއްޔާގެ މިސްކިތް މަސްޖުލްނަބަވީ ހިމެނޭ ސަރަހައްދަށްވެސް ބޯކޮށް ވާރޭވެހި ފެންބޮޑުވުމާއި ކުރިމަތިލާން ޖެހުނެވެ.

ސަޢޫޑީ އަރަބިއްޔާގެ ރަސްމީ ފަރާތްތަކުން ބުނެފައި ވަނީ، ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ މައްސަލަތަކައް ހައްލު ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ޚަބަރުތައް ބުނާ ގޮތުގައި މޫސުމީ ބަދަލާއި ގުޅިގެން ބޯކޮށްވާރޭވެހި ފެންބޮޑުވެދާނެ ކަމަށް ބަލައި، ފެންހިންދާ ނިޒާމްތައް ސައޫދީ އަރަބިއްޔާގެ ސިޓީތަކުގައި އެކަށިގެންވާ ގޮތެއްގައި ޤާއިމްކުރެވިފައި ނެތުމަކީ ފެންބޮޑުވުމުގެ ސަބަބެވެ.

މެދުއިރުމަތީގެ ޤައުމުތަކަށް ކުރަމުންދާ ވިއްސާރައިގައި، މިދިޔަ މަހު، ދުބާއީގައިވެސް ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެ ބޮޑެތި ގެއްލުންތަކެއް ލިބިފައެެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.