Advertisement

ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ނޫސްވެރިން ފޯނު ވެއްދުން މަނާކުރުން --- ފޮޓޯ: ނޫން.އެމްވީ

28 Apr 2024
ޚަބަރު
ޢަލީ ސުލައިމާން

ރައީސް އޮފީހުގެ ނޫސް ކޮންފަރެންސްތަކަށް ނޫސްވެރިން ފޯނު ވެއްދުން މަނާ!

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބާއްވާ ނޫސްކޮންފަރެންސްތަކަށް ވަންނަ ނޫސްވެރިން ފޯނު ވެއްދުން އަލުން މަނާކުރަން އުޅޭ ކަމުގެ އިޝާރާތެއް ރައީސް އޮފީހުން ކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް އެކި ބޭނުންތަކުގައި ޒިޔާރަތްކުރާ ފަރާތްތަކަށް، އެއޮފީހުގެ އެތެރެއަށް ފޯނު ވެއްދުން މަނާކޮށްފައި އޮތް އޮތުމަކީ، ވަރަށްކުރިއްސުރެ އަމަލު ކުރަމުން އައި އުސޫލެކެވެ. އެހެން ނަމަވެސް، ރައީސް ނަޝީދުގެ ދައުރުންފެށިގެން އައި ސަރުކާރުތަކުގައި ނޫސްވެރިން، ނޫސްކޮންފަރެންސްތަކަށް އެ އޮފީހަށް ވަންނައިރު، ފޯނު ވެއްދުން މަނާކޮށްފައި އޮތް އޮތުން އޮތީ ދޫކޮށްލާފައެވެ. އަދި މިދައުރުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެންމެ ފުރަތަމަ ބޭއްވި ނޫސްވެރިންގެ ބައްދަލުވުންތަކަށް، ނޫސްވެރިން ފޯނު ވެއްދުން މަނާކޮށްފައެއް ނުވެއެވެ.

އެހެން ނަމަވެސް މިއަދުގެ 11:00ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ހާޟިރުވި ނޫސްވެރިންނަށް ފޯނު ނުވެއްދޭނެކަން އެއޮފީހުން އެއޮފީހުން އެންގިއެވެ. އެހެން ނަމަވެސް ނޫސްކޮށްފަރެންސަށް ހާޟިރުވި ނޫސްވެރިން އެކަމުގެ ކަންބޮޑުވުން ފާޅުކުރުމުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ، ނޫސްވެރިންނަށް ފޯނު ހިފައިގެން ނޫސް ކޮންފަރެންސް ބާއްވާ މާލަމަށް ވަނުމުގެ ހުއްދަ ދީފައެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ކުރިޔަށް ހުރި ނޫސްވެރިންގެ ބައްދަލުވުމަށް، ފޯނު ވެއްދޭނެތޯ ނޫސްވެރިން ކުރި ސުވާލުތަކަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސީނިއަރ ސްޕޯކްސްޕަރސަން ހީނާ ވަލީދު ސީދާ ޖަވާބެއް ނުދެއްވައެެވެ.

ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ޑިޕާޓްމަންޓްގެ އިސްބޭފުޅުންވެ ވާހަކަތަކުން މިއަދު ދޭހަވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކަށް ކުރިޔަށް އޮތް ތަނުގައި ދެން ނޫސްވެރިންނަށް ފޯނު ނުވެއްދޭނެ ކަމަށެވެ. އެހެން ނަމަވެސް އެކަމުގައި ސާފު ޖަވާބެއް އެއޮފީހުން މިއަދު ދީފައެއް ނުވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކަށް، ފޯނު ނުވެއްދޭނަމަ އެކަމަކީ، ކުރިއަރާފައިވާ މިޒަމާނާއި ގުޅޭ ކަމެއް ނޫންކަމާއި، ނޫސްވެރިންގެ މަސައްކަތްތައް ކުރުމަށް ފޯނަކީ ވަރަށް މުހިއްމު އެއްޗެއްކަން ފާހަގަކޮށް ނޫސްވެރިން އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.