Advertisement

ބިންހެލުން އައި ސަރަަހައްދު --

27 Apr 2024
ޚަބަރު
ޢަލީ ސުލައިމާން

އިންޑޮނީޝިއާގެ ހުޅަނގުން ޖާވާއަށް ބިންހެލުމެއް އަތުވެއްޖެ

އިންޑޮނީޝިއާގެ ޖާވާއަށް ރިކްޓަރ މިންގަނޑުން، 6.2ގެ ބާރު މިނުގައި ބިންހެލުމެއް އަތުވެއްޖެއެވެ.

ޔޫއެސްޖިއޮލޮޖިކަލް ސަރވޭ އިން ހާމަކޮށްފައިވާ ގޮތުގައި މިބިން ހެލުން އައިސްފައި ވަނީ، މިބިންހެލުން އައިސްފައި ވަނީ މިރޭގެ 21:29ގައެވެ. ބިންހެލުން މަރުކަޒުވެފައި ހުރީ، 68.3 ކިލޯމީޓަރު ފުނުގައެވެ. 

ރާއްޖޭގެ މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ބިންހެލުމުގެ އަސަރު ރާއްޖެއަށް ކުރާނެ ކަމަށް ނުބެލެވޭ ކަމަށެވެ. ބިންހެލުން އައި ސަރަހައްދާއި މާލެ އާއި ދެމެދު 3761 ކިލޯ މީޓަރުގެ ދުރުމިން ހުރެއެވެ.

މި ބިން ހެލުމާއި ގުޅިގެން ސުނާމީގެ އިންޒާރެއް ނެރެފައެއް ނުވެއެވެ.

މިރޭ އިންޑޮނީޝިއާއަށް މިބިން ހެލުން އައި އިރު، މިއަދު އިރު އޮއްސުނު ވަގުތު، ރާއްޖޭގެ ދެކުނުން މިޑް އިންޑިއާ ރިޖަށްވެސް ދެބިން ހެލުން އައިސްފައިވެއެވެ. އޭގެ ތެރެއިން އެއް ބިންހެލުމުގެ ބާރު ހުރީ ރިކްޓަރ މިންގަނޑުން 6.0ގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.