Advertisement

"ކޮފީ ވިތު ސުލައިމާން"

06 Apr 2024
ޚަބަރު

އެންމެ ބޮޑު ގޮންޖެހުމަކީ ޕީއެސްއެމް ހިންގަން ބޭނުންވާ ސްޕީޑްގައި ނުހިންގުން: ޒީނާ

ޕަބްލިކް ސަރވިސް މީޑިއާ ހިންގުމުގައި ދިމާވާ އެންމެ ބޮޑު ދައްޗަކީ ކުންފުނި ހިންގަން ބޭނުންވާ ސްޕީޑުގަިއ ހިންގުމަށް ހުރި ދަތިތައް ކަމުގައި، ޕަބްލި ސަރވިސް މީޑިއާ، ޕީއެސްއެމްގެ މެނޭޖިންގ ޑައިރެކްޓަރ، ޒީނާ ޒާހިރު ވިދާޅުވެއްޖެއެވެ.

ނޫން.އެމްވީގެ "ކޮވީ ވިތު ސުލައިމާން" ޝޯވގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން ޒީނާ ފާހަގަކުރެއްވި ގޮތުގައި، ކުންފުނީގެ ދަރަނި ބޮޑުވެފައި ވުމަކީ، ކުންފުނި ހިންގުމަށް ބޭނުންވާ ސްޕީޑުގައި ނުހިނގުމުގެ އެއް ސަބަބެވެ. ޒީނާ ވިދާޅުވީ، އޭނާ ޕީއެސްއެމްއާއި ހަވާލުވި އިރު، އެކުންފުނީގެ ދަރަނި 275 މިލިއަނަށް އަރާ ކަމަށެވެ. އަދި މީޑިއާ ނުވަތަ ޕީއެސްއެމްގެ ޚިދުމަތްތަކާއި ގުޅުން ހުރި ރާއްޖެއާ ރާއްޖެއިން ބޭރުގެ ގިނަ ކުންފުނިތަކަކަށް ޕީއެސްއެމްއިން އޮތީ ދަރާފައި ކަމުގައިވެސް ޒީނާ ވިދާޅުވިއެވެ.

"ކޮފީ ވިތު ސުަލައިމާން"

ޒީނާ ވިދާޅުވީ، ކޮންމެ ދުވަހަކުވެސް އަންނަ މައިގަނޑު ޝަކުވާތަކުގެ ތެރޭގައި، ޕީއެސްއެމްއިން ލިބެންޖެހޭ ފައިސާ ނުލިބިގެން އެކިފަރާތްތަކުން އަންނަ ޝަކުވާތައް ހިމެނޭ ކަމަށެވެ. މީގެ އިތުރުން ޒީނާ ވިދާޅުވީ، މިދިޔަ އަހަރުގެ ރަމަޟާން މަހާއި ގުޅިގެން ގެނެސްދިން ބައެއް ޕްރޮގްރާމްތަކުގެ އިނާމް ފައިސާވެސް މިރަމަޟާން މަހާއި ހަމައަށް އައިއިރު ނުދެވި ހުރިކަމަށެވެ. 

ޒީނާ ވިދާޅުވީ، މިއަހަރުގެ ރޯދަމަހުގެ ފުރަތަމަ ދެހަފްތާ ނިމުނު އިރު، އޭގެ ކުރީ ރޯދަަމަހުގެ ހުރިހާ އިނާމް ފައިސާއެއް ދޫކޮށް ނިންމާފައިވާ ކަމަށެވެ. 

"މި ހަތަރު މަސްދުވަހުގެ ތެރޭގައި އަޅުގަނޑުމެން ދަރަނި އަދާކޮށްފިން 7 މިލިޔަން ރުފިޔާގެ. އެއީ 275 މިލިއަންގެ ތެރެއިން 7 މިލިއަން ރުފިޔާގެ ދަރަނި އަޅުގަނޑުމެން އަދާކޮށްފިން. ދެން ޓައިމް ހޭދަވާނެ ދެއްތޯ؟ ވަރަށް ބޮޑު އަދަދެއްގެ ވާހަކަ މިދައްކަނީ."

މެނޭޖިންގ ޑައިރެކްޓަރ ޒީނާ ޒާހިރު - ޕަބްލިކް ސަރވިސް މީޑިއާ

ޒީނާ ވިދާޅުވީ، ވޭތުވެ ދިޔަ އަހަރުތަކުގައި ތަނަށް ބޭނުންވާ އިކުއިޕްމެންޓްވެސް ހުރީ އެކި ސަބަބުތަކާއި ހެދި ނުހޯދި ކަމުގައި ޒީނާ ވިދާޅުވިއެވެ. އަދި އައު އިކުއިޕްމެންޓް ހޯދުމަށްވެސް ވަރަށް ބޮޑު ޚަރަދެއް ކުރަންޖެހޭ ކަން ޒީނާ ފާހަގަކުރެއްވިއެވެ.

މިޕރޮގްރާމްގައި ޒީނާ ވިދާޅުވީ، ޕީއެސްއެމް ހަރުދަނާކުރެއްވުމަށް މަސައްކަތްތައް ކުރައްވަމުން ގެންދަވާ ކަމަށާއި، މީޑިއާގައި ޒަމާނާއި ގުޅޭ ގޮތަށް މަސައްކަތްތައް ކުރެވޭ ކުންފުންޏަކަށް ހެއްދެވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.