Advertisement

ރުތު ހެމިލްޓަން އޭނާގެ ބާލީސް މައްޗަށް ވެއްޓުނު ގިނިހިލަ ދައްކާލަނީ --

05 Apr 2024
ލައިފްސްޓައިލް
ޢަލީ ސުލައިމާން

ނިދާފައި އޮއްވައި ގިނިހިލަ ވެއްޓުނީ ބޯއަޅައިގެން އޮތް ބާލީސް މައްޗަށް!

ކައުނުގެ ތެރޭގައި އެނބުރޭ އެކިވަރުގެ ގިނި ހިލަތައް ދުނިޔެއަށް ވެއްޓުމަކީ، މަދުން ނަމަވެސް ހިނގާ ކަމެކެވެ. އަދި މިގޮތަށް ވެއްޓުނު ގިނި ހިލައަކުން މީހެއްގެ ގައިގައި ޖެހި މަރުވި ފުރަތަަ ހާދިސާ ކަމުގައި ރެކޯޑް ކުރެވިފައި ވަނީ 2016 ވަނަ އަހަރުގެ ފެބުރުއަރީ މަހުގައި އިންޑިއާގެ ޓެމިލްނާޑޫއަށް ވެއްޓުނު ގިނި ހިލައަކުން ޖެހި ކަމަރާޖް ނަމަކަށް ކިޔާ މީހަކު މަރުވި ހާދިސާއެވެ.

2021 ވަނަ އަހަރު ކެނެޑާގެ ބްރިޓިޝް ކޮލަމްބިއާގައި ދިރިއުޅޭ އަންހެނަކު ނިދާފައި އޮއްވައި، އޭނާ ނިދަން ބޯއަޅައިގެން އޮތް ބާލީސް މައްޗަށް ގިނި ހިލައެއް ވެއްޓުނެވެ. ފުރާޅާއި ސީލިންގ ފޫދުއްވާލާފައި ވެއްޓުނު ގިނި ހިލަ މަތަވީ، އޭނާގެ ބޮލާއި ދިހަވަރަކަށް ސެންޓިމީޓަރު ކައިރިން ބޯއަޅައިގެން އޮތް ބާލީސް މައްޗަށެވެ. 

ރުތު ހެމިލްޓަން ނަމަކަށް ކިޔާ، 66 އަހަރުގެ އަންހެން މީހާ ބޯއަޅައިގެން އޮތް ބާލީސް މައްޗަށް ގިނިހިލަ ވެއްޓުނީ، 2021 އޮކްޓޫބަރު 3 ވަނަ ދުވަހުގެ ރޭ، 11:35 ހާއިރުގައެވެ.

ގިނިހިލަ ވެއްޓުނު އަޑަށް ހޭލެވުނު އިރު އޭނާ ފުރަތަމަ ހީކުރީ ފުރާޅުމައްޗަށް ގަހެއް ވެއްޓުނީ ކަމަށެވެ. އެހެން ނަމަވެސް ކޮޓަރީގެ ބޮކި ދިއްލާލުމުން އޭނާއަށް ފެނުނީ އޭނާ ނިދަން ބޯއަޅައިގެން އޮތް ބާލިސް މަތީގައި ހިލަގަނޑެއް އޮއްވައެވެ.

ރުތު ހެމިލްޓަންގެ ބާލީސް މައްޗަށް ވެއްޓުނު ގިނިހިލައިގެ ބަރުަދަނުގައި 1.3 ކިލޯގްރާމް ހުއްޓެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.