Advertisement

02 Apr 2024
ދީން

ދީނުގެ ހުރިހާ ކަމަކަށް އީމާންނުވެ ކުރާ ހެޔޮ އަމަލުގެ ބޭނުމެއް ނެތް

އަޅުގަނޑުމެން ކުރާ ހެޔޮ ޢަމަލުތަކަށް ރައްކާތެރިވުމަކީ، އަޅުގަނޑުމެން ސަމާލުކަންދޭންޖެހޭ މުހިންމު ކަމެކެވެ. އެހެން ނޫންނަމަ އެ ހެޔޮ އަމަލުތަކުން އެއްވެސް ދަރުމައެއް ނުލިބި ހިނގައިދާނެއެވެ.

"ނޫން.އެމްވީ"ގެ ރޯދައާ ހެޔޮ އަމަލުގެ އަށާރަވަނަ އެޕިސޯޑުގައި ޝެއިޙް އިލްޔާސް ޖަމާލް ވާހަކަފުޅު ދެއްކެވީ އިސްލާމްދީނުގައި ޝަރުޢުވެގެންވާ ކަމަކަށް ނުރުހުންތެރިވުމުން ދުރުވުމުގެ މުހިންމުކަމާ ގުޅޭ ގޮތުންނެވެ.

ތަޢާލާ ވަޙީކުރައްވަނީ:

﴿ ذَلِكَ بِأَنَّهُمْ كَرِهُوا مَا أَنْزَلَ اللَّهُ فَأَحْبَطَ أَعْمَالَهُمْ ﴾ [محمد: 9]

މާނައީ: " އެއީ އެއުރެން، اللَّه ބާވައިލެއްވި ފޮތަށް ނުރުހުމުގެ ސަބަބުންނެވެ. ދެން އެކަލާނގެ އެއުރެންގެ عمل ތައް باطل ކުރެއްވިއެވެ."

ލޮބުވެތި މުސްލިމް އަޚުންނާ އުޚްތުންނޭވެ. އިސްލާމް ދީނުގެ ހުރިހާ ކަމަކަށް އަޅުގަނޑުމެން އީމާންވާންޖެހެއެވެ. އަދި އެ ދީނުގައި އައިސްފައިވާ ހުރިހާ ކަމަކާމެދު ރުހި ޤަބޫލުވާންޖެހެއެވެ. އެއިން އެންމެ ކަމަކަށް ނުރުހި ހުރެ އަޅުގަނޑުމެން ކިތަންމެ ގިނަ ޢަމަލުކުރިނަމަ ވެސް އަޅުގަނޑުމެންގެ ޢަމަލުތައް ބާޠިލްވެ ހިނގައިދާނެއެވެ. 

އެހެންކަމުން މިކަމާމެދު ޚާއްޞަ ސަމާލުކަމެއް ދެއްވަމާތޯއެވެ. 

މި މަޢުޟޫޢުއާ ގުޅޭގޮތުން ޝެއިޙް ދެއްކެވި ވާހަކަ އަޑު އެއްސެވުމަށް ވީޑިއޯ ޕްލޭ ކުރައްވާ!

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.