Advertisement

ސައުދީ އަރައްބިއްޔާގެ މަންޒަރެއް

26 Apr 2024
ޚަބަރު
މިފްތާޙް މުޙައްމަދު

ސައުދީގައި ބަނގުރާ ވިއްކާ ފިހާރައެއް ހުޅުވައިފިކަމަށް އަޑުފެތުރިއްޖެ

މުސްލިމުންގެ އެންމެ މުގައްދަސް ދެ ބިން ކަމުގައިވާ މައްކާ އާއި މަދީނާ، އަދި މުސްލިމުންގެ ޤިބުލަ ހުންނަ ސައުދީ އަރަބިއްޔާގައި ބަނގުރާ ވިއްކާ ފިހާރައެއް ހުޅުވައިފިކަމަށް އަޑު ފެތުރިއްޖެއެވެ. މި ފިހާރަ ހުޅުވާފައިވަނީ އެ ގައުމުގެ ވެރިކަންކުރާ ރިޔާލުގެ ޑިޕްލޮމެޓިކް ކުއާޓާގައިކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ފިހާރައިގެ ގަވާއިދުތައް ބުނާގޮތުން، މިހާރައިން ވިޔަފާއި ކުރެވޭނީ ޑިޕްލޮމެޓުންގެ ތެރެއިން މުސްލިމް ނޫން މީހުނަށެވެ. އަދި ބަނގުރާ ގަތުމުގެ ކުރިން "ޑިޕްލޯ" ކިޔާ އެޕްލިކޭޝަނެއް ބޭނުންކޮށްގެން، މި ވިޔަފާރި މުއާމަލާތުގެ ހުއްދަ ހޯދަންޖެހެއެވެ. މީގެ އިތުރުން، މި ފިހާރައިގައި ފޮޓޯ ނެގުން މަނާ ކުރުމުގެ ގޮތުން ފޯނު ބޭނުންކުރުމާއި، 21 އަހަރުން ދަށުގެ މީހުން ފިހާރައަށް ވަނުން ވެސް ވަނީ މަނާކޮށްފައެވެ.

ޑިޕްލޯ އެޕްލިކޭޝަނަކީ ސައުދީގެ ޒަކާތް، ޓެކްސް އެންޑް ކަސްޓަމްސް އޮތޯރިޓީއިން ޑިޕްލޮމެޓިކް މިޝަންތަކާއެކު ވިޔަފާރީގެ މުއާމަލާތްތައް ހިންގުމަށް ހަދާފައިވާ އެޕްލިކޭޝަނެއްކަމަށް، އެޕް ސްޓޯރުން އެނގެއެވެ. މި އެޕްލިކޭޝަން މެދުވެރިކޮށް، ފިހާރައިން ބަނގުރާ ވިއްކާ މިންވަރު ވެސް ވަނީ ކޮންޓްރޯލްކޮށްފައެވެ. އެގެތޮން، ކޮންމެ މަހަކުވެސް ކޮންމެ މީހަކަށް ބަނގުރާ ގަތުމަށް ވަކި ކޯޓާއެއް އިނދެއެވެ.

ސައުދީއިން މި ފިހާރަ ހުޅުވުމާ ގުޅިގެން ގިނަ ފަރާތްތަކުން ބުނަމުން ގޮތުގައި، މިއީ އެ ގައުމުގެ އިގްތިޞާދު ސިންދަފާތު ކުރުމުގެ މަސައްކަތުގެ ތެރެއިން ކުރެވިގެން ދިޔަ ކަމެކެވެ. އަދި، މިވަގުތު ހަމައެކަނި ޑިޕްލޮމެޓުންނަށް ބަނގުރާ ވިއްކިނަމަވެސް، ސައުދީގައި މަސައްކަތްކުރާ ބިދޭސީންނާއި ޓުއަރިސްޓުންނަށް ލިބޭނެ ގޮތަށް ފަހުން މި ވިޔަފާރި ފުޅާކުރާނެކަމަށް ބެލެވޭކަމަށް، ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ސައުދީއިން ބަނގުރާ ވިއްކާ ފިހާރައެއް ހުޅުވުމަށް ނިންމި އެއް ސަބަބަކީ، ޑިޕްލޮމެޓުން އެ ގައުމަށް ބަނގުރާ އެތެރެކޮށް، ކަޅު ބާޒާރުގައި އޭގެ ވިޔަފާރިކުރާތީ އެކަން ހުއްޓުވުމަށްކަމަށް، ނަން ހާމަކުރުން މަނާކޮށް ޑިޕްލޮމެޓަކު މައުލޫމާތު ދީފައިވާކަމަށް ވެސް ރިޕޯޓުތަކުގައި ވެއެވެ.

ސައުދީގެ ރަސްކަމުގެ ތަހުތަށް މުޙައްމަދު ބިން ސަލްމާން އައުމަށްފަހު، އެ ގައުމުގެ އިގްތިޞާދު ސިންދަފާތު ކުރުމަށްކަމަށް ބުނެ، އެ ގައުމުގައި އަންނަނީ ކުރިން ހުއްދަނުކުރާ ގިނަ ކަންތައްތަކެއް ހުއްދަ ކުރަމުންނެވެ. އޭގެ ތެރޭގައި އަންހެނުން ކާރު ދުއްވުމާއި، ސިނަމާތަކާއި ކޮންސާޓް ހޯލްތައް ހިންގުމަށް ހުއްދަ ދިނުން ވެސް ހިމެނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.