Advertisement

ސ. ފޭދޫގެ މަގުތަކުގައި ފެންބޮޑުވެފައި -- ފޮޓޯ: އެމްއެންޑީއެފް

27 Apr 2024
ޚަބަރު
ޢަލީ ސުލައިމާން

އަައްޑޫ ވިއްސާރަ: 2 ވަގުތީ ބޯހިޔާވަހިކަމަށް ދެގެއެއްގެ މީހުން ބަދަލުކޮށްފި

އައްޑޫ ސިޓީއަށް މިހާރ ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވެ، 2 ގެއެއްގެ މީހުން ވަގުތީ ހިޔާތަކަށް ބަދަލުކޮށްފައިވާ ކަމުގައި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ، އެންޑީއެމްއޭއިން ވިދާޅުވެއްޖެއެވެ.

އެންޑިއެމްއޭއިން ވިދާޅުވީ އައްޑުއަށް ކުރަމުންދާ ވިއްސާރައިގައި 40 ވުރެ ގިނަ ގޭގެއަށް ފެންވަދެ، ގެއްލުންތައް ލިބިފައިވާ ކަމަށެވެ. އަދި 5 ގެއެއްގައި މީހުންނަށް ދިރި ނޫޅެވޭ ވަރުވެ އެގޭގޭގެ މީހުން އެގެން ގެތަކަށް ބަދަލުކުރަން ޖެހުނު ކަމަށާއި، އޭގެ ތެރެއިން 3 ގެއެއްގެ މީހުން އާއިލީ އެހެން ގެތަކަށް ބަދަލުވެފައި ވާއިރު، ދެ ގެއެއްގެ މީހުނަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފައިވާ ކަމަށެވެ.

އެންޑީއެމްއޭއިން ވިދާޅުވީ، އައްޑޫ ސިޓީއަށް ކުރަމުންދާ ވިއްސާރައިގަ އެސިޓީގައި ފެންބޮޑުވެ ބައެއްގޭގެއަށް  އަސަރުކުރަމުންދާތީ، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީ ފޯރުކޮށް ފިނުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި 24 ގަޑި އިރުގެ ތެރޭގައި އައްޑޫ ސިޓީއަށް ވަނީ، 167.7 މިލިލީޓަރުގެ ވާރޭ ވެހިފައެވެ.

އައްޑޫ ސިޓީއަށް ކުރަމުންދާ ވިއްސާރައިގައި އެންމެ ބޮޑަށް ފެންބޮޑުވެފައި ވަނީ އެސިޓީގެ ފޭދޫގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.