Advertisement

ދުނިޔޭގެ 18 ޤައުމުގެ ވެލި އަޅާފައިވާ ޓޭންކް ---

08 Jul 2023
ކުޅިވަރު
ޢަލީ ސުލައިމާން

ކުޅިވަރުގެ އެއްބައިވަންތަކަން ދައްކުވައިދޭ 18 ޤައުމުގެ ވެލި، އެއްޓޭންކެއްގައި

އޭޝިއަން ސާރފިންގ ޗެމްޕިއަންޝިޕް 2023ގެ "ސޭންޑް ސެރަމަނީ" ހަރަކާތުގައި ދުނިޔޭގެ 18 ޤައުމެއްގެ ވެލި އެއްޓޭންކަށް އަޅައި ކުޅިވަރުގެ އެއްބައިވަންތަކަން ދައްކުވައިދީފިއެވެ.

އޭޝިއާގެ ސަރފިންގ ގެ އެންމެ ބޮޑު މުބާރާތް އޭޝިއަން ސާރފިންގ ޗެމްޕިއަންޝިޕް 2023 ހުޅުވުމުގެ ރަސްމިއްޔާތުގައި ވަނީ، މިފަދަ މުބާރާތްތަކުގައި އޮންނަ އާދަކާދައިގެ މަތިން ސޭންޑް ސެރަމަނީ ކުރިޔަށް ގެންގޮސްފައެވެ. ސޭންޑް ސެރަމަނީ ހަރަކާތް ރަމްޒުކޮށްދެނީ، އެތުލީޓުން ތަފާތު ސަޤާފަތްތަކާއި އާދަކާދަތަކަށް ނިސްބަތްވި ނަމަވެސް އެތުލީޓުންގެ މެދުގައި އޮންނަ ކުޅިވަރުގެ ރޫޙާއި އެއްބައިވަންތަކަމެވެ.

އޭޝިއަން ސާރފިންގ ޗެމްޕިއަންޝިޕް 2023ގައި ބައިވެރިވާ 18 ޤައުމެއްގެ އެތުލީޓުން ވަނީ، އެ އެތުލީޓުން ނިސްބަތްވާ ޤައުމުތަކުގެ ގޮނޑުދޮށްތަކާއި ކޯރުތަކުގެ އައްސޭރިން ގެނައި ވެލި އެއްޓޭންކަކަށް އަޅާފައެވެ.

މިފަހަރުގެ މުބާރާތުގައި ބައިވެރިވި ޤައުމުތަކުގެ ތެރޭގައި ހިމެނެނީ، ފަލަސްޠީނު، ލުބުނާން، ސަޢޫދީއަރަބިއްޔާ، އިރާން، އަފްޣާނިސްތާން، އިންޑިއާ، ބަންގްލަދޭޝް، ސްރީލަންކާ، ތައިލޭންޑް، މޮންގޯލިއާ، ޗައިނާ، ޓައިވާން، އިންޑޮނީޝިއާ، މެލޭޝިޔާ، ސިންގަޕޫރް، ޖަޕާން އަދި ކޮރެއާގެ އިތުރުން ދިވެހިރާއްޖެ އެވެ.

މިޤައުމުތަކުގެ އެތުލީޓުންގެ ތެރެއިން ފަަލަސްޠީނުގެ އެތުލީޓް ވެލި ގެނެސްފައިވަނީ، ޣައްޒާގެ ގޮނޑުދޮށުންނެވެ. އަފްޣާނިސްތާނުގެ އެތުލީޓުން ވެލި ގެނެސްފައިވަނީ، ކާބުލް ކޯރުގެ އައްސޭރިންނެވެ. ބަނގުލަދޭޝްގެ އެތުލީޓުން ވެލި ގެނެސްފައި ވަނީ ކޮކްސް ބާޒާރުގެ ކޮލަޓެލީ ގޮނޑުދޮށުންނެވެ. ޗައިނާގެ އެތުލީޓުން ވެލިގެނެސްފައި ވަނީ ޗައިނާގެ ރީޔޫބޭ ގޮނޑުދޮށުންނެވެ. އިންޑިއާގެ އެތުލީޓުން ވެލިގެނެސްފައި ވަނީ، ޓަމިލްނާޑޫގެ ކޯލަމް ބީޗުންނެވެ. އިންޑޮނީޝިއާގެ އެތުލީޓުން ވެލިގެނެސްފައި ވަނީ، ކުޑަބީޗްއިންނެވެ. މުބާރާތުގައި ބައިވެރިވާ އީރާންގެ އެތުލީޓުން ވެލިގެނެސްފައި ވަނީ ސިދާތުޕޯޓްއިންނެވެ. ޖަޕާނުގެ އެތުލީޓުން ވެލި ގެނެސްފައި ވަނީ، ޓޯކިޔޯގެ ސުޑިގަސާކީ ގޮނޑުދޮށުންނެވެ. މިއީ 2020 ވަނަ އަހަރުގެ އޮލިމްޕިކް ކުޅިވަރު މުބާރާތް ބޭއްވި ގޮނޑު ދޮށެވެ.

މިމުބާރާތުގައި ވާދަކުރާ އެތުލީޓުންގެ ތެރެއިން ލުބުނާންގެ ޓީމުން ވެލި ގެނެސްފައި ވަނީ، ލުބުނާނުގެ ޖީޔޭހް ބީޗުންނެވެ. މެލޭޝިއާގެ އެތުލީޓުން ވެލިގެނެސްފައިވަނީ ޝެރަޓިން ބީޗުންނެވެ. މޮންގޯލިއާގެ އެތުލީޓުން ވެލިގެނެސްފައިވަނީ ބުޔަލޭހްގެ ގޮނޑުދޮށުންނެވެ. ސަޢޫދީއަރަބިއްޔާގެ އެތުލީޓުން ވެލިގެނެސްފައި ވަނީ ޖިއްދާއިން ރަތްކަނޑުގެ އައްސޭރިންނެވެ. ސިންގަޕޫރުގެ އެތުލީޓުން ވެލި ގެނެސްފައި ވަނީ، އެޤައުމުގެ އީސްޓަންސް ބީޗްއިންނެވެ. ދެކުނު ކޮރެއާގެ އެތުލީޓުން ވެލި ގެނެސްފައި ވަނީ އެޤައުމުގެ ސޮންޖޮންގ ގެ ގޮނޑުދޮށުންނެވެ. އަދި ސްރީލަންކާގެ އެތުލީޓުން ވެލި ގެނެސްފައި ވަނީ އެޤައުމުގެ ހިކަޑުއާގެ ގޮނޑުދޮށުންނެވެ. މުބާރާތުގައި ބައިވެރިވި ތައިލެންޑުގެ އެތުލީޓުން ވެލިގެނައީ، އެޤައުމުގެ ކަރްލަކް ބީޗުންނެވެ. މުބާރާތުގައި ބައިވެރިވާ ޓައިވާންއިން ވެލިގެނައީ އެޤައުމުގެ ހަނީމޫން ބޭ އިންނެވެ. 

މުބާރާތުގައި ބައިވެރިވާ ޤައުމުތަކުގެ ތެެރެއިން، ސޭންޑް ސެރެމަނީގައި ޓޭންކަށް އެންމެ ފަހުން ވެލިއަޅާފައި ވަނީ ރާއްޖޭގެ ޓީމުންނެވެ. ރާއްޖޭގެ ޓީމުން އެޅީ، މުބާރާތް ބާއްވާ، ކ. ތުލުސްދޫގެ ގޮނޑުދޮށުން ނަގާފައިވާ ވެލިކޮޅެކެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.