Advertisement

10 Apr 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

އަމިއްލަ ދަނޑުގައި މެޑްރިޑް ސަލާމަތްކޮށްދިނީ ވަލްވާޑިގެ ރީތި ގޯލުން

ޔޫއެފާ ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި ރެއާލް މެޑްރިޑާއި މެންޗެސްޓަރ ސިޓީ ރޭ ބައްދަލުކުރި މެޗުގައި، މެޑްރިޑްގެ މިޑްފީލްޑަރ ފެޑެރިކޯ ވަލްވާޑި ކާމިޔާބުކުރި ރީތި ގޯލުން އެ ޓީމު ބަލިނުވެ ސަލާމަތްވެއްޖެއެވެ. އުއްމީދުކުރި ގޮތާ ޚިލާފަށް ގިނަ ގޯލުތަކެއް ފެނިގެން ދިޔަ މި މެޗު ނިމުނީ 3-3 އިން އެއްވަރުވެގެނެވެ.

މެޑްރިޑުގެ ސެންތިއާގޯ ބާނަބެއުގައި ކުޅުނު މި މެޗުގައި މެޑްރިޑު ސިއްސުވާލީ މެޗު ފެށިގެން 2 ވަނަ މިނެޓުގައި ބަނާޑޯ ސިލްވާއެވެ. މެޑްރިޑްގެ ހާފް ތެރެއިން ޕެނަލްޓީ އޭރިޔާ ކައިރިން ލިބުނު ހިލޭ ޖެހުން ބަނާޑޯ ސިލްވާ ކާމިޔާބުކުރީ މެޑްރިޑަށް ރަގަޅަށް ތައްޔާރު ނުވެވި އުޅެނިކޮށް ގޯލަށް ފޮނުވާލައިގެންނެވެ

ނަމަވެސް އޭގެ 10 މިނެޓު ފަހުން އެޑުއާޑޯ ކަމަވިންގާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިންއިރު، އޭގެ 2 މިނެޓުފަހުން ރޮޑްރީގޯ ވަނީ މެޑްރިޑަށް ލީޑު ނަގައިދީފައެވެ. މެޗުގެ ނަތީޖާ ހަމަހަމަ ކުރި ގޯލުގައި، ޕެނަލްޓީ އޭރިޔާ ބޭރުން ކަމަވިންގާ ފޮނުވާލި ބޯޅަ ސިޓީގެ ގޯލަށް ވަނީ ރޫބެން ޑިއާޒް ގައިގަ ޖެހިފައެވެ. ރޮޑްރީގޯގެ ގޯލަށް މަގުފަހިކޮށްދީފައިވަނީ ވިނީސިއަސް ޖުނިއާއެވެ.

ސިޓީއިން ނަތީޖާ ހަމަހަމަ ކުރީ މެޗުގެ 66 ވަނަ މިނެޓުގައި ޕެނަލްޓީ އޭރިޔާ ބޭރުން ފިލް ފޮޑެން ކާމިޔާބުކުރި ރީތި ގޯލަކުންނެވެ. ވާތުފައިން ފޮޑެން ފޮނުވާލި ބޯޅަ ވަނީ ގޯލުގެ ކަނާތް ފަރާތުގެ މަތީ ކަނަށެވެ. އަދި އޭގެ 5 މިނެޓު ފަހުން ސިޓީގެ ލެފްޓު ބެކް، ޖޮސްކޯ ވާޑިއޯލްވަނީ އޭނާ އެ ޓީމަށް ކާމިޔާބު ކުރި ތާރީހީ ގޯލުން ސިޓީއަށް ރަށުން ބޭރުގައި ދެވަނަ ފަހަރަށް ލީޑު ނަގައިދީފައެވެ

މެޑްރިޑަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ ވިނީސިއަސް ވަރަށް ބަލާލާފައި ހުރަސް ކުރި ބޯޅަ ފެނުނުޖެހެނިސް ވަލްވާޑި ފޮނުވާލި ބޯޅައަކުންނެވެ

ކުއާޓާ ފައިނަލުގެ ދެވަނަ މެޗުގައި އާސެނަލް އާއި ބެޔާން މިއުނިކް ބައްދަލުކުރިއިރު، އަމިއްލަ ދަނޑުގައި އާސެނަލް ސަލާމަތްކޮށްދިނީ ޓްރޮސާޑްއެވެ. އާސެނަލްއިން މެޗުގެ ކުރީކޮޅު ސަކާގެ ގޯލަކުން ލީޑު ނެގިނަމަވެސް ފުރަތަމަ ހާފުގައި ބެޔާންއިން ވަނީ ނަތީޖާ ބަދަލުކޮށްލާފައެވެ. ބެޔާންގެ ގޯލުތައް ކާމިޔާބުކުރީ ސާޖް ނަބްރީ އައީ ލިބުނު ޕެނަލްޓީއަކުން ހެރީ ކޭންއެވެ. އާސެނަލްއަށް މެޗުގެ ނަތީޖާ ހަމަހަމަ ކުރެވުނީ މެޗުގެ ފަހުކޮޅުއެވެ.

މި ނަތީޖާތަކާއެކީ ކުއާޓާ ފައިނަލްގެ ދެވަނަ ލެގު ވެސް ވެގެންދާނީ ވަރަށް ފޯރި ގަދަ ކުރިމަތިލުންތަކެއް ފެނިގެންދާނެ މެޗުތަކަކަށެވެ. ދެވަނަ ލެގު ކުޅުމަށް ހަމަޖެހިފައިވަނީ މި އަންނަ ހަފްތާއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.