Advertisement

މުސާބަޤަތުއް ނޫރް، ޤުރުއާން ކިޔެވުމާއި މަދަހަ ކިޔުމުގެ މުބާރާތުގެ ތެރެއިން ---

07 Apr 2024
ޚަބަރު
ޢަލީ ސުލައިމާން

މޯލްޑިވްސް އޯޓިޒަމް ސެންޓަރުގެ ޤުރުއާން ކިޔެވުމާއި މަދަހަ ކިޔުމުގެ މުބާރާތް ބާއްވައިފި

އޯޓިޒަމް ސެންޓަރުގެ ދަރިވަރުންގެ މެދުގައި ކޮންމެ އަހަރަކު ބާއްވަމުން އަން ޤުރުއާން މުބާރާތާއި މަދަހަ މުބާރާތް ބާއްވައިފިއެވެ.

ކޮންމެ އަހަރަކުވެސް މި މުބާރާތް ބާއްވަމުން އަންނަނީ މުސާބަޤަތުއް ނޫރްގެ ނަމުގައެވެ. މިއީ މުބާރާތް ބޭއްވި 5 ވަނަ އަހަރުކަމުގައި މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނުން މައުލޫމާތު ދެއްވާފައިވެއެވެ.

މިއަހަރުގެ މުބާރާތުގައި 49 ދަރިވަރުން ވަނީ ބައިވެރިވެފައެވެ.

މި މުބާރާތުގެ މަޤުޞަދަކީ އޯޓިޒަމް ސެންޓަރުގައި ކިޔަވާ ދަރިވަރުންގެ ޤުރުއާން ކިޔެވުމުގެ ހުނަރާއި މަދަހަ ކިޔުމުގެ ހުނަރު ދައްކާލުމަށް ފުރުޞަތު ދިނުން ކަމުގައި މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނުން މައުލޫމާތު ދެއްވައެވެ.

މި މުބާރާތުގައި ބައިވެރިވި ހުރިހާ ކުދިންނަށްވެސް ވަނީ އިނާމާއި ހަނދާނީ ލިޔުން ދީފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
22 Apr 2025
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ކައުންސިލްގެ ކުރެހުމާ ނުލައި ހިޔާވަހި ސްކީމަށް ހުށަހެޅޭ ގޮތް ހަދައިފި
ބޯހިޔާވަހިކަމަށް ދޫކުރާ 'ހިޔާވަހި ފައިނޭންސިންގ ސްކީމަށް' ލޯނަށް, މާލޭ ސިޓީ ކައުންސިލްގެ ކުރެހުން ނެތަސް ހުށަހެޅޭ ގޮތަށް އުސޫލަށް ބަދަލު ގެނެސްފިއެވެ.
22 Apr 2025
މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް
މަސްޖިދުއް ނަބަވީގެ އިމާމު ރާއްޖެ ވަޑައިގަންނަވައިފި
އިމާމު ޑރ. ޞަލާޙުލް ބުދައިރަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުޙަބާ ދެންނެވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު އަދި އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފްގެ އިތުރުން ވުޒާރާގެ އިސްވެރިންނެވެ.
21 Apr 2025
ޚަބަރު
އޮޅުވާލައިގެން ބިން ވިއްކަން އުޅުނު އެޗްޑީސީގެ ކުރީގެ މުވައްޒަފަކަށް ދައުވާކޮށްފި
ހުޅުމާލޭގެ ފޭސް 2 އިން ބިމެއް ވިއްކާނެކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ނެގި މައްސަލައެއްގައި ދައުވާ ކުރުމަށް އޭސީސީއިން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް މިއަދު ހުށަހަޅައިފިއެވެ.
21 Apr 2025
ޚަބަރު
ޖިނާއީ ތަހުގީގަށް ފޮޓޯ ނެގޭނެ ގޮތަށް ބަދަލެއް
ޖިންސީ ގުނަވަން ފިޔަވައި ހަށިގަނޑުގެ ފޮޓޯ ނަގަން ކޯޓު އަމުރުގައި ބަޔާންކުރަނީ، ޖިންސީ ގުނަވަނުގެ ފޮޓޯ ނުނެގޭނެކަން ސާފުކޮށް ބުނެދޭންކަމަށާއި، ފޮޓޯ ނަގަނީ އެ މައްސަލައެއްގައި ބޭނުންވާ މިންވަރަށްކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.