Advertisement

ހޯމް މިނިސްޓަރ ޢަަލީ އިޙްސާން --

07 Apr 2024
ޚަބަރު
ޢަލީ ސުލައިމާން

ހޯރަފުށީ ހާފްވޭ ހައުސް ޖުވެނައިލް ރެސިޑެންސް ޓްރީޓްމެންޓް ސެންޓަރަކަށް ބަދަލުކުރަނީ

ކުރީ ސަރުކާރުގައި، ހއ. ހޯރަފުށީގައި އިމާރާތްކޮށްފައިވާ ހާފްވޭ ހައުސް ޖުވެނައިލް ރެސިޑެންސް ޓްރީޓްމެންޓް ސެންޓަރަކަށް ބަދަލުކޮށް އެތަން ވަރަށް އަވަހަށް ހުޅުވާނެ ކަމުގައި ހޯމް މިނިސްޓަރ ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރ އިހްސާން ވިދާޅުވީ، ކުޑަކުދިން ކުށުގެ ވެށިން ސަލާމަތް ކުރުމަށް ކުރެވޭ މަސައްކަތްތަކުގައި، މިސަރުކާރުގެ ވިސްނުމަކީ އެކަމަށް ޚާއްޞަ ރަށެއް ގައި ޚިދުމަތްތައް ޤާއިމް ކުރުން ކަމަށެވެ. މިގޮތުން ކުށުގެ ވެށީގައި އުޅޭ ކުޑަކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ނަގައި އެކުންދިން މުޖުތަަޢުން އެކަހެރިކޮށް އެކުދިންނަށް ދޭންޖެހޭ ފަރުވާތައް ދިނުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާނެ ކަމުގައިވެސް އިޙްސާން ވިދާޅުވިއެވެ. އަދިކަމަށްޓަކައި ޚާއްޞަ އިންތިޒާމްތަކާއި ނިޒާމްތަކެއް އެކަށައަޅައި ވަސީލަތްތައް ޤާއިމްކުރަން ޖެހޭ ކަމުގައިވެސް އިޙްސާން ވިދާޅުވިއެވެ.

އިހްސާން ވިދާޅުވީ، ކުޑަހުވަދޫގައި ހަދަންފަށާފައިވާ، ކުޑަކުދިންގެ ރެސިޑެންޝަލް ޓްރީޓްމެންޓް ސެންޓަރުގެ މަސައްކަތް ނިމިފައި ނުވާކަމަށާއި އެހެން ނަމަވެސް، ހޯރަފުށީގައި ޤާއިމްކުރާ، ހާފްވޭ ހައުސްގެ މަސައްކަތް މިހާރު ހުރީ ނިމިފައި ކަމަށެެވެ.

"ހާފްވޭ ހައުސްގެ ގޮތުގައި ހއ، ހޯރަފުށީގައި އެބަހުރި ތަނެއް ހެދިފައި، އެތަންވެސް ހުރީ ނުހުޅުވި އަދި އަޅުގަނޑުމެންނާއި ހިސާބަށް އައި އިރު. އަޅުގަނޑުމެންނަށް މިދެންނެވި ސްޓެޕް ވަން، ދ. ކުޑަހުވަދޫގެ މަރުކަޒު ނުހުޅުވި، ސްޓެޕް ޓޫއަކަށް ދިޔުމަކީ އެއީކީއެއް ކުރެވޭނެ ކަމެއް ނޫން. މިނިޒާމްގައި އެހެންވީމާ އަޅުގަނޑުމެން މިހާރު ނަގާފައި އޮތް އެއް ޑިސިޝަންއަކީ، ހޯރަފުށީގައި ހުރިތަން ފުރަތަމަ އަޅުގަނޑުމެން ފައްޓާނީ، ޖުވެނައިލް ރެސިޑެންޝަލް ޓްރީޓްމެންޓް ސެންޓަރެއްގެ ގޮތުަގައި ކަމަށް. "

ހޯމް މިނިސްޓަރ ޢަލީ އިޙްސާން ---

ހޯމް މިނިސްޓަރ ޢަލީ އިޙްސާން ވިދާޅުވީ، މިފެށޭ ހަފްތާގައި އެތަން ހުޅުވާނެ ކަަމަށެވެ. މިގޮތުން އެތަނުގެ ކެޕޭސިޓީއަށް ނެގޭ އެންމެ ގިނަ އަދަަދަކަށް ކުދިން ނަގައި، ރިހެބިލިޓޭޝަން ފަށާނެ ކަމުގައިވެސް މިނިސްޓަރ އިޙްސާން ވިދާޅުވިއެވެ.

މިނިސްޓަރ އިހްސާން ވިދާޅުވީ، ކުށުގެ ވެށިން ގެނެވޭ ކުޑަކުދިން ކޯޓު ޙުކުމެއްގެ ދަށުން 18 އަހަރުވަންދެއް ދައުލަތުގެ ބެލުމުގެ ދަށުގައި ބަހައްޓާނެ ކަމަށެވެ. 

މިގޮތުން އެސެންޓަރުތަކުގައި ކުޑަކުދިންނަށް ދީނީ ކަންކަން އުނގަންނައި ދިނުމާއި، އުމުރާއި ގުޅޭ ރަސްމީ ތަޢުލީމު ދިނުމާއި، އަޚުލާޤީ ގޮތުން ކުދިންނަށް ދޭންޖެހޭ ފަރުވާ ދިނުމާއި، ހުނަރުތައް ތަރައްޤީކުރުމާއި ސައިކޯ ސޯޝަލް ސަޕޯޓް ދިނުން ހިމެނޭނެ ކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.