Advertisement

ފުލުހުންގެ މައި އިދަރާ --

21 Apr 2024
މަޖިލިސް އިންތިހާބު 2024
ޢަލީ ސުލައިމާން

މިއަދު މަގުމަތީގައި އެއްގަމު އިންޖީނުލީ ބަރު އުޅަނދު ފަހަރު ދުއްވުން މަނާވާނެ: ފުލުހުން

މިއަދު މާލޭގެ މަގުމަތީގައި އެއްގަމު އިންޖީނުލީ ބަރު އުޅަނދު ފަހަރު ދުއްވުން ފުލުހުން މަނާކޮށްފިއެވެ.

ފުލުންހުންގެ ކޮމާންޑަރ އިން ޗީފް، ސްޕްރިންޓެންޑެންޓް ޢަބުދުﷲ ޝަރީފް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން މިއަދު އޮންނައިރު މާލޭގެ މަގުތައް މަތީގައި، ހެވީލޯޑް ވެހިކަލްތައް ދުއްވުން މަނާކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެކަމަށް އިންޖީނުލީ އެއްގަމު އުޅަނދުފަހަރު ދުއްވާ ފަރާތްތަކުން ސަމާލުކަން ދެއްވުމަށް ޝަރީފް އެދިވަޑައިގެންނެވިއެވެ.

މީގެ އިތުރުން ޝަރީފް ވިދާޅުވީ، މިއަދުގެ އިންތިޚާބަށް ފުލުހުންވެސް ފުރިހަމައަސް ތައްޔާރުވެފައިވާ ކަމަށާއި، ވޯޓުލާ މަރުކަޒުތައް ކައިރީގައި ހަރަކާތްތެރިވާ ފުލުހުން ބޮޑީވޯން ކެމެރާވެސް ބޭނުން ކުރާނެ ކަމަށެވެ. އޭގެ ބޭނުމަކީ ވޯޓުލާ މަރުކަޒުތަކުގެ ކައިރީގައި ހިނގާކަންކަމާއި ގުޅިގެން އަވަހަށް ފިޔަވަޅުތައް އެޅުންކަންވެސް ޝަރީފް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، ވޯޓާއި ގުޅިގެން ހިންގާ ޤާނޫނާއި ޚިލާފު ޢަމަލުތައްވެސް ފުލުހުން ހުއްޓުވާނެ ކަމުގައިވެސް ޝަރީފް ވިދާޅުވިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.