Advertisement

ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް --

07 Apr 2024
ޚަބަރު
ޢަލީ ސުލައިމާން

ކުށްކުރާ ކުޑަކުދިންނަށް އަދަބުދޭ އުމުރު ހަގު ކުރުމަކީ، އޮތް ހައްލެއް ނޫން: ޕީޖީ

ކުށުގެ ޒިންމާ އުފުލަންޖެހޭ ޢުމުރު ހަގު ކުރުމަކީ, ކުޑަކުދިން ކުށްކުރުމުގެ މައްސަލައަށް އޮތް ހައްލު ކަމުގައި ދެކެވަޑައި ނުގަންނަވާ ކަމުގައި ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޕީޖީ ޝަމީމް މިހެން ވިދާޅުވީ، ޖިނާއީ ކުށުގެ ޒިންމާ އުފުލަންޖެހޭ އުމުރު 15 އަހަރުން 12 އަހަރަށް ދަށްކުރުމަށް، ސަރުކާރުން ނިންމަވާފައިވާ ކަމުގައި ހޯމް މިނިސްޓަރު އިއުލާނުކުރެއްވުމާއި ގުޅިގެން ފޭސްބުކްގައި ލިޔުއްވި ޕޯސްޓެއްގައެވެ.

ޕީޖީ ހުސައިން ޝަމީމް ވިދާޅުވީ، ޤާނޫނީ ނިޒާމު ކަނޑައެޅިފައި އޮތް ގޮތުން، ކުށުގެ ޒިންމާ އުފުލަންޖެހޭ ޢުމުރަކީ 15 އަހަރުކަމަށާއި، ނަމަވެސް، އޭގެ މާނައަކީ އެޢުމުރަށްވުރެ ހަގު ކުއްޖަކު ކުށެއް ކުރުމުން، އެކުއްޖާއާމެދު އެއްވެސް ފިޔަވަޅެއް ނޭޅުން ނޫންކަމަށެވެ.

ޕީޖީ ޝަމީމް ވިދާޅުވީ، ކުށްކުރާ ކުދިންނާއި މެދު ފިޔަވަޅު އެޅޭނެކަމަށާއި އެފަދަ، ފިޔަވަޅު އެޅޭނެ ނިޒާމުތައްވެސް އެބަހުހުރި ކަމަށެވެ. އަދި އެކަމާބެހޭ ގަވާއިދުވެސް އެބަ އޮތް ކަމަށާއި، މިހާރު ކުރަން އޮތް ހަމައެކަނި ކަމަކީ ފިޔަވަޅު އެޅުން ކަމަށެވެ.

ޕީޖީ ހުސައިން ޝަމީމް ވިދާޅުވީ، ކުށްކުރާ ކުދިންނަށް އަދަބު ދީގެން، ކުށްކުރާ ބަޔަކު އުފެއްދުމަށްވުރެ، ކުޑައިރު ކުރެވޭ ކުށްތަކުން ދުރުހެލިކުރުވުމަށް، އެ ޅަ ސިކުނޑިތަކަށް ވިސްނައިދީ، ކުރަން އޮތް ކަމަކީ އެކުދިން ރިހެބިލިޓޭޓް ކުރުން ކަމަށެވެ. 

ޕީޖީ ޙުސައިން ޝަމީމް ވިދާޅުވީ، ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް ކުށްކުރާ ކުޑަކުދިންނަށް އަދަބު ދިނުމުގެ ބަދަލުގައި ދެމުން އަންނަނީ ފަރުވާ ކަމަށެވެ. އަދި އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި، ކުށުގެ ޒިންމާ އުފުލަންޖެހޭ ޢުމުރު ހަގުކޮށްގެން، ކުށެއް ކުރެވޭ ހަމަ ކޮންމެ ކުއްޖަކު ޖަލަށް ލައިފިނަމަ، އެ އުފެއްދެނީ ކުށްވެރިންގެ ޖީލެއްކަމަށްވެސް ޕީޖީ ވިދާޅުވިއެވެ. އަދި އެގޮތަށް ޢަމަލުކުރުމުން އެކުދިންނަށް ރަނގަޅުވާން ބޭނުންވާނެ ސަބަބެއް ނުފެންނާނެ ކަމަށާއި، އޭގެ ނަތީޖާއަކީ، ކުށުގެ ތެރޭގައި އެކުދިންގެ ޢުމުރު ދުއްވާލަން ފަސްނުޖެހުން ކަމުގައިވެސް ޕީޖީ ފާހަގަކުރެއްވިއެވެ.

ޕީޖީ ޝަމީމް ވިދާޅުވީ، ކުޑަކުދިން ކުށްކުރާ މައްސަލަތަކުގައި އޮތް ހައްލަކީ، ރިހެބިލިޓޭޓްކޮށް ފަރުވާ ދިނުމާއި ރަނގަޅު މަގު ދައްކައިދިނުން ކަމަށެވެ. އަދި އެ ކަންކުރެވޭނެ ފަންނީ މީހުން ދިވެހިރާއްޖޭގައި އެބަތިއްބިކަމަށާއި، ކުށްކުރާ ޢުމުރުގައި މިއުޅޭ ފަންސާހަކަށް ކުދިންނަށް، ދައުލަތުން ފޯކަސްކޮށްގެން ޕްރޮގްރާމް ހިންގިއްޖެނަމަ، މިކަން ވާނީ ކާމިޔާބު އިންވެސްޓްމަންޓަކަށް ކަމުގައިވެސް ޕީޖީ ހުސައިން ޝަމީމް ވިދާޅުވިއެވެ. 

ކޮމެންޓް
އާދަމް
ސަމީރުގެ ވާހަކައިން ދޭހަވާނީ ސަމީމުއަކީ ކުށްކުރާ ކުދިން އުފެއްދުމަށް ބާރުދޭ އެކަމުގެ މޭސްތިރިއެއްކަމަށް
08 Apr 2024
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.