Advertisement

މާލެ އަތޮޅު ގުރައިދޫގަިއ ފެންބޮޑުވެފައި -- ފޮޓޯ: އެންޑިއެމްއޭ

29 Apr 2024
ޚަބަރު
ޢަލީ ސުލައިމާން

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި މާލެ އަތޮޅު ގުރައިދޫގައި ފެންބޮޑުވެއްޖެ

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މާލެ އަތޮޅު ގުރައިދޫއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެއްޖެއެވެ.

މިރޭ ގުރައިދޫއަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ގިނަ ގެތަކަކަށް ފެންވަދެ ވަނީ ގެއްލުންތައް ލިބިފައެވެ. ގުރައިދޫން ވާހަކަ ދެއްކި ބައެއް މީހުން ބުނި ގޮތުގައި ބައެއް ސަރަހައްދުތަކުގައި 3 ފޫޓަށް ފެންގަނޑު ބޮޑުވިއެވެ. އަދި ބޮޑުވި ފެންގަނޑު ހިންދުމުގެ މަސައްކަތް ފުލުހުންނާއި ރައްޔިތުން އަދި ކައުންސިލުން ގުޅިގެން ދަނީ ކުރަމުންނެވެ.

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ ވިދާޅުވީ، މިރޭ މާލެ އަތޮޅު ގުރައިދޫއަށް ބޯކޮށް ވާރޭ ވެހި ގިނަ ގެތަކަކަށް ފެންވަންނަމުންދާކަމަށެވެ. އަދި މިހާދިސާ އާއި ގުޅޭ ކަމާއި ގުޅޭ އިދާރާތަަކާއި މުއައްސަސާތަކާއި އެކު މަސައްކަތް ކުރަމުންދާ ކަމުގައިވެސް އެންޑީއެމްއޭއިން ވިދާޅުވިއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މާލޭގެ މަގުތަކުގައިވެސް ވަނީ ފެންބޮޑުވެފައެވެ.

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން މިއަދު މުޅި ރާއްޖެއަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވައިޓް އެލާޓް ނެރުނެވެ. އަދި މެންދުރު ފަހު 1:30 އިން ފެށިގެން މިރޭގެ މެންދަމު 1:00 އާއި ހަމައަށް ތިލަދުންމައްޗާއި ހައްދުންމައްޗާއި ދެމެދުގެ އަތޮޅުތަކާއި ރަށްތަކަށް މޫސުމާއި ބެހޭ އިދާރާއިން އޮތީ ވައިޓް އެލާޓް ނެރެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.