Advertisement

08 Apr 2024
ދީން

ކަލަގޮވުމާއި އުނދަގޫ ދިނުމުގެ ނުބައިކަން އެނގިލައްވައިތޯއެވެ؟

އަޅުގަނޑުމެން ކުރާ ހެޔޮ ޢަމަލުތަކަށް ރައްކާތެރިވުމަކީ، އަޅުގަނޑުމެން ސަމާލުކަންދޭންޖެހޭ މުހިންމު ކަމެކެވެ. އެހެން ނޫންނަމަ އެ ހެޔޮ އަމަލުތަކުން އެއްވެސް ދަރުމައެއް ނުލިބި ހިނގައިދާނެއެވެ.

"ނޫން.އެމްވީ"ގެ ރޯދައާ ހެޔޮ އަމަލުގެ ސައުވީސްވަނަ އެޕިސޯޑުގައި ޝެއިޙް އިލްޔާސް ޖަމާލް ވާހަކަފުޅު ދެއްކެވީ ކަލަގޮވުމާއި އުނދަގޫ ދިނުމުގެ ނުބައިކަމާ ގުޅޭގޮތުންނެވެ.

ތަޢާލާ ވަޙީކުރައްވަނީ:

( يَا أَيُّهَا الَّذِينَ آمَنُوا لَا تُبْطِلُوا صَدَقَاتِكُم بِالْمَنِّ وَالْأَذَىٰ ) البقرة 264 މާނައީ: " އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ކަލަގޮވުމުންނާއި، އުނދަގޫ ދިނުމުން ތިޔަބައިމީހުންގެ صدقات ތައް باطل ނުކުރާ ހުށިކަމެވެ!"

ލޮބުވެތި މުސްލިމް އަޚުންނާ އުޚްތުންނޭވެ. ހަމަޔަޤީނުންވެސް މި މާތް މައްސަރުގައި ވެސް އަދި އެ ނޫން މައްސަރުތަކުގައި ވެސް އަޅުގަނޑުމެންތެރޭގައި ޞަދަޤާތްކުރާ އެތައް ބަޔަކު އުޅޭނެއެވެ. ނަމަވެސް ވިސްނަންޖެހޭ ކަމަކީ ޞަދަޤާތް ދިނުމަށްފަހު ކަލަގޮވުން ނުވަތަ ފަޤީރު މީހާ ދެރަވާފަދަ ބަސްތައް ބުނުން ފަދަ ކަންކަން ކުރުމުން އަޅުގަނޑުމެންގެ ހެޔޮ ޢަމަލުތައް ބާޠިލް ވެދާނެއެވެ.

މި މަޢުޟޫޢުއާ ގުޅޭގޮތުން ޝެއިޙް ދެއްކެވި ވާހަކަ އަޑު އެއްސެވުމަށާއި ބެއްލެވުމަށް، ވީޑިއޯ ޕްލޭ ކުރައްވާ!

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.