Advertisement

ވެއްޓިފައި އޮތް މީހާ ފުރާޅުމަތިން ނަގައިގެން އެމްބިއުލާންސަށް އަރުވަން ގެންދަނީ --

05 Apr 2024
ޚަބަރު
ޢަލީ ސުލައިމާން

މާލޭގެ އިމާރާތެއްގެ މަތިން ވެއްޓިފައި އޮތް މީހަކު ފެނިއްޖެ

މާލޭ މާފަންނު ޠައިބާ މިސްކިތް ކައިރީގައި ހުރި އުސް އިމާރާތަކުން، ޖެހިގެން ހުރިގޭ ފުރާޅުމައްޗަށް ވެއްޓިފައި އޮތް މީހަކު ފެނިއްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ އިމާރާތެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮތް މީހަކު ފެނިގެން ރިޕޯޓު ކުރުމާއި ގުޅިގެން އޭނާ އެތަނުން ނަގައި ހޮސްޕިޓަލަށް ފޮނުވާފައިވާ ކަމަށެވެ. އެހެން ނަމަވެސް އެކަމާއި ގުޅޭ ގޮތުން އެމްއެންޑީއެފުން އިތުރު އެއްޗެއް ވިދާޅެއް ނުވެއެވެ.

ފުރާޅުމައްޗަށް ވެއްޓިފައި އޮތް މީހާ ނަގައި ހޮސްޕިޓަލަށް ފޮނުވުމުގައި އެމްއެންޑީއެފުން ހަރަކާތްތެރިވަމުން ދިޔަ މަންޒަރު ފެންނަ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ދަނީ ދައުރު ކުރަމުންނެވެ. އެވީޑިއޯތަކުން ފެންނަ ގޮތުގައި ފުރާޅުމައްޗަށް ވެއްޓިފައި އޮތީ ބޮޑު ފިރިހެނެކެވެ.

މިހާދިސާއާއި ގުޅޭ ގޮތުން ސުވާލުކުރުމުން އެކަމާއި ގުޅޭ ގޮތުން މިހާތަނަށް ފުލުހުން އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

އެހެން ނަމަވެސް އެހިސާބުގަނޑުގައި ދިިރިއުޅޭ ބައެއް މީހުން ތުހުމަތުކޮށްފައިވާ ގޮތުގައި ފުރާޅު މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު މީހަކީ ވައްކަން ކުރަން އުޅުނު ކަމަށް ބެލެވޭ މީހެކެވެ. 

އެހާދިސާގައި އެމީހާއަށް ލިބުނު އަނިޔާތަކެއް އެނގިފައެއް ނުވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.