Advertisement

ޓިލީ ސްމިތް އަދި ޕުކެޓްގެ ގޮނޑުދޮށް --

07 Apr 2024
ލައިފްސްޓައިލް
ޢަލީ ސުލައިމާން

ސުނާމީ ކާރިސާގައި އެތައް ބައެއްގެ ފުރާނަ ސަލާމަތް ކޮށްދިން ކުޑަކުއްޖެއް!

ސްކޫލުގައި ދެވޭ ތަޢުލީމަކީ ކިހާ މުއްހިއްމު އެއްޗެއްކަން މިހާދިސާއިން އެނގިގެން ދެއެވެ. އެއީ، އިނގިރޭސި ވިލާތުގެ ސްކޫލެއްގައި ކިޔަވަމުން ދިޔަ އުމުރުން 10 އަހަރުގެ ކުޑަކުއްޖެއްގެ ސަބަބުން ސުނާމީ ކާރިސާގައި އެތައް ބައެއްގެ ފުރާނަ ސަލާމަތް ވުމުންނެެވެ.

2004 ވަނަ އަހަރު އިންޑިއާ ކަނޑުގައި އުފެދުނު ބާރުގަދަ ސުނާމީ އަކީ މިހާތަނަށް ދުނިޔެ ދުށް އެންމެ ގެއްލުން ބޮޑު ސުނާމީއެވެ. އެކާރިސާގައި އިންޑިއާކަނޑުގެ އައްސޭރިފަށުގެ ޤައުމުތަކުންނާއި ޖަޒީރާ ޤައުމުތަކުން، ޖުމުލަ 228،00 މީހުން މަރުވިއެވެ.

އޭރު، ޓިލީ ސްމިތް އަކީ، އުމުރުން 10 އަހަރުގެ ސްކޫލު ކުއްޖެކެވެ. އާއިލާއާއެކު ތައިލެންޑްގެ ޕުކެޓްއަށް އޭނާ އައީ ޗުއްޓީ ހޭދަކޮށްލާށެވެ. 2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު، ޓިލީ ޕުކެޓްގެ މައިޚާއޯ ބީޗުގައި ހުއްޓައި އޭނާއަށް އާދަޔާ ޚިލާފުކަންތައްތަކެއް ފާހަގަވިއެވެ. ކުއްލިއަކަށް ދިޔަވަރު ހިކިގެން ދިޔުމާއި، ރާޅުތައް ގިނަވެ އޮއެވަރު ބޭރަށް ދަމަށް ފެށުމުން އެއީ، އޭގެ ހަފްތާތަކެއް ކުރިން އޭނާ ޖޯގްރަފީ ކްލާހުގައި ކިޔެވި ސުނާމީއެއް އެރުމުގެ ކުރިން ފެންނަ އަލާމާތްތައްކަން އޭނާ ދެނެގަތެވެ. 

ތައިލެންޑްގެ ޕުކެޓްއަށް ސުނާމީ އަރަމުން ދިޔަ ވަގުތު --

އެންމެ ފުރަތަމަ ސުނާމީއެއް އަންނަން އުޅޭ ކަމުގެ އިންޒާރު، ޓިލީ ދިނީ ގޮނޑުދޮށުގައި ތިބި އޭނާގެ މައިންބަފައިންނަށެވެ. އޭގެފަހުގައި ލައިފްގާޑުންނާއި ގޮނޑުދޮށުގައި ތިބި ފަތުރުވެރިންނަށް ކުރިމަތިވާން އުޅޭ ބިރުވެރިކަމުގެ ޚަބަރު ދިނުމުން، އެ ގޮނޑުދޮށް ވަަރަށް އަވަހަށް ހުސްކުރެވުނެވެ. ސުނާމީގެ ރާޅުތައް ޕުކެޓްގެ ގޮނޑުދޮށްތަކަށް ބިންދާލީ އޭގެ މިނިޓްކޮޅެއް ފަހުންނެވެ.

2004 ގެ ސުނާމީ ކާރިސާގައި، ޕުކެޓުން، 117 މީހުންމަރުވެ 214 މީހުން ގެއްލުނެވެ. އޭގެ ތެރޭގަައި 51 ފަތުރުވެރިންވެސް ހިމެނުނެވެ. ސުނާމި ކާރިސާއިން ޓިލީ އާ އޭނާގެ އާއިލާ ސަލާމަތްވިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.
26 Jun 2025
ޚަބަރު
އިޖުތިމާއީ ކަންބޮޑުވުންތަކުން ނަޖާވެވޭނީ އިސްލާމީ އުސޫލުތަކުން
ދިވެހި މުޖުތަމަޢުގައި ހުރި ކަންބޮޑުވުންތަކުން ނަޖާވެވި، ރައްޔިތުން އެދޭ ފާގަތިކަން ލިބުން އޮތީ އިސްލާމީ އުޞޫލުމަތީގައި ދެމިތިބެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، 1447 ވަނަ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.
26 Jun 2025
ޚަބަރު
ވޮރަންޓް އޮފިސަރުގެ ޖަނާޒާ ސިފައިންގެ ރަސްމީ ޢިއްޒަތުގައި ބާއްވައިފި
ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދުގެ ޖަނާޒާ ބާއްވާފައިވަނީ ރޭ 22:45 ގައި މަސްޖިދުއް ޒައިދު ބިން ޘާބިތު (ހުޅުމާލެ ސަހަރާ) ގައެވެ. މި ޖަނާޒާގައި ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫނާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘް އާއި ޖެނެރަލް އޮފިސަރުން އަދި ގިނަ އަދަދެއްގެ ސިފައިން ޢާއިލާއާ ބައްދަލު ކުރައްވައި ތަޢުޒިޔާ ދަންނަވާފައިވެއެވެ.