Advertisement

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުން ---

28 Apr 2024
ޚަބަރު
ޢަލީ ސުލައިމާން

ނޫސްވެރިން ފާޅުކުރި ކަންބޮޑުވުމާއި އެކު ރައީސް އޮފީހުގެ ނިންމުން ބަދަލުކޮށްފި

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބާއްވާ ބައްދަލުވުންތަކަށް ވަޑައިގަންނަވާ ބޭފުޅުންނަށް، އެއޮފީހަށް ފޯނު ނުވެއްދޭ ގޮތަށް އޮންނަ އުސޫލުގެ ދަށުން ނޫސްވެރިންގެ ބައްދަލުވުންތަކަށް ހާޟިރުވާ ނޫސްވެރިންނަށްވެސް ކުރިޔަށް އޮތްތަނުގައި ނޫސްވެރިންގެ ބައްދަލުވުންތަކަށް ފޯނު ނުވެއްދޭނެ ކަމަށް ނިންމުމަށްފަހު އެނިންމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބަދަލުކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު 11:00ގައި ބޭއްވުމަށް ހަމަޖެއްސި ނޫސްވެރިންނަށް ނޫސްވެރިންގެ ބައްދަލުވުމަށް ވަނުމުގެ ކުރިން ސެކިއުރިޓީއަށް ފޯނުތައް ހަވާލުކުރުމަށް އެންގިއެވެ. އެހެން ނަމަވެސް އެކަމާއި ގުޅޭ ގޮތުން ނޫސްވެރިން ކަންބޮޑުވުން ފާޅުކުރުމުން ނޫސްވެރިންގެ ބައްދަލުވުމަށް ފޯނު ވެއްދުމުގެ ހުއްދަ އެ އޮފީހުން ދިނެވެ. އެއާއި ގުޅިގެން ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައި ވަނީ، ނޫސްވެރިންގެ ބައްދަލުވުންތަކަށް، ނޫސްވެރިން ފޯނުވެއްދުން އެއޮފީހުން މަނާކޮށްފައިވާ ކަމަށެވެ.

އެހެން ނަމަވެސް އެ ޚަބަރަކީ ދޮގު ޚަބަރެއް ކަމުގައި ބުނެ، ޗީފް ސްޕޯކްސް ޕާސަން އާއި ހަވާލާދީ، ރައީސް އޮފީހުގެ ވެބްސައިޓްގައި ވަނީ ފަހުން ޚަބަރެއް ޝާއިއުކޮށްފައެވެ. އެޚަބަރުގައި ބުނެފައި ވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި ބައިވެރިވާން އައި ނޫސްވެރީންނަށް ފޯނު ހިފައިގެން ރައީސް އޮފީހަށް ނުވަދެވުނުކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގު ޚަބަރެއް ކަމަށެވެ.

ރައީސް އޮފީހުން ޝާއިޢުކުރި ޚަބަރުގައި ބުނެފައި ވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކިއުރިޓީ ޕްރޮޓޮކޯލްގައި ޢަމަލުކުރަމުންދާ ޢާއްމު އުޞޫލަކީ އެކި ބައްދަލުވުންތަކަށް ވަޑައިގަންނަވާ ބޭފުޅުން، އެއީ ސަރުކާރުގެ ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންކަމުގައި ވިޔަސް ސެކިއުރިޓީއާ ފޯނު ހަވާލުކުރަން ޖެހޭ ކަމަށެވެ. 

"މިއަދުވެސް އަދި މީގެ ފަހުންވެސް ނޫސްވެރީންގެ ބައްދަލުވުންތަކަށް ރައީސް އޮފީހަށް ވަޑައިގަންނަވާ ނޫސްވެރީންނަށް ފޯނާއިއެކު ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވޭނޭ އިންތިޒާމު ރައީސް އޮފީހުގެ ސެކިއުރިޓީ ޕްރޮޓޮކޯލުން ވަނީ ހަމަޖައްސަވައިދެއްވައިފައެވެ."

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޚަބަރު

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ޝާއިޢުކުރި މިޚަބަރުގައިވާ މައުލޫމާތަށް ބަލާއިރު، މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމަށް ފޯނާއި އެކު ނޫސްވެރިން ނުވެއްދުމަށް ނިންމި ނިންމުމަށް މިހާރު މިވަނީ ބަދަލު ގެނެސްފައެވެ. އެއޮފީހުން އިތުރަށް ބުނެފައި ވަނީ، ނޫސްވެރީންގެ މަސައްކަތްތަކަށް ފަހިވެ ފަސޭހަވާނެގޮތަށް ކަންކަން ހަމަޖައްސައިދެމުން ގެންދިއުމަށް އަބަދުވެސް ސަރުކާރުން މަސައްކަތްކުރާނެކަމުގެ ފުރިހަމަ ޔަގީންކަން މި ފުރުޞަތުގައި އަރުވާ ކަމަށެވެ.

ރައީސް މައުމޫނުގެ ދައުރުގައި، ނޫސްވެރިންނަށްވެސް ރައީސް އޮފީހުގައި އޮންނަ ނޫސްވެރިންގެ ބައްދަލުވުންތަކާއި އެނޫންވެސް އެހެން ބައްދަލުވުންތަކަށް ވަންނަ އިރު ސެކިއުރިޓީއާ ފޯނު ހަވާލުކުރަން ޖެހޭ އުސޫލަކަށް އަމަލު ކުރަމުން އައެވެ. އެހެން ނަމަވެސް އޭގެ ފަހުން އައި ހުރިހާ ސަރުކާރު ތަކުގައިވެސް އަދި، މިސަރުކާރުން މިހާތަނަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުންތަކުގައިވެސް ނޫސްވެރިންނަށް ފޯނުވެއްދުމަށް ހުރަހެއް ނާޅައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮންނަ ބައްދަލުވުންތަކަށް ހާޟިރުވާ ބޭފުޅުން އެއޮފީހުގެ ސެކިއުރިޓީއާއި ފޯނު ހަވާލު ކުރުމަށް އޮތް އުސޫލަކީ ވަރަށް ކުރިއްސުރެ އަމަލު ކުރަމުން އަންނަ އުސޫލެކެވެ. އަދި އެއުސޫލުގެ ދަށުން އެއޮފީހަށް ވަޑައިގަންނަވާ ބޭފުޅުން ދަބަހާއި ފޯނު ފަދަ ތަކެތި ރައްކާތެރި ކަމާއި އެކު އެ އޮފީހުގެ ރިސެޕްޝަން އޭރިއާގައި ބެހެއްޓޭ ގޮތަށް ލޮކަރުތައް ބަހައްޓާފައި ހުރެއެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.