Advertisement

ށ. މިލަންދޫ އެއަރޕޯޓުގެ މަސައްކަތް ހަވާލުކުރުން --

19 Apr 2024
ޚަބަރު
ޢަލީ ސުލައިމާން

ތ. ވިލުފުއްޓާއި އިތުރު ހަތަރު ރަށެއްގައި އެއާޕޯޓު އެޅުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

ތ. ވިލުފުއްޓާއި އަދި އިތުރު 4 ރަށެއްްގައި އެއާޕޯޓު އެޅުމުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

ބުރާސްފަތި ދުވަހު އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ، ށ. މިލަންދޫ، ށ. ބިލެތްފަހި، ށ. ކޮމަންޑޫ، ތ. ގުރައިދޫ އަދި ތ. ވިލުފުށީގައި އެއާޕޯޓު އެޅުމުގެ މަސައްކަތެވެ. މި އެއާޕޯޓުތަކުގެ ތެރެއިން ތ. ގުރައިދޫ އާއި ށ. މިލަންދޫގައި އެއާޕޯޓު އަޅައިދެއްވުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި އެރަށްރަށުގެ ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދެކެވެ. އެހެން އެއާޕޯޓްތަކަކީ ކުރީގެ ސަރުކާގައި އިއުލާނު ކުރެވުނު މަޝްރޫޢުތަކެއް ނަމަވެސް އެ އެއާޕޯޓްތައް އަޅުއްވައި ދެއްވުމަށް ރައީސް ޑރ. މުޢިއްޒު ވަޢުދުވެވަޑައިގެންނެވިއެވެ.

މި ފަސް އެއާޕޯޓުގެ މަސައްކަތް ހަވާލުކޮށްފައި ވީނަމަވެސް އެކަމާއި ގުޅޭ ގޮތުން އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

އެމްޑީޕީ ސަރުކާރު ބަދަލުވި އިރު، ވިލުފުށީ އެއާޕޯޓުގެ މަސައްކަތް އެމްޓީސީސީ އާ ހަވާލުކޮށް، ބިންހިއްކުމަށް ބޭނުންވާ ސަރަހައްދުގައި ބަންޑްވޯލްވެސް އޮތީ ޖަހަންފަށާފައެވެ. އެހެން ނަމަވެސް ސަރުކާރު ބަދަލުވިފަހުން އެމަސައްކަތް ކުރިޔަކަށް ނުދެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.