Advertisement

31 Mar 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

ޑޯޓްމަންޑުން ބެޔާން ބަލިކުރުމުން ޓުޗެލް "އަމާންދީފި"

ޖަރުމަނު ލީގުގައި ހޮނިހިރު ދުވަހުގެރޭ ބޮރުޝިއާ ޑޯޓުމަންޑުން އެ ލީގުގެ ޗެމްޕިއަން ބެޔާން މިޔުނިކް 2-0 އިން ބަލިކުރުމާ ގުޅިގެން، ބެޔާންގެ ކޯޗު ތޯމަސް ޓޫޗެއް ލީގު ކާމިޔާބު ކުރެވޭނެކަމުގެ ހުރިހާ އުއްމީދެއް ކަނޑާލައިފިއެވެ.

ބެޔާންގެ ދަނޑުގައި ކުޅުނު މި މެޗުން އެ ޓީމު ބަލިވިއިރު، ލެވަކޫސެން ވަނީ ރޭ ކުޅުނު މެޗުގައި 2-1 އިން ހޮފެން ހެއިން ބަލިކޮށް، ލީގުގެ އެއްވަނައިގައި ލީޑު ފުޅާކޮށްފައެވެ. އަދި މި ނަތީޖާއާ ގުޅިގެން ޓުޗެލް ބުނެފައިވަނީ، ލެވަކޫސެންއަށް ލީގު ކަށަވަރުވެއްޖެ ކަމަށާއި، އެކަމާ އޭނާ މަރުހަބާ ކިޔާ ކަމަށެވެ.

ރޭ ލެވަކޫސެންއާ ހޮފެން ހެއިމް ބައްދަލުކުރި މެޗުގައި ވެސް ފެނުނީ ލެވަކޫސެންގެ ބަދަލުވުމެއް ނެތް އަޒުމެވެ. މެޗުގެ 33 ވަނަ މިނެޓުގައި ހިފެން ހެއިމްގެ ބެޔާ އެ ޓީމަށް ލީޑުނަގާދީފައި ވަނިކޮށް، ލެވަކޫސެންއިން އުފެއްދި ގިނަ ހަމަލާތަކެއް ގޯލަކަށް ބަދަލު ނުކުރެވުނަސް، އެ ޓީމުން ކުޅެމުންދިޔައީ އުއްމީދު ގެއްލުވާ ނުލައެވެ. އެގޮތުން މެޗުގެ ނަތީޖާ ހަމަހަމަ ކުރެވިފައިވަނީ 88 ވަނަ މިނެޓުގައި އެންޑްރިޗް ކާމިޔަބުކުރި ގޯލަކުންނެވެ. އަދި މެޗުން މޮޅުވި ގޯލު، އާދައިގެ މަތިން އިތުރު ވަގުތުގައި ކާމިޔާބުކުރީ ޕެޓްރިކް ޝިކްއެވެ.

މޮޅުވި ގޯލު ކާމިޔާބު ކުރުމަށްފަހު ޕްޓްރިކް ޝިކް

ބެޔާންއާ ޑޯޓުމަންޑު ބައްދަލުކުރި މެޗުގައި ޑޯޓުމަންޑުން ވަނީ މެޗުގެ ކުރީކޮޅު ލީޑު ނަގާފައެވެ. މެޗުގެ 10 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ އަޑެޔޭމީއެވެ. އޭގެ ފަހުން ބެޔާންގެ ނުރައްކާތެރި ގިނަ ހަމަލާތަކެއް ފެނިގެން ދިޔައެވެ. ނަމަވެސް އެ ޓީމަށް ގޯލެއް ކާމިޔާބު ނުކުރެވި އުޅެނިކޮށް މެޗުގެ 83 ވަނަ މިނެޓުގައި ޔާސަން ވަނީ ޑޯޓުމަންޑަށް ލީޑު ފުޅާކޮށްދީފައެވެ.

އެގޮތުން މިހާރު ބެޔާންއާ ލެވަކޫސެން ވެސް 27 މެޗު ކުޅެފައިވާއިރު، ލެވަކޫސެން އެއްވަނައިގައި އޮތީ 73 ޕޮއިންޓާއެކުއެވެ. އަދި ދެވަނައިގައި އޮތް ބެޔާންއަށް ލިބިފައިވަނީ 60 ޕޮއިންޓެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.