Advertisement

01 May 2024
އޫއެފާ ޗެމްޕިއަންސް ލީގް
މިފްތާޙް މުޙައްމަދު

ވިނީގެ ޕެނަލްޓީއާއެކު މެޑްރިޑުން މެޗު ނިންމާލީ ހިންހަމަޖެހިގެން

ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގެ ފުރަތަމަ ލެގުގައި އަންގާރަ ދުވަހުގެރޭ ރެއާލް މެޑްރިޑާއި ބެޔާން މިއުނިކް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެއްޖެއެވެ. ބެޔާންގެ އެލިއަންސް އެރީނާގައި ކުޅުނު މި މެޗުން އެއްވަރުވުމަކީ، މެޑްރިޑަށް ލިބުނު ވަރަށް ބޮޑު ހިންހަމަޖެހުމެކެވެ.

މެޗުގެ ކުރީކޮޅު ބެޔާންއިން ވަނީ ނުރައްކާތެރި ހަމަލާތަކެއް އުފައްދާފައެވެ. މި ހަމަލާތަކުގައި ހެރީ ކޭން އަދި ލެރޯއީ ސާނޭ ގުޅިގެން ކުރި މަސައްކަތް ފާހަގަ ކުރެވެއެވެ. ނަމަވެސް މިތަނުން އެއްވެސް ހަމަލާއެއް ވަނީ ގޯލަށް ކާމިޔާބު ކުރެވޭ ގޮތް ނުވެފައެވެ. 

މެޗުގައި ފުރަތަމަ ލީޑު ނެގީ ރެއާލް މެޑްރިޑެވެ. އެއީ މެޗުގެ 24 ވަނަ މިނެޓުގައި، ބެޔާނުން ރެއާލަށް ބަދަލުވި ޓޯނީ ކްރޫޒްގެ ރީތި ބޯޅައަކުން ވިނީސިއަސް ޖޫނިއަރ ކާމިޔާބުކުރި ގޯލެކެވެ.

ބެޔާންއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށްފަހު ލީޑު ނެގީ ދެވަނަ ހާފުގެ، ވަރަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައެވެ. އެ ޓީމަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ ސާނޭގެ ރީތި ގޯލަކުންނެވެ. އޭގެ 3 މިނެޓު ފަހުން ހެރީ ކޭން މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ އެ ޓީމަށް ލިބުނު ޕެނަލްޓީއަކުންނެވެ.

މި ނަތީޖާއިން މެޗު ނިމެންދަނިކޮށް މެޑްރިޑަށް ހިންހަމަޖެހުމެއް ލިބުނީ، ބެޔާންގެ ޕެނަލްޓީ އޭރިޔާ ތެރެއިން ރޮޑްރީގޯއަށް ކުރި ފައުލަކަށް ޕެނަލްޓީއެއް ލިބުމުންނެވެ. ޕެނަލްޓީ ކާމިޔާބުކޮށް ނަތީޖާ ހަމަހަމަ ކޮށްދިނީ، އެ ޓީމަށް ފުރަތަމަ ގޯލު ވެސް ކާމިޔާބު ކޮށްދިން ވިނީއެވެ.

މި މުބާރާތުގައި ބުދަ ދުވަހުގެރޭ ކުޅޭނީ ދެވަނަ ސެމީ ފައިނަލްގެ ފުރަތަނަ ލެގެވެ. މި މެޗުގައި ބައްދަލުކުރާނީ ޕީއެސްޖީ އަދި ޑޯޓްމަންޑެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.