Advertisement

އީދަށް މާލެ ސިޓީ ތައްޔާރު ކުރުން ---

07 Apr 2024
ޚަބަރު
ޢަލީ ސުލައިމާން

އީދު ދުވަހު ހަވީރު މާލޭގައި ފައިމަގުގައި އުޅޭ ގޮތަށް ހަމަޖައްސައިފި

މިއަހަރުގެ ފިތުރު އީދު ދުވަހުގެ ހަވީރު 4އިން 6އަށް އެއްގަމު އިންޖީނުލީ އުޅަނދު ފަހަރު މާލޭގައި ނުދުއްވާ ގޮތަށް މާލޭ ސިޓި ކައުންސިލުން ހަމަޖައްސައިފިއެެވެ.

މާލޭގައި ހިނގާފައި އުޅޭ ވަގުތެއް އެންމެ ފުރަތަމަ ފާހަގަކުރަން ފެށީ ރައީސް މައުމޫނުގެ ވެރިކަމުގައެވެ. އޭގެ ފަހުން ރައީސް ނަޝީދުގެ ދައުރުގަޔާއި ރައީސް ޔާމީނުގެ ދައުރުގައިވެސް އެކަން ކުރިޔަށް ގެންގޮސްފައިވެއެވެ.

މީގެ އިތުރުން މިއަހަރުގެ ފިޠުރު އީދު މާލެ ސަރަހައްދުގައި ކުލަގަދަ ގޮތެއްގައި ފާހަގަކުރުމުގެ ގޮތުންވެސް ތަފާތު ހަރަކާތްތައް ސިޓީ ކައުންސިލުން ވަނީ ރާވާފައެވެ. އެގޮތުން ޚާއްޞަ ގޮތެއްގައި އީދަށް މާލެ އާއި ހުޅުމާލެ ލައިޓްތަކުން ޒީނަތްތެރުކުރުން ހިމެނެއެވެ.

އީދާއި ގުޅުވައިގެން ސިޓީ ކައުންސިލުން ކުރިޔަށް ގެންދިޔުމަށް ރާވާފައިވާ ހަރަކާތްތަކުގެ ތެރޭގައި، އީދު ސައި، ފެންކުޅި، ބޮޑު މަސް ނެރުމާއި މާލި ޕެރޭޑް އަދި ސަގާފީ ހިނގުމާއި ކުޅިވަރުގެ ހަރަކާތްތައް ހިމެނެއެވެ. މީގެ އިތުރުން އާޓިފިޝަލް ބީޗުގައި ސްޓޭޖް ޝޯވ އެއް ބޭއްވުމުގެ އިތުރުން، ހަވާއެރުވުންވެސް އޮންނާނެ ކަމުގައި ސިޓީ ކައުންސިލުން ހާމަކޮށްފައިވެއެވެ.

އީދާއި ގުޅޭ ގޮތުން ކުރިޔަށް ގެންދާ ހަރަކާތްތަކުގެ ތަފްސީލްތައް، ސިޓީކައުންސިލްގެ ސޯޝަލްމީޑިއާ ޕްލެޓްފޯމްތަކުން ލިބިވަޑަިއގަންނަވާނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.