Advertisement

ގުޅިފަޅު ލޭންޑް ޔޫސް ޕްލޭން ---

07 Apr 2024
ޚަބަރު
ޢަލީ ސުލައިމާން

ގުޅިފަޅުގައި އަދި ނުހިއްކާ އޮތް ތަނަށް ގޯތި ބަދަލުކުރަން ހުޅުވާލައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގުޅިފަޅުގެ ބިމަށް އިތުރު ކުރެއްވުމަށް ވަޢުދުވެވަޑައިގެންނެވި، ސަރަހައްދަށް ގޯތި ބަދަލުކުރަން ބޭނުންވާ މީހުންނަށް ހައުސިންގ މިނިސްޓްރީން ފުރުޞަތު ހުޅުވާލައިފިއެވެ.

އެމިނިސްޓްރީން ވިދާޅުވީ، ރައީސުލް ޖުމްހޫރިއްޔާ ގެ ވަޢުދުފުޅާއި އެއްގޮތަށް ގުޅިފަޅަށް 85 ހެކުޓަރުގެ ބިން އިތުރުކޮށް ގިރާވަރުފަޅުން ދޫކުރި ގޯތިތަކުގެ ތެރެއިން ގުޅިފަޅަށް ބަދަލުވާން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ޕޯޓަލް މެދުވެރިކޮށް މިހާރު ހުޅުވާލާފައި ވާ ކަމަށެވެ. 

ހައުސިންގ މިނިސްޓްރީން ވިދާޅުވީ، ގިރާވަރުފަޅުން ގުޅިފަޅަށް ބަދަކު ކުރުމަށް ހަމަޖައްސާފައި ވަނީ، 1250 އަކަފޫޓޫގެ 193 ގޯއްޗާއި، 1650 އަކަފޫޓުގެ 663 ގޯއްޗާއި، 2050 އަކަފޫޓުގެ 487 ގޯއްޗާއި، 2450 އަކަފޫޓުގެ 4 ގޯއްޗެވެ. 

ހައުސިން މިނިސްޓްރީން ބުނީ ގިރާވަރުފަޅުން ދޫކޮށްފައިވާ ގޯތިތައް ގުޅިފަޅަން ބަދަލުކުރަނީ، އެ ފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލުގެނައުމަށް ކަމަށެވެ. މިގޮތުން ގިރާވަރުފަޅުން ގޯތިތައް ދޫކޮށްފައި ވަނީ އެފަޅު އާބާދު ކުރާއިރު ކޮންމެހެން ބޭނުންވާ މުހިއްމު ޚިދުމަތްތަކަށް ބިން އެކަށައެޅުމެއް ނެތިކަމުގައި ހައުސިންގ މިނިސްޓްރީން ވަނީ ބުނެފައެވެ.

ގިރާވަރު ފަޅުން ދިނުމަށް ނިންމާފައިވާ 1300 ވުރެ ގިނަ ގޯތި، ގުޅިފަޅަށް ބަދަލުކުރުމަށް ސަރުކާރުން ނިންމި އިރު، ގިރާވަޅުފަޅާއި ޖެހިގެން އޮތް އުތުރު ތިލަފަޅު ވަނީ، ޗައިނާގެ ކުންފުންޏަކަށް ދަނޑުވެރިކަމުގެ މައްސައްކަތަށް ދީފައެވެ.

ގުޅި ފަޅަކީ، މާލޭގެ ޕޯޓާއި ގުދަންތައް ބަދަލުކުރުމުގެ އިތުރުން، ސިނާޢީ އެހެން ބޮޑެތި މަސައްކަތްތަކަށްވެސް ޙާއްޞަ ކުރުމާއި އެކު މީހުން ދިރިއުޅުމަށް ގޯތިވެސްދީފައިވާ ފަޅެެވެ. ގިރާވަރުފަޅަކީ މާފުށި ފަދައިން ފަތުރުވެރިކަން ތަރައްޤީވެގެންދާނެ ކަމަށް އުއްމީދު ކުރެވޭ ފަޅަކަށް ވާއިރު، އެފަޅުން ދޫކޮށްފައިވާ 1300 ވުރެ ގިނަ ގޯތި ގުޅިފަޅަށް ބަދަލުކުރުމަށް ސަރުކާރުން ނިންމާފައިވާ ސަރަހައްދަކީ އަދި ބިން ނުހިއްކައި އޮތް ސަރަހައްދެކެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.