Advertisement

22 Apr 2024
ކުޅިވަރު

އިނގިރޭސީ އެފްއޭ ކަޕް ފައިނަލުގައި ފެންނާނީ މެންޗެސްޓަރގެ ރަތާއި ނުލުގެ ކުރިމަތިލުމެއް

އިނގިރޭސި އެފްއޭ ކަޕްގެ ފައިނަލަށް މެންޗެސްޓަރ ސިޓީ އާއި މެންޗެސްޓަރ ޔުނައިޓެޑު ދަތުރުކޮށްފިއެވެ

މިދިޔަ ސީޒަނުގެ ފައިނަލުގައިވެސް ފެނިގެން ދިޔައީ މި ދެ ޓީމުގެ ކުރިމަތި ލުމެކެވެ. އެ މެޗު 2-1 އިން ކާމިޔާބުކޮށްފައިވަނީ ސިޓީއެވެ.

ފުރަތަމަ ސެމީ ފައިނަލް މެޗުގައި ޗެލްސީގެ މައްޗަށް ސިޓީއިން ކުރި ހޯދާފައިވަނީ 1-0 އިންނެވެ. ސިޓީ މި މެޗުން މޮޅުކޮށްދިން ގޯލު މެޗު ނިމެން 6 މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ ބަނާޑޯ ސިލްވާއެވެ

ދެވަނަ ސެމީ ފައިނަލުގައި ބައްދަލުކުރީ މެންޗެސްޓަރ ޔުނައިޓެޑާއި، އިނގިރޭސި ޗެމްޕިއަންޝިޕް (ދެވަނަ ޑިވިޝަން) ގައި އޮތް ކޮވެންޓްރީ ސިޓީއެވެ. ޔުނައިޓެޑުން ފަސޭހަ ކަމާއިއެކު މި މެޗު ކާމިޔާބު ކުރުމުގެ މަގުމަތީގައި އޮއްވައި، ކޮވެންޓްރީއިން ޔުނައިޓެޑު ހާސްކޮށްލީ މެޗުގެ ފަހު 20 މިނެޓުގެ ތެރޭގައެވެ.

ޔުނައިޓެޑުން ވަނީ ފުރަތަމަ ހާފުގައި، ސްކޮޓް މެކްޓޮމިނޭ އަދި ހެރީ މެގުއޭ ޖެހި ގޯލުތަކުން ރަގަޅު ލީޑެއް ނަގާފައެވެ. އަދި ފަހު ހާފުގެ 58 ވަނަ މިނެޓުގައި ބްރޫނޯ ފެނާންޑޭޒް އިތުރު ގޯލެއް ޖަހާ ޔުނައިޓެޑުގެ ލީޑު ފުޅާކުރިއެވެ

ނަމަވެސް ކޮވެންޓްރީއިން ފަހަތުން އަރާ މެޗުގެ ނަތީޖާ ހަމަހަމަ ކުރިއެވެ. އެއީ 71 ވަނަ މިނެޓާއި، 79 ވަނަ މިނެޓުގައި ޖެހި ގޯލުތަކުންނާއި، މެޗުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުންނެވެ

ޔުނައިޓެޑުން މެޗު ކާމިޔާބު ކުރީ ޕެނަލްޓީ ޝޫޓް އައުޓުން، 4-2 އިންނެވެ.

މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 25 މެއި ގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.