Advertisement

15 Apr 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

ބާކީ ފަސް މެޗު އޮއްވައި ލެވަކޫސެން އިން ލީގު ޔަގީންކޮށްފި

މި ސީޒަނުގައި އެއްވެސް މެޗަކުން ބަލިނުވެ، މިހާތަނަށް ހައިރާންކުރުވަނިވި ރެކޯޑެއް ދަމަހައްޓާފައިވާ ބެޔާން ލެވަކޫސެން އިން، ބާކީ ފަސް މެޗު ކުޅެން އޮއްވައި ޖަރުމަނު  ލީގު ޔަގީންކޮށްފިއެވެ. މިއީ ލެވަކޫސެން އިން އެ ކުލަބުގެ ތާރީހުގައި ލީގު ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.

ކުރިން ލިވަޕޫލް އަދި ރެއާލް މެޑްރިޑަށް ކުޅެފައިވާ ސްޕެއިންގެ ތަރި، ޒަބީ އަލޮންސޯގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ލެވަކޫސެން އާދީއްތަ ދުވަހުގެރޭ ވާޑަރ ބްރެމެންއާ ދެކޮޅަށް ނިކުތްއިރު، ލީގު ޔަގީން ކުރުމަށް އެ ޓީމަށް ބޭނުންވެފައި އޮތީ 3 ޕޮއިންޓެވެ. ނަމަވެސް ލެވަކޫސެން އިން ތަށި ޔަގީންކުރީ ތަފާތު ބޮޑުކޮށް، ވާޑަރ ބްރެމެން 5-0 އިން ބަލިކުރުމަށްފަހުއެވެ

ލެވަކޫސެންއާ ވާޑަރ ބްރެމެން ބައްދަލުކުރި މެޗު ނިންމާލުމަށް ރެފްރީ ކަށިގަނޑު ފުމެލުމާއެކީ އުފާފާޅުކުރުމުގެ ގޮތުން އެ ޓީމުގެ ސަޕޯޓަރުން ވަނީ ދަނޑަށް އަރާ، ދަނޑުގެ ފެހިވިނަ ނުފެންނަ ވަރަށް ދަނޑު ފުރާލާފައެވެ

މެޗަށްފަހު ލެވަކޫސެންގެ ސަޕޯޓަރުން ދަނޑަށް އަރާފައި

މި މެޗަށްފަހު ލެވަކޫސެންގެ ކޯޗު އަލޯންސޯ ބުނީ، މިއީ އާއިލާއާ، ރަށްޓެހިން އަދި ސަޕޯޓަރުންނާއެކު އުފާ ފާޅުކުރަންވީ ވަގުތު ކަމުގައެވެ. އަދި މިއީ އޭނާގެ ކޯޗިން ކެރިއަރުގައި ޓީމަކާއެކު ފުރަތަމަ ފަހަރަށް ފުލް ސީޒަނެއް ނިންމާލި ފަހަރަށްވެފައި، މި ސީޒަނުގައި މުޅިން އައު ޓީމަކާއެކީ ލީގު ކާމިޔާބު ކުރުމުން ކުރެވޭ އިހުސާސަކީ އާދަޔާ ޚިލާފު އިހުސާސެއް ކަމަށެވެ

ލީގު ތަށްޓާއެކީ ލެވަކޫސަންއަށް ބޮޑު އުފަލެއް ލިބިގެން ދިޔައިރު، އެ ޓީމުން އަންނަނީ މި ސީޒަންގައި 3 ތައްޓަށް ވާދަކުރަމުންމުންނެވެ. އެއީ ލީގުގެ އިތުރުން ޖަރުމަން ކަޕާއި ޔޫރޮޕާ ލީގެވެ. ލެވަކޫސެން މިހާރު ޖަރުމަނު ކަޕުގެ ފައިނަލަށް ދަތުރުކޮށްފައިވާއިރު، ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގު ވެސް އެ ޓީމުން ވަނީ ކާމިޔާބުކޮށްފައެވެ.

ވާޑަރ ބްރެމެންއާ ދެކޮޅަށް ކުޅުނު މެޗުގައި ލެވަކޫސެންއިން ވަނީ ފުރަތަމަ ހާފުގައި ލީޑު ނަގާފައެވެ. އެއީ އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން، 25 ވަނަ މިނެޓުގައި ބޮނިފޭސް ކާމިޔާބުކުރި ގޯލެކެވެ. އެ ޓީމުގެ ދެވަނަ ގޯލު ކާމިޔާބު ކުރީ މިދިޔަ އަހަރުގެ ޖުލައި މަހު އާސެނަލްއިން ބަދަލުވި ގްރާޓިސް ޖަކާއެވެ. އަދި އެއަށްފަހު ހެޓްރިކެއް ހަދާ، ވާޓްސް ވަނީ މެޗުގެ ނަތީޖާ 5-0 އަށް ބަދަލުކޮށްފައެވެ

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.