Advertisement

ބަންޑާރަ ނައިބު އަޙްމަދު އުޝާމް --

07 Apr 2024
ޚަބަރު
ޢަލީ ސުލައިމާން

ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު އިސްލާޙްކޮށް، އުމުރުން 12 އަހަރުގައި ޖިނާޢީ ކުށުގެ ޒިންމާ އުފުލަންޖެހޭ ގޮތް ހަދަނީ

ޖިނާއީ ކުށުގެ ޒިންމާ އުފުލަންޖެހޭ އުމުރު 15 އިން 12 އަށް ކުރުމަށް، ކުޑަކުދިންގެ ޢަދުލުގެ ޤާނޫނަށް އިސްލާޙް ގެންނާނެ ކަމުގައި ސަރުކާރުން ހާމަކޮށްފިއެވެ.

ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބަންޑާރަ ނައިބު އަޙްމަދު އުޝާމް ވިދާޅުވީ، ކުޑަކުދިންގެ އަދުލުގެ ގާނޫނަށް ސަރުކާރުން ގިނަ އިސްލާހުތަކެއް ގެންނަން ބޭނުންވާ ކަމަށެވެ. އޭގެ ތެރޭގައި، ކުށުގެ މަސްއޫލިއްޔަތު އަދާކުރަންޖެހޭ އުމުރު 15 އަހަރުން 12 އަހަރަށް ބަދަލުކުރުން ހިމެނޭ ކަމުގައި އުޝާމް ވިދާޅުވިއެވެ.

" ކުޑަކުދިންގެ ޢަދުލުގެ ޤާނޫގައި މިހާރު ބަޔާންކޮށްފައި މިއޮތް ކުށުގެ މަސްޢޫލިއްޔަތު އުފުލަންޖެހޭ އުމުރު، 15 އަހަރުން 12 އަހަރަށް ބަދަލު ކުރުމަށް ސަރުކާރުން މިހާރު މިވަނީ ނިންމާފައި. ދެވަނަ ކަމަކަށް، ޤާނޫނު މިހާރު އޮތް ގޮތުން، ޑިޓެންޝަން ސެންޓަރަށް ކުޑަކުއްޖަކު ގެންދާކަމަށް ވަނީ ނަމަ، އެބަޖެހޭ ކޯޓުން އަމުރެއް ހޯދަން. އެހެން ނަމަވެސް ޤާނޫނަކުން ސާފެއް ނޫން އެއަމުރު ހޯދަން ދާންޖެހެނީ ކޮން ކޯޓަކަށް ކަމެއް. ވޭތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި، ދިމާވި މައްސަލައެއްކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައި އޮތީ، މިފަދަ އަމުރެއް ހޯދުމަށްޓަކައި، ހޯމް މިނިސްޓްރީގެ ފަރާތުން ނުވަތަ ދައުލަތުގެ އެހެން އިދާރާއެއްގެ ފަރާތުން، ޖުވެނައިލްކޯޓަށް މައްސަލައެއް ހުށައެޅީމާ ޖުވެނައިލް ކޯޓުން މި ވިދާޅުވަނީ، އެކޯޓުގެ އިޙްތިޞާސްގައި އޮންނަ ކަމެއް ނޫނޭ، އެފަދަ އަމުރުތައް ނެރުމަކީ"

ބަންޑާރަ ނައިބު އަހްމަދު އުޝާމް ވިދާޅުވީ، އެކަން ހުއްޓިފައި އޮތީ އެހިސާބުން ކަމަށެވެ. އުޝާމް ވިދާޅުވީ، ޖުވެނައިލް ކޯޓުން ނިންމި ނިންމުމާއި ގުޅިގެން އެމައްސަލައަށް ހައްލެއް ހޯދުމަށް، މަތީ މަރުހަލާގެ ކޯޓަކަށް ހުށައަޅާފައި ނުވާކަމަށާއި އަދި ޤާނޫނު އިސްލާޙްކޮށްގެން އެމައްސަލައަށް ހައްލެއް ހޯދުމަށްވެސް މަސައްކަތް ކޮށްފައި ނުވާ ކަމަށެވެ.

ބަންޑާރަ ނައިބު އުޝާމް ވިދާޅުވީ، ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު އިސްލާޙްވެގެން އަންނައިރު، އެކަންކަމަށް ޙައްލު ހޯއްދެވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ހޮނިހިރު ދުވަހުގެ ރޭ، ނޫސް ކޮންފަރެންސެއް ބާއްވައި، ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގައި ހުރި މައްސަލަތައް ފާހަގަކޮށް ސަރުކާރުގެ ކަމާއި ބެހޭ ފަރާތްތަކުން އެވާހަކަތައް ދައްކާފައި ވަނީ، އއ. ރަސްދޫގައި ކުޑަކުދިންތަކެއް ވެގެން އެކުދީންނަށްވުރެ ކުޑަކުއްޖަކަށް އަނިޔާކޮށް، ބުލީކުރި ވީޑިއޯއެއް ސޯޝަލްމީޑިއާގައި ދައުރުވާން ފަށައި، އާއްމުން އެކަމާއި ރުޅިގަދަވެފައި ވަނިކޮށެވެ.

ކޮމެންޓް
ފަޔާޒް
މިހާރު މާލަސްވެސްވެއްޖެ ގާނޫނުތިޔަގޮތަށްބަދަލުކުރުން މިގައުމުގައި މާރާމާރީއެއް ހިގިޔަސްބޮޑުވައްކަމެށް ހގިޔަސް ފޭރުމެށް ހިގިޔަސް ރޭޕެށްހިގިޔަސް 12؛13؛14؛އަހަރުގެ މީހުންނުހިމެނޭ ކޭހެށްނެށް
07 Apr 2024
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.