Advertisement

12 Apr 2024
ވީޑިއޯ
މިފްތާޙް މުޙައްމަދު

ފިޓްނަސް ދެމެހެއްޓުމަށް ޓްރެކަށް ވަދެ ދުވަންފެށި ގޮތަށް ހުއްޓުމެއްނެތި 42 ކިލޯމީޓަރާ ހަމައަށް

ބާސްކެޓް ކޯޓުން ވިދާލައި، ގައުމީ ބާސްކެޓް ބޯޅަ ޓީމުގެ އިތުރުން ގައުމީ ހޭންޑް ބޯޅަ ޓީމަށް ވެސް ކުޅެފައިވާ ހުސްނާ މުޙައްމަދު (ހުސީ) އަކީ ކުޅިވަރުގައި އައު ނަމެއް ނޫނެވެ. އެހެން އެތުލީޓުންނާ ހިލާފަށް، ހުސީގެ ކުޅިވަރުގެ ކެރިއާ ފެށުނީ ސްކޫލް ދައުރަށްފަހުގައި ނަމަވެސް، އޭނާވަނީ ގިނަ ކުޅިވަރުތަކެއް މޮޅަށް ކުޅެ، ރަންވަނަތައް ހޯދާފައެވެ. އޭގެ ފަހުން މި ކުޅިވަރުތަކާ ކޮންމެވެސް ވަރަކަށް ދުރަށް ޖެހިލުމަށްފަހު، ހުސީއަކީ މިހާރު މެރަތަން ދުވުންތެރިއެކެވެ. އޭނާ މެރަތަން ދުވުމުގެ ފަރިތަކުރުންތައް ހަދަމުންދަނީ އެލީޓް ރަނާސްއާއެކު، ޝަރަފް ކޯޗުގެ އިރުޝާދުގެ ދަށުންނެވެ.

ހުސީ މެރަތަން ދުވަން ފެށީ މީގެ ފަސް ވަރަކަށް އަހަރު ކުރިންނެވެ. ރަނިން ޓްރެކަށް އޭނާވަނީ ފިޓްނަސް ލެވެލް ދެމެހެއްޓުމަށެވެ. މި ބޭނުމުގައި ދުވަން ފެށި ގޮތަށް އޭނާ 42 ކިލޯމީޓަރާ ހަމައަށް ދުވުނެވެ. އެއަށްފަހު މިހާ ދިގު ދުވުންތަކަށް ގަޔާވެއްޖެއެވެ. އަދި ހުއްޓުމެއްނެތި ކުރިޔަށް ގޮސް މިހާރު މެރެތަން ދުވުމުން ބައިނަލްއަގްވާމީ މައިދާނުގައި ރަންވަނަތަކާ އަރާ ހަމަކޮށްފިއެވެ.

އެންމެ ފުރަތަމަ ހުސީ ދުވެފައިވަނީ އައްޑޫ މެރެތަންއެވެ. ހާފް މެރެތަންއެއް ދުވުމަށް ވިސްނައި އެ މެރެތަންގައި ރެޖިސްޓްރީ ވާން އުޅުމުން، ހާފް މެރަތަން، ފުލް މެރަތަންއަކަށް ބަދަލުކުރަން އޭނާ ނިންމީ ކޯޗުގެ އެދުމަކަށެވެ. އަދި އެ މެރަތަން ނިންމާލެވުމުން އެ ކުރެވުނު އުފާވެރި އިހުސާސުން އޭނާއަށް ލިބުނީ އިތުރު ހިތްވަރަކަށެވެ. އޭގެ ފަހުން 5 މެރަތަން ދުވެފައިވާ ހުސީ މިހާރު މިވަނީ މެރަތަން ދުވުމުން ވެސް ބައިނަލްއަގްވާމީ ރަންވަނަތައް ހޯދަން ފަށާފައެވެ

Advertisement

މިދިޔަ މަހު ތުރުކީގައި އޮތް "ރަންތާލްޔާ މެރަތަން" އަކީ ހުސީގެ ފަސްވަނަ މެރަތަންއެވެ. ރަންތާލްޔާ މެރަތަންއަކީ ތުރުކީގައި ބާއްވާ އެންމެ ބޮޑު މެރަތަންއެވެ. މި މެރަތަންގައި މި އަހަރު 7،000 އަށް ވުރެން ގިނަ ދުވުންތެރިން ދުވެފައިވާއިރު، މި މެރަތަންގައި ހުސީވަނީ އޭނާ ވާދަކުރި އުމުރުފުރާއިން ތިން ވަނަ ހާސިލްކޮށްފައެވެ. މެރެތަންއެއް ނިންމުމަކީ ފަސޭހަކަމަކަށް ނުވާއިރު، ބައިނަލްއަގްވާމީ މެރަތަންއަކުން ރަންވަނައެއް ހޯދާ ހުސީ މި އަންގައިދިނީ، ހިތްވަރު ހުރިއްޔާ އުނދަގޫ ކަންކަންވެސް ހާސިލްކުރެވޭނެ ކަމެވެ

"ނޫން.އެމްވީ" އަށް ދިން ހާއްސަ އިންޓަވިއުގައި ހުސީވަނީ އޭނާގެ މެރަތަން ހަޔާތާ ގުޅުންހުރި ގިނަ ވާހަކަތަކެއް ވަނީ ކިޔައިދީފައެވެ. އެއް މެރެތަން ނިންމުމުން ލިބޭ ހިތްވަރާ، ހިންހަމަޖެހުމާއެކު، އަނެއް މެރެތަން ދުވުމަށް ހުސީ ހުންނަނީ ކެތްމަދުވެފައެވެ

ހުސީ ކިޔައިދިން ގޮތުގައި ރަންތާލްޔާ މެރަތަންއަށް ތައްޔާރުވުމަށް އޭނާ މާގިނަ ދުވަހެއް ނުނަގައެވެ. އާންމުކޮށް މެރަތަން ޓްރެއިނިން ހަދަމުން ދާތީ، މިއީ ހުސީއަށް ފަރިތަ ކަމެކެވެ. ނަމަވެސް ރަންތާލްޔާ މެރަތަންއަކީ މިހާތަނަށް ހުސީ ދުވި އެންމެ އުނދަގޫ މެރަތަންއެވެ. އެކަމުގެ އެންމެ ބޮޑު ސަބަބަކީ، ކުދި ފަރުބަދަތަކުގެ ސަބަބުން އުސްވެފައި ހުންނަ މަގުތަކުން ދުވަން ޖެހުމެވެ. ފަރިތަކުރުންތަކުގައި ވެސް މައްޗަށް ނުވަތަ "އިންކްލައިން" ތަންތަނުން ދުވުމަކީ ހުސީ މާ ކުރާހިތްވާކަމެއް ނޫނެވެ. އެހެންކަމުން ރޭހުގައި މިކަން ކުރަން ޖެހުންވެގެން ދިޔައީ ވަރަށް އުނދަގޫ ކަމަކަށެވެ

ރޭސް ދުވިއިރު، ތުރުކީގެ އަންތާލްޔާގެ ފިނިހޫނުމިން ގާތްގަނޑަކަށް 7 ޑިގްރީ އާއި 8 ޑިގްރީގައި ހުރި ނަމަވެސް، ރޭހުގެ ކުރިން ކޮންމެވެސް ވަރަށް މިކަމަށް ހޭނެން ވަގުތު ލިބުނެވެ. އެހެން ނަމަވެސް ހުސީ ފާހަގަ ކުރި ގޮތުން، ރޭސް ދުވުމަށް ވޯމްއަޕްކޮށް ނިމުނު އިރު ވެސް ފައިގެ އިނގިލިތައް އައްސިވެއްޖެއެވެ

މެރެތަންއެއްގައި މެންޓަލީ އެންމެ ނިކަމެތިކޮށްލާ ވަގުތަކީ ގާތްގަނޑަކަށް 30 ވަނަ ކިލޯމީޓަރާ ހިސާބުންކަން ފާހަގަ ކުރަމުން ހުސީ ބުނީ، ކިތަންމެ އުނދަގޫ ވިޔަސް، ރޭސް ހުއްޓާލުން އެއީ އޭނާއަށް އޮތް އޮޕްޝަންއެއް ކަމަށް ނުވިސްނާކަމަށެވެ. އަދި ފަހު ދެ ކިލޯމީޓަރުގައި މެރެތަންގެ ވަގުތު ރަގަޅު ކުރުމަށް ލިބުނު އެންމެ ބޮޑު ހިތްވަރަކަށްވީ، އޭނާ ނިސްބަތްވާ އެލީޓް ރަނާސްގެ ދުވުންތެރިއެއް، ދުވުމުގެ ސްޕީޑް ހިފަހައްޓައިދިނުމަށް އޭނާއާއެކުގައި ދުވެދިނުންކަމަށް ފާހަގަކޮށް، ހުސީވަނީ މި ކާމިޔާބާ ހިސާބަށް ވާސިލްވުމަށް އެލީޓް ރަނާސްގެ ފަރާތުން ލިބުން އެހީތެރިކަން ފާހަގަކޮށްފައެވެ.

މެރަތަން ނިމުމާ ހަމައަށް، މެރެތަންގެ ރަންވަނައިއެއްގައި އޮތްކަން ނޭންގޭކަމަށް ފާހަގަކޮށް ހުސީ ބުނީ، މެރެތަންއިން އޭނާ ވާދަކުރި އުމުރު ފުރާއިން ތިން ވަނަ ލިބުމަކީ ލިބުނު ބޮޑު އުފަލެއް ކަމަށާއި، ބައިނަލްއަގްވާމީ މައިދާނެއްގައި ދިވެހިރާއްޖެ ތަމްސީލުކޮށްދެވުމަކީ އަބަދުވެސް ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމުގައެވެ.

މެރަތަން ދުވަން ބޭނުންވާ އަންހެން ދުވުންތެރިންނަށް ހުސީ ދިން ނަސޭހަތަކީ، ހިތްވަރު ހުރިއްޔާ އަންހެނަކަށް ވުމަކުން މެރެތަން އެއް ދުވުމަށް ހުރަސް ނޭޅޭނެކަމެވެ. އެހެންކަމުން މެރެތަން ދުވަން ބޭނުންވާ އަންހެން ކުދިން ތިބިނަމަ، އެ ހުވަފެން ހާސިލް ކުރުމަކީ މަސައްކަތްކޮށްފިނަމަ މާ އުނދަގޫކަމެއް ނޫންކަމެވެ

ހުސީގެ އުއްމީދަކީ މެރެތަން ދުވުން ހުއްޓާނުލާ ކުރިޔަށްގޮސް، މިކަމުން ގިނަ ކާމިޔާބީތަކެއް ހޯދުމެވެ.

ކޮމެންޓް
އިތުރު އާޓިކަލް
27 Jul 2024
ކުޅިވަރު
އުމުރުން 13 އަހަރުގެ ތަޒްކިޔާ ފެތުމުގެ ދެ ރެކޯޑެއް ހަދައިފި
ސްރީލަންކާގައި މިހާރު ކުރިއަށްދާ އެ ގައުމުގެ ނެޝަނަލް އެންޑް ޖޫނިއާ ނެޝަނަލް ލޯންގް ކޯސް ސްވިމިން ޗެމްޕިއަންޝިޕްސްގައި ދިވެހި ފެތުންތެރިޔާ، އުމުރުން އެންމެ 13 އަހަރުގެ އަމްނާ ތަޒްކިޔާ މިރުޞާދު، ގައުމީ ދެ ރެކޯޑެއް ހަދައިފިއެވެ.
27 Jul 2024
ޚަބަރު
ގާޒާގެ ކޮންމެ 10 މީހަކުން 9 މީހެއްގެ ގެދޮރު ވަނީ ގެއްލިފައި: ޔޫއެން
އޮކްޓޫބަރު މަހުގެ 8 ވަނަ ދުވަހުން ފެށިގެން ހައްދުފަހަނަ އެޅި އިޒްރާއީލުގެ ސިފައިން ޣައްޒާގައި ހިންގަމުންދާ އުދުވާންތަކުގައި މިހާތަނަށް، 40000 ވުރެ ގިނަ ފަލަސްޠީނުގެ ރައްޔިތުން ޝަހީދުކޮށްފައި ވާއިރު، ބޮންއަަޅައި މުޅި ޣައްޒާ ވަނީ ފުނޑުފުނޑުކޮށްފައެވެ.
27 Jul 2024
ޚަބަރު
މުސްލިމް ޒުވާނަކު ހައްޔަރުކުރުމުގެ ތެރޭގައި ބޮލުގައި ކޮޅުފައިން ޖަހައި ބޮޑެތި އަނިޔާތަކެއް ދިން އިނގިރޭސި ފުލުހެއްގެ މައްސަލަ ބަލަން ފަށައިފި
މިހާދިސާ ހިނގީ މިޖުލައި މަހުގެ 23 ވަނަ ދުވަހުގައެވެ. އެހާދިސާގެ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވެ މެންޗެސްޓަރގައި ފުލުހުންނާއި ދެކޮޅަށް އާއްމުން ވަނީ މުޒާހަރާވެސް ކޮށްފައެވެ.
27 Jul 2024
ޚަބަރު
ރަސްމާލެ މަޝްރޫޢުގެ ބިންހިއްކުމުގެ މަސައްކަތް އަލުން ކުރިޔަށް ގެންދަނީ އެއްވެސް ބަޔަކަށް ހިލޭ ބިން ނުދީ ކަމުގައި ރައީސް ވިދާޅުވެއްޖެ
ރަސްމާލެ މަޝްރޫއު، ކ. ފުށި ދިއްގަރުފަޅުގައި ހިންގުމަށް ނިންމައި އެފަޅު ހިއްކުމުގެ މަސައްކަތް، ޑިސެމްބަރު 18، 2023 ގައި ސަރުކާރުން ފެށީ، ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީސީ) އާއި ހަވާލުކޮށްގެންނެވެ. އެކުންފުންޏަށް ބަދަލުގެ ގޮތުގައި ހުޅުމާލެއިން 10 ހެކްޓަރާއި، ފުށި ދިއްގަރުފަޅުން ހިއްކާ ބިމުން 60 ހެކްޓަރުގެ ބިން ދިނުމަށް އޭރު ސަރުކާރުން ނިންމިއެވެ.