Advertisement

އެލަސްކާއިން ފެނުނު ބައިސަން --

02 Apr 2024
ލައިފްސްޓައިލް
ޢަލީ ސުލައިމާން

ރަން ނަގާ މީހުންނަށް ފެނުނީ އައިސް އޭޖުގެ ދުވަސްވަރު ދިރިއުޅުނު ޖަނަވާރެއް!

ދުނިޔެއަށް އެންމެ ފަހުން ކުރިމަތިވި އައިސް އޭޖުގައި ނެތިި ފަނާވެގެން ދިޔަ ޖަނަވާރުތަކުގެ ތެރޭގައި ހިމެނޭ ގެރީގެ އާއިލާއަށް ނިސްބަތްވާ އެއް ޖަނަވާރަކީ، ސައިންސްވެރިން ސްޓެއްޕެ ބައިސަންގެ ނަން ދީފައިވާ ބިޔަ ޖަނަވާރެކެވެ. މި ޖަނަވާރުގެ ނަސްލު ދުނިޔެއިން މުޅިން ނެތިގެން ދިޔައީ، އެންމެ ފަހުން ދުނިޔެއަށް ކުރިމަތިވި އައިސް އޭޖުގައެވެ. ދުނިޔެ ފިނިގަދަ ގަދަވެގެންސް ގޮސް އެކީގައި ގަނޑުވުމާއި އެކު ދުނިޔޭގައި އޭރު ދިރިއުޅެމުން ދިޔަ އެތައް މިލިއަން ދިރުންތަކެއް ނެތިގެން ދިޔައެވެ.

މި ބައިސަން ފެނިފައި ވަނީ، 1979 ވަނަ އަހަރު އެލަސްކާގެ ފެއާބެންކްސްގައި ރަންނެގުމުގެ މަސައްކަތް ކުރަމުން ދިޔަ ބަޔަކަށެވެ. ސައިންސްވެރިން ބުލޫ ބޭބްގެ ނަމުން ނަންދީފައިވާ މިޖަނަވާރަކީ، ދުނިޔެއިން ފެނުނު އެންމެ ފުރިހަމައަށް ރައްކާތެރިވެފައި އޮތް މިފަދަ ޖަނަވާރެވެ. ސައިންސްވެރިންގެ ތަޙްލީލުތަކުން އެނގުނު ގޮތުގައި އެޖަނަވާރު ދުނިޔޭގައި އުޅެފައި ވަނީ މީގެ 55،000 އަހަރާއި، 36،000 އަހަރާއި ދެމެދުގެ އަހަރުތަކެއްގައެވެ. 

މިޖަނަވާރުގެ ހަށިގަނޑު މިހާރު އޮތީ، ޔުނިވާސިޓީ އޮފް އެލަސްކާ މިއުޒިއަމްގައި ދައްކާލަން ބާއްވާފައެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.