Advertisement

28 Apr 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

އިތުރު ވަގުތުގައި ލެވަކޫސެން ނަތީޖާ މި ބަދަލުކުރީ 6 ވަނަ ފަހަރަށް

ބެޔާ ލެވަކޫސެންގެ 120 އަހަރުވީ ދިގު ތާރީހުގައި އެ ޓީމުން އަލަށް މި ސީޒަނުގައި ލީގު ކާމިޔާބުކޮށްފައިވާއިރު، މި ހަނދާންތައް އެ ޓީމަށާއި، ކުޅުންތެރިންނާއި އަދި ހާއްސަކޮށް އެ ޓީމުގެ ކޯޗު، ޒަބީ އަލޮންސޯއަށް ވެގެންދާނީ މުޅި އުމުރު ދުވަހު ވެސް ހަނދާނުން ފޮހެވޭނެ ކަމަކަށް ނޫނެވެ. އެކަމުގައި ގިނަ ސަބަބުތަކެއް އެބައޮތެވެ.

އެކަމުގެ އެއް ސަބަބަކީ، މި ސީޒަނުގައި މިހާތަނަށް ބަލިނުވެ 46 މެޗު ލެވަކޫސެން ހަމަކޮށްފައިވުމެވެ. އޭގެ އިތުރުން، އިތުރު ވަގުތުގައި ލެވަކޫސެންއިން ބަދަލުކުރަމުންދާ ނަތީޖާތަކަކީ ވެސް، ބަލާލަން ހިއްގައިމު އަދި ފޯރިގަދަ މަންޒަރުތަކެކެވެ.

އެގޮތުން ބުންޑަސްލީގާގައި ހޮނިހިރު ދުވަހުގެރޭ ސްޓުޓްގާޓް އާއި ކުޅުނު މެޗުގައި 2-1 އިން ބަލިވެ، ލެވަކޫސެން ހިފަހައްޓަމުންދާ ރަން ރެކޯޑަށް ނިމުން އައުމަށް މަދު ސިކުންތު ކޮޅަކަށް ވެފައިވަނިކޮށް، އެ ޓީމުން މިވަނީ އަނެއްކާ ވެސް އިތުރު ވަގުތު ނަތީޖާ ބަދަލުކޮށްފައެވެ. މިއީ، މި ސީޒަނުގައި އެ ޓީމުން އިތުރު ވަގުތު ނަތީޖާ ބަދަލުކުރި 6 ވަނަ މެޗެވެ. މި 6 މެޗުގެ ތެރޭގައި ހިމެނެނީ، ނަތީޖާ ހަމަހަމަ ކުރުމަށް އިތުރު ވަގުތު ގޯލު ކާމިޔާބުކުރި 3 މެޗަކާއި، މެޗުން މޮޅުވުމަށް އިތުރު ވަގުތު ގޯލު ކާމިޔާބުކުރި 3 މެޗެކެވެ. އެއީ ޖުމްލަ 9 ޕޮއިންޓުގެ ވާހަކައެވެ.

ހޮނިހިރު ވަހުގެރޭ ކުޅުނު މެޗުގައި ލެވަކޫސެންއިން ފަހަތުން އަރާ ހަމަހަމަކުރީ، ސްޓުޑްގާޓުން 2 ގޯލު ޖަހާ، ރަގަޅު ލީޑެއް ނަގާފައިވަނިކޮށެވެ. ސްޓުޑްގާޓުގެ ގޯލުތައް 47 ވަނަ މިނެޓާއި 57 ވަނަ މިނެޓުގައި ފުރިޗް އަދި އުންޑޭވް ކާމިޔާބުކޮށްފައިވަނިކޮށް، ލެވަކޫސެންއަށް ނަތީޖާ ހަމަހަމަކޮށްދިނީ 61 ވަނަ މިނެޓުގައި އަޑްލީ ޖެހި ގޯލަކުންނާއި 6+90 ވަނަ މިނެޓުގައި އެންޑްރިޗް ކާމިޔާބުކުރި ގޯލަކުންނެވެ.

ލެވަކޫސަންއަށް އަދި ލީގުގައި ބާކީ 3 މެޗު އޮތް އިރު، ޔޫރޮޕާ ލީގުގެ ސެމީފައިނަލް މެޗުތަކާއި، ފުޓުބޯޅަ އެސޯސިއޭޝަން ކަޕްގެ ފައިނަލް މެޗުވެސް މި އަންނަ މެއި މަހު އޮންނާނެއެވެ. އެހެންކަމުން، މެއި މަހަކީ ސީޒަންގެ 3 ތަށި ކާމިޔާބު ކުރުމަށް އެ ޓީމަށް މުހިންމު ދުވަސްތަކެކެވެ.

ކޮމެންޓް
އަލޮންސޯ
މީ ތަފާތު ޓީމެއް. ނަތީޖާ ނެރެން މާ މޮޅު ނަންތަކެއް ބޭނުމެއް ނުވޭ
28 Apr 2024
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.