Advertisement

އިޒްރޭލްގެ ނެޝަނަލް ސެކިއުރިޓީ މިނިސްޓަރ ބެން ގްވިރްގެ ކާރު އެކްސިޑެންޓްވެފައި ---

26 Apr 2024
ދުނިޔެ
ޢަލީ ސުލައިމާން

އިޒްރޭލުގެ ނެޝަނަލް ސެކިއުރިޓީ މިނިސްޓަރުގެ ކާރު ފުރޮޅާލައި އޭނާއަށް އަނިޔާވެއްޖެ

ޓްރެފިކް ލައިޓް ރަތްވެފައި ހުއްޓައި، ލައިޓް ފަޅާލާފައި ދާން އުޅެނިކޮށް، އިޒްރޭލްގެ ނެޝަނަލް ސެކިއުރިޓީ މިނިސްޓަރ ބެން ގްވިރްގެ ކާރު އެކްސިޑެންޓްވެ އޭނާއަށް އަނިޔާވެއްޖެއެވެ.

ޓައިމްސް އޮފް އިޒްރާއީލުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، އިޒްރޭލްގެ ނެޝަނަލް ސެކިއުރިޓީ މިނިސްޓަރ ބެން ގްވިރްގެ ކާރު އެކްސިޑެންޓްވީ ރެޑް ލައިޓަށް މަޑުނުކޮށް ދާން އުޅުމުގެ ތެރޭގައި ގަވައިދުން އައި އެހެން ކާރެއްގައި ޖެހި، ކާރު ފުރޮޅާލުމުގެ ސަބަބުންނެވެ، މިހާދިސާގައި އިޒްރޭލްގެ ނެޝަނަލް ސެކިއުރިޓީ މިނިސްޓަރ ބެން ގްރިވްއަށް މާބޮޑު އަނިޔާއެއް ނުވާ ކަމަށާއި، އެހެން ނަމަވެސް އޭނާއަށް، ޝާމިރް މެޑިކަލް ސެންޓަރުގައި ފަރުވާދެމުންދާ ކަމުގައި ޓައިމްސް އޮފް އިޒްރާއީލުން ރިޕޯޓްކޮށްފައިވެއެވެ. 

އިޒްރޭލްގެ ނެޝަނަލް ސެކިއުރިޓީ މިނިސްޓްރީން ބުނެފައި ވަނީ، މިނިސްޓަރ ބެން ގްވިރްގެ ހާލު ރަނގަޅު ކަމަށާއި، އޭނާއަށް މާބޮޑު އަނިޔާއެއް ނުވާ ކަމަށެވެ. އިޒްރާއީލްގެ ފުލުހުން ބުނެފައި ވަނީ، ދެކާރު ޖެހި ހިނގި މިއެކްސިޑެންޓްގެ މައްސަލަ ބަލަމުންދާ ކަމަށެވެ.

ބެން ގްރިވްގެ ކާރު، ޓްރެފިކް ލައިޓްތަކަށް މަޑުނުކޮށް ދުއްވާކަން ފާހަގަވެފައި ވާއިރު، މިފަދަ އެކްސިޑެންޓެއް ހުސްވި އަހަރުގެ އޮގަސްޓް މަހުވެސް ހިނގާފައިވެއެވެ. އެފަހަރު ބެން ގްވިރްގެ ކާރު އެކްސިޑެންޓްވީވެސް ޓްރެފިކް ލައިޓަށް މަޑުނުކޮށް ދަނިކޮށެވެ. އެދުވަހު އެ އެކްސިޑެންޓް ހިނގީ އިންޓަވިއުއަކަށް ދަނިކޮށެވެ. 

އިޒްރޭލްގެ ހިބްރޫ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޓްރެފިކް ގަވައިދާ ހިލާފަށް ޑްރައިވަރު ދުއްވަނީ، ބެން ގްވިރް އެކަމަށް ބާރުއަޅާތީއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.